ބައެއް މީޑިއާތަކާ އެކު، ފުލުހުން ހިނގި ޑްރަގް އޮަޕަރޭޝަންގައި ބަޔަކު ފާސްކުރަން ހިފަހައްޓާފައިވާއިރު ނޫސްވެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
31 ޑިސެމްބަރ 2020 - 18:37
ގުޅިފަޅުގައި ރިމާންޑް ސެންޓަރު ހެދުމަށް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ކަނޑައަޅުއްވައިފި އެވެ.
މިއީ، މީގެ ނުވަ އަހަރު ކުރިން ތަންފީޒުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ މަރުކަޒެކެވެ. އެ ގާނޫނަށް އަމަލުކުރާތާ 18 މަސް ދުވަހުގެ ތެރޭގައި ރިމާންޑު ސެންޓަރެއް ހަދަން ޖެހޭނެ ކަމަށް ގާނޫނުގައި ބުންޏަސް އެފަދަ މަރުކަޒެއް ހަދާފައެއް ނުވެ އެވެ.
ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، އެ ތަން ހިންގުމަށް ހަމަޖައްސާފައި ވަނީ ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ދަށުން ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކާއެކު އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް، އެ ތަނަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށް ފަހުގަ އެވެ.
ޑިސެމްބަރު 31، 2011 ގައި އަމަލުކުރަން ފެށި ގާނޫނު ބުނާގޮތުން، ރިމާންޑް ސެންޓަރަށް ގެންދާނީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ސެންޓަރުގައި ބައިތިއްބައިގެން އަސާސީ ފަރުވާދިނުމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން މަގުމައްޗާއި އާއްމު ތަންތަނުން ގިނައިން ފެންނަމުން ދަނީ އެފަދަ މަރުކަޒެއް ނެތުމުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރުމަށް ފަހު ވެސް ގިނަ ފަހަރަށް ޖެހެނީ އެ މީހުން ދޫކޮށްލާށެވެ. އެއާއެކު، އަނެއްކާ ވެސް އެ ކަމުގެ އެތެރެއަށް މީހުން ވަދެގެން ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހުސޭނު
02 January 2021
ގުޅިފަޅަކީ ފޮން ވިލެއް ހިމެނޭ ފަޅެއް. އެ ފަޅަކު އެކަކުވެސް ތިޔަޒާތުގެ ކަމެއް ނުކުރާނެ. އެހެނެއްނޫން، އެ ފަޅު ހިއްކައިގެން އުފެދޭ ރަށުގައި ތިކަން ކުރެވިދާނެ. އަބަދަވުވެސް ފަހަތު ފައިގައި ތިބޭ ހިންގުންތެރިން ކުރަންވީ ކަމަކީ، ދުމާހިނގައިގެން ނަމަހީވެސް ތިޔަ ފަޅު ހިއްކީމައި އުފެދޭ ރަށަށް ކިޔާނެ ނަމެއް ހޯދައި ކުރާންހުރި ކަންކަން އެ ނަމުގައި މުއާމަލާތު ކުރަންވީ. މިސާލަކަށް ގުޅިދު - ގުޅިފުށި ... ކިޔާނީ ގުޅިދޫގައި ރިމާންޑު ސެންޓަރު ( އިއާދަވެހި) ހަދަން ކަނޑައަޅައިފި
މެޑަލް މިނިސތަރު
02 January 2021
ދެން އެންމެން އެތަނައް އަޅާ ރޯނާ !!... ރީދޫ ވަރައް ރީތިވާނެ
އަހައްމާދު
31 December 2020
ތިޔަ ރިމާންޑް ސެންޓަރެއް ގުޅިފަޅުގައި ހަދަން ރައީސް އޮފީހުން ނިންމާފަ އޮތީ މިއަހަރު. ތަންތަން ހަދަން ނިންމަނީ ޖެންޑަރ މިނިސްޓަރެއް ނޫން. ޑްރަގާ ބެހޭ ކަންކަން ނިންމާނީ ރައީސް އޮފީހުގަ އޮންނަ ޑްރަގް ކައުންސިލުން. މިނިސްޓަރު މެޑަލް ޖަހާލީ ދޯ.
ޑިމާންޑިންގ
31 December 2020
ގުޅީފަޅުގައި ބަދަރުހަދާފަ ކަޑުމަގުން ގެންނަތަކެތި ބާލަން ސެންޓަރުގައި އޭގޭ ބޭނުން ޖެހިފައި ތިބިމީހުންނާއި ހަވާލު ކުރަން އުޅޭ ކަހަލަ ގޮތަކަށް ހާދަ ދާން އުޅޭހެން ހީވެއޭ އޭރުން ތާ އެމީހުން އަބަދު ހަމައިގައި ތިބެންނުޖެހޭނީ ތިތަން ހުޅުމާލެގައި ނުވަތަ ތިލަފުށީގައި އެޅުން ކީތޯވާނީ ނޫނީ އަޅަންވީނުންތޯ އުތުރު ތިލަފަޅުގައި
ލާލުޕަރީ
31 December 2020
ގުޅިފަޅުގަ ހަދާނެ އެއްޗެއް ނޭގުނޭނުން މިސަރުކާރަކައް. ކިހާެދެރަކަމެއް މަހަކު ގޮތަކައް. މޮޔަބައެއްތަމީ ވެރިކަމުގަ. ލަދުންވެސް ބޯހަލާކު. މިނިސްޓަރު އަސްލަމުވެސް ކިޔާނުކިޔާއެއްނޭގުނު. ގެ ދޫކުރަނީ . ޕޯރޓު ބަދަލުކުރަނީ . ޖަލުހަދަނީ . ދެންނެތީތޯ ކަމެއް. ނޫނޭ އަނެއްކާވެސް ދުވަސްކޮޅަކުން އާ ކަމެއް . ކަލޯމެންނައް ނުވާނެ އެއްކަމެއްވެސް. މިއޮތީ ފުލުންގޮސް. ދެން ލަލަލާ އޭ ބުނެފަ ގެއައްދުރުވޭ