ލައިފްސްޓައިލް

މޭގަން މާކަލްގެ ބައްޕަ "އާއިލީ ވާހަކަ" ކިޔައިދޭން ޑޮކިއުމަންޓަރީއެއް ހަދަނީ

ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަންގެ މާކަލްގެ ބައްޕަ ތޯމަސް މާކަލް "އާއިލީ ވާހަކަ" ކިޔައިދޭން ޑޮކިއުމަންޓަރީއެއް ހަދަން ނިންމައިފި އެވެ.

މެކްސިކޯގެ ރޮސާރިޓޯގައި ދިރިއުޅޭ ތޯމަސް، 76، އިނގިރޭސިވިލާތުގެ "ދަ ސަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ޑޮކިއުމަންޓަރީގައި އަމިއްލަ ހަޔާތުގެ ވަރަށް ގިނަ ވާހަކަތަކާއި އޭނާގެ ދަރިންނާއި ހާއްސަކޮށް މޭގަންއާ ބެހޭ ވަރަށް ގިނަ، ނޭނގޭ ވާހަކަތައް ހިމަނާނެ ކަމަށެވެ.

މި ވާހަކަ ތޯމަސް ބުނެފައި މި ވަނީ މޭގަން އާއި އާއިލާގެ އެއްވެސް ބަޔަކާ ގުޅުމެއް ނެތްކަން 2018 ގައި ހެރީއާ ކައިވެނިކުރެއްވި އިރު ނެތްކަން ހާމަވެފައި ވަނިކޮށެވެ. އެ ދުވަސްރު މޭގަންއާ ބެހޭ ގޮތުން ތޯމަސްގެ އިތުރުން އެއްބަފާ ބޭބެ އާއި ދައްތަ ވެސް މީޑިއާތަކުގައި އެކި ކަހަލަ ވާހަކަތައް ދައްކާފައިވެ އެވެ. އަދި މޭގަންގެ ކައިވެނީގެ ހަފުލާގައި އާއިލާ އިން ބައިވެރިވި ހަމައެކަނި މީހަކީ މަންމަ އެވެ.

މޭގަން އާއި އާއިލާއާ ގުޅުން ނެތްކަން ހާމަވެފައިވާ އިރު ބައްޕައާ ދެމެދު ބަދަލުކުރެވުނު ސިޓީތަކެއް މީޑިއާއެއްގައި އާންމުކުރި މައްސަލައެއްގައި މޭގަން 2019 ގައި އިނގިރޭސި ނޫސްތަކަކަށް ދައުވާ ވެސް ކުރައްވާފައިވެ އެވެ.

ތޯމަސް "ދަން ސަން" އަށް ބުނި ގޮތުގައި މޭގަންގެ ކުޑައިރުގެ ދުވަސްތަކާއި ސްކޫލްގެ ދައުރުގެ ހަނދާންތަކާއި ފިލްމީ ދާއިރާގައި އުޅުނު ދުވަސްވަރުގެ ވާހަކަތަކާއި އަލަތު ކައިވެންޏާ ބެހޭ ގިނަ ވާހަކަތައް ވެސް ޑޮކިއުމަންޓަރީގައި ހިމަނާނެ އެވެ. ހެރީ އާއި މޭގަންގެ ކައިވެންޏަކީ މޭގަންގެ ދެވަނަ ކައިވެންޏެވެ. ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރެއްވި މޭގަން، 39، ފުރަތަމަ ކައިވެނިބައްލަވައިގަތީ އެމެރިކާގެ ޕްރޮޑިއުސަރު ޓްރެވާ އެންޖެލްސަންއާ އެވެ. ދެހާސް އެގާރައިގެ އެ ކައިވެނި ރޫޅުނީ 2013 ގަ އެވެ.

"މި ޑޮކިއުމަންޓަރީ އަކީ ތިއޭޓަރާއި ފިލްމީ މަސައްކަތްތަކަށް އަހަރެންގެ އޮންނަ ލޯތްބެއްގެ ސަބަބުން ހަދަން ނިންމާފައިވާ ޑޮކިއުމަންޓަރީއެއް،" ތޯމަސް ބުންޏެވެ.

އޭނާ އަކީ ޕްރޮފެޝަނަލް ސިނަމަޓޯގްރާފަރެކެވެ. ތޯމަސް އަށް ވަނީ 1975 ގެ ޓީވީ ޕްރޮގްރާމް "މޭޑް އިން ޝިކާގޯ" އިން ޝިކާގޯ/މިޑްވެސްޓް އެމީ އެވޯޑާއި 1982 އާއި 2011 ގެ ޓީވީ ސޯޕް އޮޕެރާ ޑޭޓައިމް އެމީ އެވޯޑް ވެސް ލިބިފަ އެވެ.

ދެ ކައިވެންޏެއްކުރި ތޯމަސް ކިޔައިދިން ގޮތުގައި އޭނާގެ އާއިލާ އަކީ ކުރިން ވަރަށް އުފާވެރި ގުޅުން ބަދަހި އާއިލާއެކެވެ. އަދި އާއިލާ އަށް ބޮޑު ބަދަލެއް އައީ މޭގަން ލިބުނު ފަހުން ކަމަށް ބުންޏެވެ. މޭގަން އަކީ ތޯމަސްގެ ދެވަނަ ކައިވެންޏަށް ލިބުނު ދަރިއެކެވެ. އެ ކަމަނާގެ މަންމާފުޅަކީ ޑޯރިއާ ރޭގްލަންޑެވެ.

"އަހަރެން ވަރަށް އުންމީދުކުރަން މި ހަދަން އުޅޭ ޑޮކިއުމަންޓަރީން އަހަރެންގެ އާއިލާ އޮތް ގޮތް ބެލުންތެރިންނަށް ދައްކައިދެވޭނެ ކަމަށް. ވަކިން ހާއްސަކޮށް އާއިލީ ގުޅުން ކުޑަވެގެން ދިޔަ ސަބަބާއި އޭގެ ސަބަބުން ދިމާވި ކަންކަން ވެސް މިއިން ފެނިގެން ދާނެ ކަމަށް." ތޯމަސް ބުންޏެވެ.

އޭނާ ބުނީ އަމާޒަކީ އަހަރުގެ ފަހުކޮޅު ޑޮކިއުމަންޓަރީ ގެނެސްދިނުން ކަމަށެވެ.

ޕްރިންސް ހެރީއާ ކައިވެނި ބައްލަވައިގެން މާކަލް އަށް 2019 ގައި ވަނީ ދަރިކަލަކު ވެސް ލިބިވަޑައިގެންފަ އެވެ. އަދި ދެވަނަ ދަރިފުޅަށް މިދިޔަ އަހަރު ބަލިވެއިންނަވަނިކޮށް ބައިގެން ދިޔަ ވާހަކަ މޭގަން ވަރަށް އަސަރު ގަދަ ލިޔުމަކުން ވަރަށް ފަހުން ވިދާޅުވެދެއްވާފައިވެ އެވެ.

މޭގަން 2019 އިން ފެށިގެން ފިރިކަލުންނާ އެކު ދިރިއުޅުއްވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ. އެއި ޝާހީ ޒިންމާތައް ވެސް ދޫކޮށްލެއްވުމަށް ފަހު އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454