"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ނޫސްވެެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
17 ޖެނުއަރީ 2021 - 12:26
ފެރީގެ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލެވޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފްރޭމްވޯކް އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލަން ބޭނުންވާ ދިރާސާކޮށް ނިމިފައިވާ ކަމަށެވެ. އަދި މިއަހަރު ތިން އަތޮޅެއްގައި މި މަޝްރޫއު ފެށި ނަމަވެސް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ހިދުމަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން މި އަހަރު ފެރީގެ ހިދުމަތް ފަށާނީ ހއ. ހދ. އަދި ށ. އަތޮޅުގަ އެވެ. މި އަހަރު ތެރޭގައި އިތުރު އެއްވެސް އަތޮޅެއްގައި މި ހިދުމަތް ނުފަށާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މިއަހަރު ތެރޭ ދެން ހުރި ޒޯނުތަކުގެ ހިދުމަތްތައް ނުފައްޓާނަން، ދެން ޖެހިގެން އަންނަ އަހަރާއި އޭގެ އަނެއް އަހަރު ބާކީ ހުރި ޒޯނުތަކަށް ހިދުމަތް ފަށާނީ. ތިން އަހަރު ތެރޭ މުޅި ރާއްޖޭގައި މި ހިދުމަތް ފެށޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" އަސްލަމް ވިދާޅުވި އެވެ.
އަތޮޅުތަކުގައި ފެރީގެ ހިދުމަތް ފަށައިގަތުމަށް ފަހު ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ވެސް އަސްލަމް ވަނީ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ފްރޭމްވޯކު ހެދި އިރު ކޮންމެ އާބާދީއެއްގެ ވެސް އެ ޕަސެންޓު މީހުން ދަތުރު ކުރާނެ ކަމަށް ލަފާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ދަތުރުފަތުރު ފެށުމުން ދަތުރުކުރާ މީހުން އިތުރުވަމުން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މި ހިދުމަތަކީ އިތުބާރު ހިފޭ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ހިދުމަތާއެކު ރަށްތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ބޮޑު ފޯކަސްއެއް ދީފައިވާނީ އިތބާރު ހިފޭ، ފަސޭހަ، މީހުން ގަބޫލު ކުރާ ފެންވަރުގަ ބަނެވިފައި ހުރި އުޅަނދުތަކާއި ދެވޭ ހިދުމަތަކަށް މި ހިދުމަތް ހެދުމަށް. މިއާއެކު ރަށްރަށުގެ ވަޒީފާތައް ވެސް އިތުރުވެގެންދާނެ،" އަސްލަމް ވިދާޅުވި އެވެ.
ފެރީގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން 860 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ ތެރެއިން ހއ. ހދ. އަދި ށ. އަތޮޅުގައި ފެރީގެ ހިދުމަތް ފައްޓަން 157 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
18 January 2021
ފެރީގެ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލެވޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ. އެމްޓީސީސީ ގަ އަދިވެސް 40 އަހަރު ވެފަ ހުރި ކަންނެލި ދޯނީގަ ގޮނޑި ޖަހާފަ އެއަށް ކިޔަނީ ފެރީ އެވެ. 50 އަހަރަށް ކުއްޔަށް ދިނީމަ ވެސް އައި ބަދަލެއް ނުފެނުނެވެ. ރައްޔިތުން ނަމަކަށް ބަޔަކަށް ފައިސާ ތަކެއް ބަހާ ގޮތައް ކަންކަން ކުރާތަން ބަލަން ބޭނުމެއް ނުވެ އެވެ.
ބަރުފޯސްމުހައްމަދު
18 January 2021
ތި ޖިޒާމް ހިންގާ މިނިސްޓްރީ އޮޅި އްޖެ އޭ. ނަހުލަތަ ނޫނީ އަސްލަމްތަ. ނަހުލާ ތިކަމާ އުޅެފި އްޔާ ކަރަޕްޝަން އެ އަށް ވަންނާނެ. ޢަދި އެއ އީ ކަރަޕްޝަން އެކޭވެސް ނުކިޔާ މުޅި ޕްރޮޖެކެޓްގެ ދުވަސްދާނެ. މާލެ މގުތަކުގެ ހާލަތު ބަލާބަލަ ފްލަ އިން ސްކޫލް ކުދިންގެހާލެ އް ނެތް. އެ އްކަމެ އްވެސް ތި ޓްރާންސްޕޯޓްގަރަނގަޅަށް ނުކުރެވޭ
އޮނަރަބްލް އަފީފު ދީދީ
17 January 2021
ޕްރޮޖެކްޓް ކުންފުންޏާއިޙަވާލުކުރުމަށްފަހު އެއަށް ގޮތްކިޔާ ކަންކަންރާވަންވީގޮތް ވަޒީރު އަންގަވާކަށްނުޖެހޭނެ. # ކުންފުނި ހިންގެވުމަށް ޙަވާލުވެހުންނެވީ މިރޮގުގައި ވަޒީރަށްވުރެން އަމަލީ ތަޖުރިބާހުންނެވި ކާބިޔާބު މަޝްރޫއުތަކެއް ހިންގަވާފައިވާ އިތުބާރުކުރެވޭ މީހެއް. # މިއަހަރުތެރޭ "އިތުރުޒޯނެއްގެމަސައްކަތް ނުފައްޓާކަށް ވަޒީރަށް އަމުރުނުކުރެވޭނެ" އަދި އެގޮތަށް ކުންފުނިންއަމަލުކުރަން ލާޒިމެއްވެސް ނޫން. އުއްމީދަކީ މިއަހަރު އަތޮޅުފެރީތަކުގެ ހިދުމަތްލިބުން.
