ވިޔަފާރި / ބޯހިޔާވަހިކަން

އެޗްޑީސީން ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް: މިފަހަރު ފްލެޓް ހިއްސާކުރެވޭ ގޮތަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބްރިޖެއް މަތިން ބަޔަކު ސައިކަލުގައި ދުއްވާފައި ދަނީ: ދެ ވަނަ ފިޔަވަހީގައި ކޯ-ލިވިން ހައުސިން މަޝްރޫއެއް ހިންގަން މިހާރު ވަނީ އިއުލާންކޮށްފައި --. ފޮޓޯ:ނިޝާން އަލީ/މިހާރުހުޅ

04 ޖެނުއަރީ 2021 - 15:38

29 comments

އެކި މީހުންނާ ހިއްސާވެގެން ކޮޓަރި ކުއްޔަށް ހިފައިގެން މާލޭގައި އުޅޭ މީހުންނަށް، މިހާރަށް ވުރެ ހަމަޖެހިގެން އަދި ޒަމާނީ ވަސީލަތްތަކާ އެކު ދިރިއުޅެވޭނެ ގޮތް ހަދައިދޭން އެޗުޑީސީން އާ މަޝްރޫއުއަކަށް ނުކުމެއްޖެ އެވެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ކޯ-ލިވިން ހައުސިން ޕްްރޮޖެކްޓްގައި 14 ބުރީގެ ފްލެޓް އިމާރާތެއް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ހުށައެޅުންތައް ހުޅުވަން ކުރިން ތާވަލްކޮށްފައި އޮތީ މިއަދު އެވެ. އެކަމަކު އެޗުޑީސީން މިހާރު ވަނީ މި މަހު 17 އަށް މުއްދަތު އިތުރުކޮށްފަ އެވެ.

ޑިސެމްބަަރު 23 ގައި އެޗުޑީސީން އާންމުކުރި ބަޔާނެއްގައި، އެތަނުން ކުރި ދިރާސާއަކަށް ބިނާކޮށް ކޯ-ލިވިންގެ ޑިމާންޑާ މެދު ތަފުސީލުތަކެއް ދީފައިވެ އެވެ. އެގޮތުން އެ ދިރާސާއިން އެނގުނީ، އެޗުޑީސީން ބުނި ގޮތުގައި، ވަޒީފާގައި އުޅޭ މީހުންނާއި ކިޔަވާ ދަރިވަަރުން ދިރިއުޅޭ ތަނަށް އެވްރެޖްކޮށް މަހަކު 5،000ރ ހޭދަކުރާ ކަމެވެ. އެއީ ފެނާއި ކަރަންޓާއި ކެއިންބުއިން ފަދަ، ދިރިއުޅުމުގެ އެހެން ކަންކަމަށް ކުރާ ހޭދަ ނުލަ އެވެ.

އެޗުޑީސީން ބުނި ގޮތުގައި ދިރާސާގެ 54 ޕަސެންޓް ބައިވެެރިން ބުނެފައި ވަނީ ކޯ-ލިވިން ޕްރޮޖެކްޓަށް ޝައުގުވެރިވާ ކަމަށެވެ. އަދި މަދުވެގެން އެއް އަހަރު އެއިން ތަނެއްގައި އުޅުން އެކަށީގެންވާ ކަމަށް ވެސް، އެ މީހުން ބުނެފައިވެ އެވެ.

އާ މަޝްރޫއުގެ ސަބަބުން، މާލޭ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބޯހިޔާވަހިކަމަށް މިހާރު ކުރާ ހޭދަ ކުޑަވެ، އަދި ހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް ފޯރުކޮށްދެވޭނެ ކަމަށް، އެޗުޑީސީން ބުންޏެވެ.

