03 ޖެނުއަރީ 2021 - 18:10
އައްޑޫގައި މިހާރު ހިންގަމުން އަންނަ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެންޑޮސްކޮޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެކަމާ ގުޅޭ ޓްރޭނިން ޕްރޮގްރާމްތަކެއް ވެސް ހިންގުމަށް ފަހު، ހިދުމަތް ދޭން ފެށިކަން ހޮސްޕިޓަލުން އިއުލާންކުރީ މިއަދު އެވެ. އޭއީއެޗުން ބުނި ގޮތުގައި އައްޑޫގައި އެންޑޮސްކޮޕީގެ ހިދުމަތް ދޭން ފެށުމުން ވެރިރަށް މާލެ ފިޔަވައި ރާއްޖޭގައި އެ ހިދުމަތް ލިބޭ ފުރަތަމަ ތަނަކަށް އޭއީއެޗް ވާނެ އެވެ.
We are delighted to introduce endoscopy services here at AEH. @presidencymv @MoHmv pic.twitter.com/Qu7TZaZAOH
— Addu Equatorial Hospital (@aeh_mv) January 3, 2021
އެންޑޮސްކޮޕީ އަކީ ހަށިގަނޑުގެ އެތެރޭގެ ތަހުލީލުތަކަށް ވަކި ހާއްސަ އާލާތެއް ބޭނުންކޮށްގެން ހަދާ ޕްރޮސީޖާއެކެވެ.
Ongoing endoscopy training for nurses and clinical assistants of AEH. Thank you IGMH for their support with the training. @presidencymv @MoHmv @igmhmv pic.twitter.com/dlf77xN47f
— Addu Equatorial Hospital (@aeh_mv) December 31, 2020
އައްޑޫގައި ކުރިން ހިންގި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ބަދަލުގައި ތަރައްގީކޮށް، ވަރަށް ގިނަ އާ ހިދުމަތްތަކަކާ އެކު 100 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި އޭއީއެޗުން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ 15 ގަ އެވެ.
އޭއީއެޗުން މިހާރު އައްޑު އާއި ދެކުނުގެ އެހެން އަތޮޅުތަކުގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް މީހުން ހިދުމަތް ހޯދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
04 January 2021
ޒަމާނީ އިންޓްރާއޮޕަރޭޓިވް އެމްއާރއައި އަދި 360 ސްލައިސް ސްކޭނިންމެޝިންތަކާއި ބަލިމީހާއަށް ގޮތްގޮތްނަހަދާ ބޭނުންކުރެވޭފަދަ ޕޯޓަބަލްމެޝިންތަކާއި ލެބޯޓަރީއެއްގައިހުންނާންޖެހޭ ޒަމާނީ ފަހުގެ މެޝިނަރީގެއިތުރުން ބްލަޑްސާމްޕަލްއާއި ބޭސްއުފުލާދިނުމަށް ހައިޓެކްސަބްވޭ އަޅާފައިވެސް ބެހެއްޓިދާނެ. # އެހެންނަމަވެސް ޑަކްޓަރަށް އެޕޮއިންޓްމަންޓްނުލިބި ޑައިގްނޯސްޓިކް ކުރެވޭނެ ރެޑިއޮލޮޖިސްޓަކުނެތި ސްޕެޝަލިސްޓް ޑޮކްޓަރުންނެއްނަމަ ތިއީ ރީތިއިމާރާތެއްގައިހަރުކޮށްފައިވާ "ބޮޑުނަމެއް" ނޫންތޯ؟
ޑރ ނަހުލާ
05 January 2021
ތިހުރިހާ ކަމެއް ބަދަލުކޮށް ލެވޭނެ ފެންވަރުގެ ބޭފުޅަކު އެތަން ހިންގަވާން ސަރުކާރުން އިސްކޮށްފަ އެހުންނެވީ. އެބޭފުލާއަކީ އައްޑުއަށް އުފަން އައްޑޫ މީހެއް. ތިކަންކަން ބަދަލުކޮށް އައްޑޫ މީހުން އުފާވާފަދަ ހޮސްޕިތަލަކަށް އޭނާގެ މުއްދަތުގައި އެތަން ބަދަލު ކުރާނެހެން ވަރަށް ބޮޑަށް ހީވޭ. ބަލަން ތިބެމާ.