ބަރުފޯސްމުހައްމަދު
18 January 2021
ޢަދި ނޭގޭ ދޯ ކޮން ވަޒިރެ އްކަެއްވެސް. ޏަހުލާތަ އަސްލަމްތަ. ޏަހުލާ ވެ އްޖެ އްޔާ ތި ޕްރޮޖެކްޓް ފެންފޮދަކާނުލާ ދިރުވާލާނެ.
ސަޅބައިސާ
17 January 2021
ހަނދާނުގައި ހުރި ކުއްޖަކު ހުރި ބާ! މާލޭގައި 3 އަހަރުގެ ތެރޭގައި ތާރުއަޅައި ހުރިހާ މަގެއް ހަދަން ބުނި. މީ ކުރީ އިންތިޚާބަށް ފަޅާލި ކަރާ. މި ހަވީރު ނޫހުގައި އެޚަބަރު އޮންނާނެ. އަނެއްކާ އަނެއް ކަރާ އިންތިޚާބަށް ފަޅާލަނީ.
ހައްޤުބަސް
17 January 2021
ހެޔޮނުވާނެ މީހުންތަށް އެއްފަސްކޮށްދީ. އެއްފަސް ކުރުމުގެ މާނައަކީ ކުޑަތަނަކަށް ޖަމާކުރުމެއްނޫން. ނަމަވެސް ހިތްފަސޭހަ ވާނެގޮތަށް ހުރިހާ ހިދުމަތަކާއި އަދި ރީތި ގެދޮރުވެސް ލިބޭނެ ފަދަގޮތަކަށް އެއްތަންކުރުން. މިޒަމާނުގައި ބިންވެސް ހިއްކެންއެބައޮތް. ހާދަބަޔަކަށް ވިޔަފާރީގެ ފުރުސަތު އިތުރުވެ އިޤްތިސާދަށް ރަނގަޅު ފައިދާ އެބަކުރެޔޭ ހުޅުމާލޭގެ ސަބަބުންވެސް. މިއަކީ އެންމެ 2 މީހުން އުޅޭ ޤައުމެއް. ހެޔޮނުވާނެ މީހުންތަށް ވަކިވަކިން ގެންގުޅެން.
އޮނަރަބްލް އަފީފު ދީދީ
17 January 2021
މަޝްރޫޢު ދައުލަތުގެ ކުންފުންޏަކާއި ޙަވާލުކޮށްފައި "ކަންކުރާންވީގޮތް" ވަޒީރު ބުނެ އިއްވާކަށް ނުޖެހޭނެ. އެކަން ކަޑައަޅާނީ ކުންފުނީގެ ބޯޑުން. # މުޅި މަޝްރޫއަށް ދައުލަތުން 860މ ރުފިޔާ ޙަރަދުކުރާއިރު 157މ ރުފިޔާ 3 އަތޮޅުގެ އެތެރޭގެ ދަތުރު ޤާއިމްކުރުމަށް ޙަރަދުކޮށްފައި ބާކީ ހުރި 703މ ރުފިޔާއިން 16 އަތޮޅަށް ޙަރަދު ކުރާނަމަ އަތޮޅަކަށް ޖެހޭނީ 43މ ރުފިޔާ. # މަޝްރޫއު ވެރިކަމުގެފަހުކޮޅަށްދަންނާނުލާ މިއަހަރު އެންމެ ކުޑަވެގެން އަތޮޅުތަށް ގުޅާލެވޭތޯ ބަލާންޖެހޭ.
ފަހުބަސް
17 January 2021
މިސަރުކާރައް ފުރިހަމަ ތިންއަހަރު ވާއިރު މުޅި ރާއްޖޭގައި އަތްތަޅާ ވެސް ނިމޭނެ ,
ބަރުފޯސްމުހައްމަދު
18 January 2021
ޢަދި މި އުޅެނީ މި ސަރުކާރަށް އެންމެ ފްލެޓެ އް އަޅަން ނުފެށި އެވަރުން ނުވެގެން ޔާމީން އަޅަދިން ފްލެޓް 2 އަހަރު ވި އިރު ހަވާލު ނުކުރެވޮގެން.
ދިއްދޫމީހާ
17 January 2021
މީގެކުރިން ފެރީ ހިންގަން ބަޔަކު މީހުންނަ ފަޅާ އަދި ފަޅުރަށްތައް ދިން، ދިން ފަޅުތަކުގަޔާ އަދި ރަށްތަކުގަ ރިސޯޓް ހިންގަނީ، އެކަމު ފެރީ ހިންގަންޖެހުނީ އެމްޓީސީސީއަ، ކޮންވެސް ކުއްޖަކު އަހާލަބަލަ ދޮންބިލެއް ހަލީމް ގާތު މީތެއްދެތޯ؟؟
އަށްގޮދާ
17 January 2021
އަސްލަންޓޭ ކައިރީ އަހާލަދިބަލަ ކޮންމެވެސް ނޫސްވެރިއެއް، ވިލިމާލެ ބުރިޖު ކޮބާތޯ... ގައިމު ފެބުރުއަރީ މިއޮތްލައިގަތީ.... ކުރިން ބުނި ޑިސެމްބަރ 2020 ގަ އަމަލީ މަސައްކަތް ފައްޓާނެއޭ.... ބުރިޖު ޖަމަލު ފޮޑިއައް ވީބާ؟؟؟
އިބް
17 January 2021
މިފަހަރު ދޮންބިލެތަށް ކިތަށް ރަށްތޯ؟