އިމާރާތް ހަދަން ކަނޑައަޅާފައި ވަނީ ގާތްގަނޑަކަށް 17،000 އަކަފޫޓުގެ ބިމެއްގަ އެވެ. އިމާރާތްކުރެވޭނީ އެންމެ އުސްވެގެން 14 ބުރިއަށެވެ. އެޗުޑީސީން ކަނޑައަޅާފައި ވަނީ ދެ ރޫމް ޝެއާކުކުރެވޭ ގޮތަށް މަދުވެގެން ނުވަ ބުރީގައި ފްލެޓްތައް ހަދަން ޖެހޭ ގޮތަށެވެ. ދުވަހު ކުއްޔަށް ދެވޭ ގޮތަށް ނުވަތަ އެއް ކޮޓަރިއެއްގައި އެކަކަށް ވުރެ ގިނަ މީހުން ޝެއާކުރެވޭ ގޮތަށް، ދެ ބުރި ހާއްސަކުރުމުގެ އިހުތިޔާރު ދޫކޮށްފައި ވަނީ ތަރަައްގީކުރާ ފަރާތަށެވެ.

މި އިމާރާތުގައި ޖިމްއަކާއި ފިހާރަތަކާއި ލައުންޑްރީ އާއި ބާބެކިޔު ހަދާ ސަރަހައްދު ފަދަ ތަންތަން ހިމެނެ އެވެ.

"ކޯ-ލިވިން ހައުސިންއަކީ ދުނިޔޭގައި ވެސް ވަރަށް މަގުބޫލުވަމުން އަންނަ ދާއިރާއެކެވެ،" އެޗުޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެހެންކަމުން މިއީ ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ވެސް ވަރަށް ޝައުގުވެރިވާނެ ފުރުސަތެކެވެ."

ވަޒީފާ އަދާކުރާ ނުވަތަ ތައުލީމު ހާސިލްކުރާ ގިނަ އަދަދެއްގެ ބަޔަކު އެއް ކޮޓަރި ނުވަތަ އެއް ފްލެޓް ހިއްސާކޮށްގެން މާލެ ސަރަހައްދުގައި މިހާރު ވެސް ދިރިއުޅެ އެވެ.

29 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 3%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްޔިތުމީހާ

08 January 2021

މާލެ ސަރަހައްދުގައި ފްލެޓް ނުލިބިގެން ދަތި ހާލުގަ މީހުން މަރުވާއިރު ތިޔަކަހަލަ ކަން ކަމަށް ބިން ދޫކޮށް ދެވަނަ ފިޔަވަހިވެސް ފުރާލީމަ ދެން ޙާލުގަ އުޅޭމީހުންގެ ހާލަކީ ކޮބާ؟؟ ޢެއްކަމެއްވެސް ރަނގަޅު ނުވެޔޭ.. ހަމަ އެއްކަމެއްވެސް.

The name is already taken The name is available. Register?

ފިކުރީ ހަނގުރާމަ

06 January 2021

ޢެޗް ޑީ ސީ އާއި ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާއިންވެސް ބޯހިޔާވަހިކަން ދޯ ދެނީ...އެހާ ބައިވަރު މީހުން އެއްކަމެއް ކުރާތީ އޭގެ ނަތީޖާއެއް ރައްޔިތު މީހާއަށް ނުފެންނަނީވެސް...ކުއްޔަށް ދީފަ ހުރި ފްލެޓްތައް އަތުލަބަލަ...އެންމެ ހައްގުވެރި މީހާ ނުދޭނެ ކުއްޔަކަށް

The name is already taken The name is available. Register?

މޮޔަބެ

05 January 2021

ކުރާނެ ކަމެއް ނޭނގިއްޖެއްޔާމު އެޗްޑީސީން ނުކުންނަންވީނޫންތޯ ހުޅުމާލޭ ގޮނޑުދޮށުގަ ކަކުނިހަރު ކޮނެދޭން.

The name is already taken The name is available. Register?

ނަފީސާ

05 January 2021

ތިޔައުޅެނީ އިންޑިޔާ ޓީޗަރުންނަށް ތިތަން ދޭންވެގެންދޯ

The name is already taken The name is available. Register?