ރައްޔިތު ސޮރު
04 January 2021
އަދިކިރިޔާތަ ތިކިޔާ ސިޓީގަ އެންޑޯސްކޯޕީ ހެދޭވަރުވީ... ރަން ތިރީސް އަހަރުނިމި ޑިމޮކްރަސީގެ ބައްޕަގެ ވެރިކަންވެސް ގޮސް، ތަރައްޤީގެ ބާނީގެ ވެރިކަން ނިމުނުއިރު ތިވަރުވެސް ނުވޭތަ؟....
ވަތަން އިސްކުރަންޖެހޭ
04 January 2021
ކުރީގެ ސަރުކާރުން ކުރަން ނިމްމާފަ ހުރިކަންތައް މިސަރުކާރައް 2އަހަރުން މިކަން މިފެށުނީ.
ފާތިން
03 January 2021
ޝުކުުރިއްޔާ މިނިސްޓަރ އަމީން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިއްހީ ނިޒާމަށް ތިޔަ ގެނެސް ދެއްވި ބޮޑު ކުރިއެރުމަކީ ތާ އަބަދުމެ ހަނދާން ކުރާނެ ކަންކަން. ފަހުގެ ތާރީހުގައިވެސް ތިވަރުގެ މީހަކު ހެލްތު މިނިސްޓަރު ކަމާ ހަވާލެއް ނުވޭ.
ނަޝީދު.
03 January 2021
ތިޔައެއްޗަކީ ނޭގޭމީހުން ބާނަން ހަދައިގެން ވައިނޮޅި އިރައިގެން ދާ އެއްޗެއް. އިންޓަނެޓުން ނިކަން ބަލާލަބަލަ މީގެ ތެދުދޮގު. ހެޔޮނުވާނެ ރަގަޅު ޑަކްޓަރަކު ލައްވާނޫނީ ތިޔަބާނާކަށް.
މޮހއްމާ
03 January 2021
އައްޑޫގައި ޓާޝިއަރީ އޮސްޕިޓަލެއް ގާއިމްވުމަކީ މިއަދުގެ ސަރުކާރުންދޭ ހިދްމަތައް ލާމަރުކަޒީކުރުމުގެ ވިސްނުމުގެ ތެރެއިން އައްޑޫ ރައްޔިތުންނަށް ދެވޭ ހަދިޔާއެއް. އެހެންނަމަވެސް އެކަން ބަލައިގަންނަށްތަނެއް ނުފެނޭ.
ސަމަރަ
03 January 2021
ނުޖެހޭ ބަލައި ގަންނާކަށް. އެއީ ދައުލަތުން ކޮއްދޭން ޖެހޭ ކަންކަން. ހަރަދު ކުރަނީ ރައްޔިތުންގެ އަމިއްލަ ފައިސާ އިން. ޝުކުރިއްޔާ ރައްޔިތުން.
މާންޑް
03 January 2021
އައްޑޫގައި ކުރީސަރުކަރުން ގާއިމްކުރި އަދި މިސަރުކާރުންް ހުޅުވި ހޮސްޕިޓަލަކީ އައްޑޫ ހުވަދޫ އަދި ފުއައްމުލަކު ރައްޔިތުންނަށް ހިދްމަތް ދިނުމަށް ހުޅުވިތަނެކެވެ. އެހެންނަމަވެސް އެތަނުގައި އައްޑޫއަށް ނިސްބަތްވާގިނަަަ ޑޮކްޓަރުން ތިބެ އެތަނުން ދޭހިދްމަތްތައް ތަރުތީބުވެގެން ހިގައިގަންނަށް ތަނެއް ނުފެނެވެ. ފެއްނަނީ އޮޅުން ބޮޅުން ގިނަވެ ކަންކަން ނުކުރެވޭތަނެވެ.
ބާސޫ
03 January 2021
އާ ޚިދުމަތެއް ލިބުމުން އެ ލިބުނީ އިތުރު ކުރިއެރުމެއް. އެކަމަކު ވަރަށް ގިނަދުވަސް ނަގާ.
