މީދޫގައި އިއްޔެ ހުޅުވި ޓޫރިސްޓު ހޮޓާ-- ފޮޓޯ: ޒެން
05 ޖެނުއަރީ 2021 - 12:54
އައްޑޫ ސިޓީ މީދޫގެ ފުރަތަމަ ޓޫރިސްޓް ހޮޓާ ހުޅުވައިފި އެވެ.
މި ހޮޓާ ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ހޮޓާ ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރު ވަނީ އެ ސަރަހައްދުގައި ހުރި "ޓޫރިސްޓް އެޓްރެކްޝަންތައް" ބައްލަވައިފަ އެވެ.
މިނިސްޓަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީދުއަކީ ކުރިއަށް އޮތްތާނގައި ޓޫރިޒަމް ދާއިރާއިން ގިނަ ފުރުސަތުތައް އޮތް ރަށެއް ކަމަށެވެ.
Happy to be engaged in opening a new small hotel in Meedhoo #AdduCity #Maldives. @nalafehimeedhoo gave me and @MoTmv team a superb site seeing tour. Meedhoo has great potential for tourism.@visitmaldives now. pic.twitter.com/zrctHDQMYS
— Abdulla Mausoom (@Mausoom_Maus) January 4, 2021
ޒެން ހޮޓެލް ހުޅުއްވައިދެއްވައި މިނިސްޓަރު ކުރެއްވި ޓްވީޓެއް
"ޒެން"ގެ ނަމުގައި ހުޅުވި މި ޓޫރިސްޓް ހޮޓާ އައްޑޫ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވަނީ އެ ހޮޓަލުގައި އޮތް ސްވިމިން ޕޫލުގެ ސަބަބުންނެވެ. ޕޫލަށް އެރެން އައްޑޫގެ އެކި ރަށްރަށުން މީހުން ދާ ކަމަށް އެ ހޮޓަލުގެ ވެރިޔާ އަބްދުﷲ ރާފިއު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ ކަނެކްޓިވިޓީގެ މައްސަލަތަކާ ގުޅިގެން މި ދުވަސްވަރު ހޮޓަލުގެ ބުކިންތައް ކެންސަލްވާ ކަމަށެވެ. ނަމަވެސް ދިވެހިންގެ ބުކިންތައް ފުލްކޮށް އުޅޭ ކަމަށާއި، ބޭރުން އަންނަ ޓޫރިސްޓުންގެ ބުކިންތައް ރަނގަޅުވާނީ އައްޑު އަށް އިންޓަނޭޝަނަލް ދަތުރުތައް ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޒެން ހޮޓަލުގެ ސްވިމިން ޕޫލް: އައްޑޫގެ ގިނަ ބައެއްގެ މެދުގައި ހޮޓާ މަގުބޫލުވެފައިވަނީ މި ޕޫލުގެ ސަބަބުން-- ފޮޓޯ: ޒެން
"ޓޫރިސްޓުން ރާއްޖެ އަންނަނީ ދެތިން ދުވަހަށް. މާލެއިން އައްޑު އަށް ދާން އެބަ ނަގާ ދުވަހެއްހާ ވަގުތު. އެހެންވީމަ ބުކިންތައް އެބަ ކެންސަލްވޭ. އެކަމަކު މިހާރު ވެސް އައްޑޫ މީހުން ފުލްކޮށް ހަމަ އުޅެނީ،" ރާފިއު ވިދާޅުވި އެވެ.
މި ހޮޓަލުގައި ދިހަ ކޮޓަރި ހުންނައިރު ބައެއް ކޮޓަރިތަކުން ކަނޑުގެ ރީތި މަންޒަރުތައް ފެންނާނެ އެވެ. އަދި އެ ހޮޓަލުގެ އެންމެ ބޮޑު ސުއީޓުގައި ޖަކޫޒީއެއް ވެސް ވަނީ ބަހައްޓައިފައި ހުރި އިރު ހޮޓަލުގައި ރޫފްޓޮޕް ރެސްޓޯރެންޓެއް ވެސް ހުންނާނެ އެވެ.