އުދުހޭ

05 January 2021

މިއޮއްހާ ދުވަހު އަޅުގަނޑު ހީކުރަނީ ހުޅުމާލެއަކީ މާސްޓަރ ޕްލޭގެއްގެދަށުން ތަރައްގީކުރެވޭ ސިޓީއެއްކަމަށް އެކަމަކު އެކި ދުވަސްކޮޅުކޮޅުން މިއިވެނީ ޓަސްލާފަ ކޮންމެވެސް ވާހަކައެއް ދައްކާ އަޑު. ރޭވުންތެރިކަމެއް ނެތް. އެސްޓީއޯއިން 1 މިނެއްޓުން ލޯނުދޫކުރާ އޮންލައިންބޭންކިންއެކޭ އެޗްޑީސީއެކޭ ކޮބާ ތަފާތެއް؟

The name is already taken The name is available. Register?

އަހުމަދުބޭ

05 January 2021

ހުޅުމާލެ ފޭސް2 ވެގެން ދާނީ މިދިވެހިރާއްޖޭގައި އުފެދޭ ސުލަމްއަކަށް، 7 ހާސްފުލެޓް އެޅީ ދިވެހީންނަކަށް ނޫން، ތިޔަތަންތަން އަޅައިފައި ތިޔަހުރީ މާލޭ ސަރަހައްދު ގައި އުޅޭ 1 ލައްކަ ބަގްލަދޭސް މީހުންނަށް ދިވެހީންނަށް ތިޔަތަންތަން ލިބުނަސް ތިޔަތަންތަނުގައި ދިވެހީން ނޫޅެ ދޭނީ ކުއްޔަށް ބޭރުމީހުންނަށް

The name is already taken The name is available. Register?

2358

05 January 2021

މާސްޓަރ ޕްލޭން އޮތީމަތާ މޫދުގަ ގެ އަޅާ ވާހަކަވެސް ދައްކަނީ...

The name is already taken The name is available. Register?

އުދުހޭ

05 January 2021

ކޯ-ލިވިންގ އޭ މިކިޔަނީ ރީތި ނަމެއް ކިޔާލަން ދޯ؟ ދިވެހިން މިޔަށް ކިޔާއުޅެނީ "ކުދިން ބައިތިއްބުން". މިއީ ދުވަހު ކުއްޔަށް ކޮޓަރި ދިނުމުގެ ވިޔަފާރީގެ ތެރެއިން ފެށިގެން އަދި ވިޔަފާރިއެއް.

The name is already taken The name is available. Register?

އެމެރިކާ

05 January 2021

މި ސަރުކާރުގެ އަނިޔާވެރިކަން މާބޮޑު.

The name is already taken The name is available. Register?

ހޮޓްކިންގ

05 January 2021

މާލޭގައި އަނބިދަރިންނާއެކު ހަމަޖެހިލައިގެން ދިރިއުޅެވޭނެ ބޯހިޔާވަހިކަމެއްނެތި މުސްކުޅިވެ ގައިބާރުދެރަވެ ނިމިގެންމިދަނީ. އެކަންކޮށްނުދީ ކޮންހާކޯލިވިންނެއްގެވާހަކައެއްތަ ދިދައްކަނީ؟ ތީތަ ބޯހިޔާވަހިކަމުގެ ވައުދުފުއްދާގޮތަކީ؟

The name is already taken The name is available. Register?

ޙ birthday

05 January 2021

ގޯތި ނުދީ ދެންވެސް އާމު ރއްޔިތންނަށް ލިބޭ އާމްދަނީޔަށް ހުރަސް އެޅޭތޯބަލާ??

The name is already taken The name is available. Register?

އަލި

04 January 2021

މިސަރުކާރަށް ރަނގަޅަށް ހަމަ އެއްކަމެއްވެސް ކުރަން ނޭންގެނީތަ؟.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454