ހަކީމް
03 January 2021
މާލޭގައި އެންޑޮސްކޮޕީ، ސީޓީ އެއް ހަދަން މަދުވެގެން 2 މަސް ދުވަހުގެ ކިޔުއެއްއޮވޭ. މ.ރ.އ ގެ ވާހަކަ ނެދެއްކީޔާ ރަނގަޅުވާނީ. ދެން ޖެހެނީ ވިޔަފާރިވެރިންގެ ހޮސްޕިޓާތަކަށް ދާން. ކިޔޫގައި މަޑުކުރެވެން ނެތިގެން އެހައްދުވަހު އ.ޑ.ކ އިން އެންޑޮސްކޮޕީ ހެދީ 2900 ރ. ދީގެން. ހިލޭ ބޭސްފަރުވާ ދެނީ ނަމެއްގަ. ސިޔާސީ މީހުންނަށް އާމު ރަށްޔިތުމީހާ ފެންނަނީ ވޯޓް ދޭންވީމަ.
ހަސްފަތާލު
03 January 2021
ރާއްޖޭގަ ޑޮކްޓަރުން ވަކިދާއިރާކަށް ޚާއްސަވާ ހިސާބުން ބެލެނީ 10 ނުވަތަ 15 ޕޭޝަންޓުން، ސަރުކާރު ހޮސްޕިޓަލެއްވިޔަސް ނަމެއްގަ. ޔޫކޭ ސްޓައިލްއަށް ނަންނޯޓްކޮށްގެން ގުޅީމަށް އަންނަގޮތަށް އެޕޮއިންޓްމަންޓް ހެދިޔަސް އޭތި ދިގުލައިގެން ދާނަމަ އެމީހުންގެ ޕީޖީންތަށްތިބޭ ކޮންމެ އާއިލާއަކަށް އަހަރުމެން ކޮންތާކުން ވަންނާނީ. ތިބުނާހެން 2 ތިންމަސްވާއިރު އެބުނާ ކޯލެއް ނައިގެސް މީހާ އިންޑިއާއަށް ގޮސް ބޭސްކޮށްގެން ރަގަޅުވެގެން އަންނައިރު އެބަގުޅާ. މީގައުމުގެ ހާލު.
ނަގިއްޔާ
03 January 2021
ބަނޑުގެ މައްސަލަތަށް މަދުކުރަން ދިވެހިން އެބަޖެހޭ ހެދުނު ހޭލާގޮތަށް ކުޅިރިހައާއި ރޮށި ކެއުން ހުއްޓާލަން، މިރުވެސް މަދުކުރަން. ދެން ދުފުންވެސް...މިހާރުވެސް ބައެއް މީހުން ހެދުނު އަގަޔަށްލާ އަޑުބައެއްގެ އަޑަފިކޮޅު އޮންނާނެ މެންދުރުވަންދެން އަގައިގެތެރޭ ކޮންކިރީޓް މެޝިނެއްގަ ސިމެންތި އެބުރޭހެން އެބުރި އެބުރި، ދެން ރަށްކުޅުޖަހަމުންދުވާނީ ރޯކުރި ފެގުން މުޅިތަން އެއްވެސްކޮށްފަ ދެން އެވަރުން ކިހިނެއް ވާނީ...ގޮހޮރު އޮންނާނީ ހަތަރެސްކަން ހަ މަވެފައެއްނުން
1984
03 January 2021
ދިވެހިން ވިހޭއްސުރެން ކަމުންދާ އެއްޗެހި ކީއްވެ މިއަދު ގޯސްވާންވީ؟ ވަގުތުން ރިހަ ކައްކައިގެން ވަގުތުން ރޮށި ފިހެގެން ކާނަމަ އެހެން ނުވާނެ. ޕާން އަދި ފާޑު ފާޑުގެ އެއްޗެހި އަޅައިގެން ހަދާފައި ހުންނަ ފާޑު ފާޑުގެ ސްޕްރެޑްއަށް ވުރެން ސަތޭކަ ގުނަ ރަނގަޅުވާނެ. ހަމަ ގައިމު އަވަށްޓެރި އިންޑިޔާގައި ކަނީ ރިހަގެ ބާވަތްތައް ހެނދުނު، އެއްވެސް ކަމެއް ނުވޭ އެމީހުންނަށް.