ޚަބަރު / ހުޅުމާލެ

ހިންގާނެ ބަޔަކު ނުވިއްޔާ، ސިޓީ ހޮޓާ އެހެން ކަމަކަށް ބޭނުން ކުރާނަން: އެޗްޑީސީ

އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިޓީ ހޮޓާ--. ފޮޓޯ: މިހާރު

އެސްޓީއޯ އިން ހުޅުމާލޭގެ ޕްރައިމް ލޮކޭޝަނެއްގައި އަޅަން ފެށި ސިޓީ ހޮޓާގެ މަސައްކަތް އެއްގޮތަކަށް ވެސް ކުރިޔަށް ނުދާނަމަ އެހެން ކަމަކަށް އެ އިމާރާތް ބޭނުން ކުރަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމައި، އެސްޓީއޯއިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ވަނީ ހުއްޓިފަ އެވެ. އެ ހޮޓާ ހިންގަން އޭރު ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ"ގެ ދަށުންނެވެ.

ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ 2016 ވަނަ އަހަރު ވަނީ ސިޓީ ހޮޓާ ވިއްކާލަން ނިންމައިފަ އެވެ. ނަމަވެސް އެކަމަށް ވެސް ތަރުހީބެއް ނުލިބުނެވެ.

އެ މައްސަލައަށް އަލިއަޅުވާލައްވައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހެއިލް އަހުމަދު ޕީއެސްއެމް އަށް ވިދާޅުވީ އެސްޓީއޯގެ ސިޓީ ހޮޓާގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެ ސިޓީ ހޮޓާ ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީ އަށް ވެސް ލިބޭ ގޮތަށް އެ ކުންފުންޏާއެކު އެއްބަސްވެފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ސިޓީ ހޮޓާގެ މަޝްރޫއު ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކުރިޔަށް ގެންދާނީ ވަކި މުއްދަތަކަށް ކަމަށް ސުހެއިލް ވިދާޅުވި އެވެ. އަދި އެތަން އޮޕަރޭޓް ކުރާނެ ފަރާތެއް ނުލިބިއްޖެ ނަމަ އެހެން ބޭނުމެއްގައި އެ އިމާރާތް ބޭނުން ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލޭ ރަނގަޅު ލޮކޭޝަނެއްގައި ބިލްޑިންގެއް އެޅި ބޭނުން ނުކުރެވި ހުންނާތީ އަޅުގަނޑުމެން މި ބަލަނީ ކައިރި މުސްތަގުބަލެއްގައި އެތަން ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ ފަރާތެއް ނުވެއްޖެއާ އެހެން ބޭނުމެއްގައި ވެސް އެތަން ހިންގަން،" ސުހެއިލް ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި ސިޓީ ހޮޓަލުގައި ނުނިމި ހުންނާނީ ފިނިޝިން މަސައްކަތް އެކަންޏެވެ. ރާނާ ސިމެންތި ޖަހައި ސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ. އަދި އެސްޓީއޯ އިން މިވަގުތު އެތަން ބޭނުން ކުރަނީ ބައެއް މުދާތައް ބެހެއްޓުމަށް ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.

އެސްޓީއޯ ސިޓީ ހޮޓަލުގައި އެކި ފަންތީގެ 250 ކޮޓަރި ހިމެނެ އެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލް އަދި ޝޮޕިން ސަރަހައްދެއް ވެސް ހިމެނެ އެވެ.

14 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 15%
icon angry icon angry 31%
icon wow icon wow 8%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްމަދު

17 January 2021

ދައުލަތުން ބޮޑު ކުލި ދީގެން އަމިއްލަ އިމާރާތްތަކުގައި ތިބި އޮފީސްތައް ތިޔަ ތަނަށް ބަދަލުކޮށްބަލަ. ހެޔޮވާނީ ކިހިނެއް. ދައުލަތުން އެހާ ބޮޑު ޚަރަދެއް ކުރަން. މީ އަޅެ ދައުލަތާ މެދު ވިސްނާ ބައެއް ވެސް ނޫންތަ

The name is already taken The name is available. Register?

ކާލީ

17 January 2021

ޕްރޮޖެކްޓް ލާރިގަނޑު ކާލީ ދެން ލަލަލާ!

The name is already taken The name is available. Register?

އަދުރާ

16 January 2021

ކުއްޔަށް ހިފައިގެން ހިންގާ ހުރިހާ ސަރުކާރުގެ އޮފީސްތައް ތިތަނަށް ބަދަލުކުރަ.

The name is already taken The name is available. Register?

އައިމިނާ

16 January 2021

ފްލެޓްތައް ހަދާފަ ކުއްޔަށް ދީ. ނޫނީ ސަރުކާރުގެ އޮފީސް ޢިމާރާތަކަށް ހަދާ.

The name is already taken The name is available. Register?

ލާލުޕަރީ

16 January 2021

ތިތަން ރައްޔިތުން ދިރިއުޅެން ދޫކުރަންވީ

The name is already taken The name is available. Register?

ހިތަލާކު

16 January 2021

ކައިރީގައި މިހިރަ ރިޒޯޓުތަކުގެ ވެރިންގެ ހިތް ހަލާކުވެދާނެތީ ނަހަދައި ހުރި ހޮޓަލެއް. ނިދާފައި ތިބެގެން ރިޒޯޓް ހިންގަން ލިބިފައި އޮތް ފުރުޞަތު ގެއްލިދާނެތީ ކުރަންޖެހޭ ކަމެއް އެވެރިން ކުރާނެ. ނަފާ ލިބޭ ބަޔަކަށް ލިބޭނެ. ކުރުކޮށް ފޮނިކޮށް ތިޔަކަން އޮތް ގޮތް މިބުނީ.

The name is already taken The name is available. Register?

ބހލާު

16 January 2021

ތި ތަނަށް ކިޔަން އެންމެ ރަނގަޅު ނަމަކީ ކޮރަޕްޝަން ހޮޓާ. ނުވަތަ ދަމާކާ ހޮޓާ. ތަން މިހާރު ހުންނާނީ ބާވެފައި. އެހާ ދުވަސްވެއްޖެ ހަދަން ފެށިފަހުން.

The name is already taken The name is available. Register?

16 January 2021

ތިފަދަ ބޭކާރު އިންވެސްޓްމަންޓް ތަކުން ލިބޭ މާލީ ގެއްލުމަށް ޒިންމާވާންޖެހޭ އިންސާނަކު ނުހުރޭބާ؟ ވަރުވަރުގެ ޒިންމާތަކާ ހަވާލުވެ ބޮޑު މުސާރަ ނަގައިގެންތިބެ ތިފަދަ ކަންކަން ކުރުމުން ޒިންމާ ނުނަގާނަމަ ކާކު ކޯއްޗެއް ބަލާނީ؟ ސައިފަތް ދަނޑު ކަންތައްވެސް ހަމަ ތިގޮތަށް ހެދީ އަކަސަކަ

The name is already taken The name is available. Register?

އިބު

16 January 2021

ވަރަށް ބާރަށް އިވޭ އަޑަކީ ސިފައިންގެ ކޯސްޓްގާރޑަށް ތިޔަ ބިން އިމާރާތާއެކު ދޭން ހަމަޖެހިފައިވާކަން.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

16 January 2021

ތިތަން ތަންކޮޅެ ހެޔޮއަގުގަ ވިއްކަންވީނުން އާއްމުންނަ އެޕާޓްމަންޓެއްގޮތަށް ހަދާފަ...އޭރުން ބޯހިޔާވަހިކަމަށްވެސް އެހީތެރިކަމެވެވޭނެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454