މާލެ: މޭ 17، 2017: މާލޭގެ ބާޒާރުމަތީ ފިހާރައެއްގައި މީހަކު ލޮނުމެދުތަކެއް ބާސްކެޓަށް އަޅަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
22 ޖެނުއަރީ 2021 - 10:54
ބާޒާރުގައި ލޮނުމެދު ލިބުން ދަތިވެ، ކިލޯއެއް 150ރ. އަށް އަރައިފި އެވެ.
ވިޔަފާރިވެރިއަކު ބުނީ އަގު އެހާ ބޮޑަށް އުފުލުނީ ބާޒާރުން ލޮނުމެދު ނުލިބޭތީ ކަމަށެވެ. އެހެންވެ ލޮނުމެދު ކިލޯއެއްގެ އަގު މިހާރު މާލޭގެ ފިހާރަތުން ލިބެނީ 100ރ. އާއި 150ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ރާއްޖެއަށް ލޮނުމެދު އެތެރެ ކުރާ އެމްއެޗްއޭ ސްޓޯރުގެ އޮފިޝަލަކު ވިދާޅުވީ ލޮނުމެދުގެ އަގު އެހާ ބޮޑަށް އުފުލުނީ ޗައިނާ އިން ލޮނުމެދު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުތަކުގައި ލޮކްޑައުންގެ ހާލަތު އޮތުމުގެ ސަބަބުން ކޮންޓެއިނަރުތައް އައުމުގައި ވެސް ލަސްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކޮލަމްބޯ އިން ބައެއް ކޮންޓެއިނަރުތައް އައުމުގައި ލަސްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޗައިނާ އިން ތަކެތި ލިބުމުގައި ވަރަށް ބޮޑު ދަތިތައް އެބަހުރި. ކޮލަމްބޯ ކޮޅުން ވެސް ކޮންޓެއިނާތައް ލިބުމުގައި ތާށިތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ތަކެތި އެތެރެ ކުރާ ފަރާތްތަކުން އެންމެ ގިނައިން ލޮނުމެދު ގެންނަނީ ޗައިނާއިންނެވެ. މީގެ އިތުރުން ކެރެޓު ވެސް ބާޒާރުން ވަނީ ހުސްވެފަ އެވެ. ކެރެޓުގެ އަގު މިހާރު އުޅެނީ ކިލޯއެއް 90ރ. އާއި 120ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަޗާ
23 January 2021
ރާއްޖެޔައް އެތެރެ ކުރާ 100% ލޮނުމެދު، އިންގުރު އަދި ކެރެޓު ގެންނަނީ ޗައިނާ އިން. އަބަދު ބަވާތީ ރުޅި އައީ
އުލިގަމް އިސްޓައިލް
23 January 2021
ވެކްސިން ލިބުމުން ލޮނުމެދު ޑިމާން މާ ބޮޑުވީ ދޯ.
ޕްލޭން ބައި އިންޑިޔާ
22 January 2021
އިންޑިޔާއިން ބޭނުންވަނީ އެމީހުން ބޭނުންވާ އަގުގައި ރާއްޖެއަށް ލޮނުމެދު އެތެރެ ކުރަން. އެހެންވެ ސަރުކާރުން ދައްކާ ބަހަނާއެއް ތިއީ.
ބަޑީ
22 January 2021
ސަރުކާރުންތޯ ލޮނުމެދު އެތެރެކުރަނީ؟ ދެން، ޗައިނާއިންވެސް އިންޑިޔާއިން "ދޭހެން" ނަމަވެސް، ރާއްޖެއަށް ލޮނުމެދަށް ނުޖެހޭވަރަށް ފޮނުވާދޭންވީނުން.
ގެރިބެ
22 January 2021
މޯދީ އައް ދަންނަވޭ
ސަސި
22 January 2021
ކޮބާ އަވައްޓެރިިި އިންޑިއާ
ލޮނ މހްމ
22 January 2021
ތިވާނީ ކޮވިޑު ވެކްސިން އުފައްދަން ލޮނުމެދު ބޭނުން ކުރާތީ ވާކަމެއް ކަމައް ޖ.ކ
ާެރާއްޖެ
22 January 2021
މައި ސަރުކާރުގަ ދަންނަވަން ފެނޭ.