ޒެން ހޮޓަލުގެ ކޮޓަރިއެއްގެ އެތެރެ-- ފޮޓޯ: ޒެން
މީގެ އިތުރުން މި ހޮޓަލަކީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ ތަނަކަށްވުމުން ގެސްޓުންނަށް ފުރިހަމަ ޕްރައިވެސީ ލިބޭނެ ކަމަށް ރާފިއު ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގައި ހުރި ޓޫރިސްޓު އެޓްރޭކްޝަންތައް ބަލާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާފިއު ވިދާޅުވިގޮތުގައި މި ހޮޓާ ހެދުމަށް އަށް މިލިއަން ރުފިޔާ ހޭދަވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2768212322
06 January 2021
ޓުއަރިމް ހޮޓާ އައްޑޫގައި ހުޅުވުމަކީ ނުރައްކަލެއް، ތިތާ ވަރަށް ގިނަ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައި ތިބި މީހުން. ތިމީހުން ކޮންމެ ކަމެއްވެސް ކޮއްފާނެ. މީދޫ ކައުންސިލަކީވެސް ތިގުރޫޕާ އެކީ އުޅޭ މީހެއް
އޮނަރަބްލް އަފީފު ދީދީ
05 January 2021
ތިތަނުގެ ޑިޒައިން އެހާ ހިތްގައިމު ނުވަނީ އިންވެސްޓް ކުރިފަރާތުން އައްޑޫގެ ފުލުހުން ތިބި އަދަދަށާއި ސަލާމަތީ ކަންކަމާއިމެދު އިތުބާރު ނެތުމުން ކަމަށް ވެދާނެ. # އައްޑޫގެ ފަތުރުވެރިކަން ކުރިއަރާންދެން މިފަދަ ހުރިހާފަރާތެއްގުޅިގެން ޓްއަރިސްޓުންނަށް 50 ޑޮލަރަށް ރޭގަނޑަކަށް ކޮޓަރިވިއްކޭނެގޮތެއް ހޯދާންޖެހޭ. # މިގޮތަށް އަގުތިރިކޮށް ކ.އަތޮޅު މާލެއަށްވުރެން އަގުހެޔޮކޮށް ދިވެހިންގެ ޙަޤީގީ ދިރިއުޅުމާއިއެކު ޤުދުރަތީރީތިކަންދެކެލުމަށް އައްޑޫ އިޙްތިޔާރުކުރަން އިސްތިހާރުކުރޭ.
ހުންގާނު
05 January 2021
ތިތަން ހުޅުވާ އިސްތިހާރު ކުރަން ކައުންސިލް ބަޖެޓުން ބޮޑު ލާރި ގަނޑެއް. ކިހާ ދެރަކަމެއް.
ނަޝީދު.
05 January 2021
ހާދަ ހަޑި ފާޑަކަށް ހުރި ތަނެއް؟
211111
05 January 2021
ތިތަނައް އަހަރިކު 200 ގެސްޓުން ނުލިބޭނެ.......
ސަމްޕު
05 January 2021
ތިޔަ ހޮޓާ ނައިބް ރައިސް ފައިސަލް ނަށިމް ވެސް ހުޅުއްވާ ދެއްވި 2019 ގައި
ރަދީފްއޮފިޝިއަލް
05 January 2021
ރިބްރޭންޑް.
ރަދީފްއޮފިޝިއަލް
05 January 2021
އޮންރަބްލް އަފީފްދީދީގެ ކޮމެންޓެއްގެ އިންތިޒާރުގަ.
ޑރ. ރާމީ ޙަސަން ވައިނުޖެހޭގެއާގެ
05 January 2021
މަރްޙަބާ. ރިސޯޓް ތަކުގައި ބޭރުމީހުންގެ ބަދަލުގައި ދިވެހިން ހަމަޖެއްސުން މުޙިއްމު. ލަންކާ އާއި އިންޑިއާ މީހުންނަށް ޙާއްސަ ގޮތެއް ބެހެއްޓުމަކީ ކޮންމެހެން މުޙިއްމު ކަމެއްނޫން. އެންމެ ކުރީ ޒަމާނުން ފެށިގެންވެސް މި ދެ ޤައުމުން ރާއްޖެއާއި މެދު ދެކިފައިވަނީ ވިޔަފާރީގެ އުސޫލުން. ލަންކާ އިން އެންމެ ފަހުން މަހުގެ އަގުތަކަށް ލަންކާގައި ހަދާލިގޮތުން ވެސް މިކަން އިނގޭ. މިނެދިން ނާޅިއަކުން މިނެދޭން ވާނީ.
ޜިމްޝާ
05 January 2021
ރާއްޕެ ވިއްކާނީ ދިވެހިންނަށްވެސް 750 ރުފިޔާއަށް.
ކަލޯ 2018
05 January 2021
ޤަވައިދު ގަބުނާ ގޮތާ ޚިލާފައް ތިޔަތަނުގެ ބެލްކަނި ރެއިލިންގ ހުރިކަން ފާހަގަވޭ. ކުޑަކުދިންނައް ރައްކާތެރި ނޫންގޮތަކައް