ވަލްޑޯފް އޮސްޓްރިއާ އިތާފުށީގެ ވިލާއެއް--
23 ޖެނުއަރީ 2021 - 11:14
ވަަލްޑޯފް އޮސްޓްރިއާ މޯލްޑިވްސް އިތާފުށިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ ދީފި އެވެ.
ރާއްޖޭގެ ރިސޯޓު މުވައްޒަފުންގެ ހައްގަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި އިތާފުށިން ސާވިސް ޗާޖުގެ ގޮތުގައި މި މަހު ކޮންމެ މުވައްޒަފަކަށް 3،340 ޑޮލަރު (51،502ރ.) ދޭނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގެ ރިސޯޓަކުން އެންމެ ގިނަ ސާވިސް ޗާޖު ދޭ ފަހަރެވެ.
އެހެން ބައެއް ރިސޯޓުތަކުން ވެސް މި މަހު ސާވިސް ޗާޖު ދޭ އަދަދު ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން، ވަން އެންޑް އޮންލީ ރީތިރަށުން 3،007 ޑޮލަރު (46،367ރ.) ދޭއިރު އަނަންތަރާ ކިހަވަށް މޯލްޑިވްސް އިން 2،907.43 ޑޮލަރު (32،342ރ.) ދޭން ވަނީ ނިންމައިފަ އެވެ.
ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ބެހުމުގައި ބަލާނީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަނެއް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ބަލާ ނަމަ މިދިޔަ މަަހުގެ 20 ވަނަ ދުވަހުގެ ފަހުން ކްރިސްމަސް އާއި އާ އަހަރާ ގުޅިގެން ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މި މަހުގެ ސާވިސް ޗާޖު އިތުރުވެފައި ވަނީ މި ސަބަބާ ހުރެ ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
އެ މީހުން ދެކޭ ގޮތުގައި ބައެއް ރިސޯޓުތަކުގެ ސާވިސް ޗާޖު އިތުރުވީ ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމުގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެން
27 March 2021
ވެލާ ޕްރައިވެޓް އައިލެންޑްގަ މިހާތަނަށް އަދި ރެކޯޑް ސަރވިސް ޗަރޖެއް ދީފަ ވަނީ. ޚަބަރު ލިޔުއްވި ފަރާތަށް އަދި އެނިގިފަ ނުވަނީ ކަމަށް ވެދާނެ
އަބްދޫ
23 January 2021
ރެސްޓޯރަންޓްގަ ކާންދެނީ މުވައްޒަފުން ގެނެސްފަހުންނަ ތަކެތިތަ ؟ އޯނަރު ގަނެގެން ގެނެސްފަ ހުންނަ ތަކެތިތަ؟ވެއިޓަރުކަން ކުރާމީހުނާ ކައްކަމީހުނާ ބަދިގޭ މީހުނަށް މުސާރަދޭތަ ؟ އެއީ މަސައްކަތް ކުރާ މީހުންގެ މަސައްކަތުގެ އަގު ނުވަތަ އުޖޫރަ. އެހިސާބުން މަސައްކަތުގެ އަގުދެވުނީ.. އޯނަރު މިދެނީ ބަޔަކަށް މުސާރަދީގެން ސާވިސް .އެއަށް މިނަގަނީ އަގު. އެއީ އޯނަރުގެ އެއްޗަކަށް ނުވާންވީ ސަބަބެއް ބުނެބަލަ. އެތަނުން ސްޓާފުންނަށް ފައިސާ ބަހަދޭންވާ މިންވަރު އެގޭނީ ؟؟
ގޯތިއާދަނު
24 January 2021
ސާވިސްޗާޖަކީ ހިދުމަތް ހޯދާ ފަތުވެރިޔާ ދޭއެއްޗެއް. އެ ލިބެނީ ގާނޫނާކުން ހިދުމަތުންނަގާ 10 ޕަސެންޓު ހަމަހަމަކޮށް މުވައްޒަފުންގެ މެދުގައި ބަހަން ލާޒިމުކޮށްފައިވާތީވެ. ގާނޫނުން ލިބިދޭ ހައްގެއް . ސުކުރިއްޔާ ރައީސް ނަޝީދު
1828
23 January 2021
މިފަދަ ޚަބަރުތަށް ގެނެސްދޭއިރު އެ މުވައްޒަފުންވި ޤުރުބާނީވެސް ގެނެސްދޭންވާނެ. އެ މުވައްޒަފުން ވީ ޤުރުބާނީއަށް ބަލާއިރު ބައިލައްކަ ރުފިޔާ އެއީއެއްވެސް އެއްޗެއް ނޫން.
އަބްދޫ
23 January 2021
ސާވިސްޗާޖަކި މުވައްޒަފުންނަށް ދޭންޖެހޭ އެއްޗެއްނޫން. ސާވިސް ދިނުމަށްޓަކާ އެމީހުނަށް މުސާރަ ދެވެނީ.ދެންމިނަގަނީ ކާބޯތަކެއްޗާއި ހިދުމަތުގެ އަގު.ސާވިސް ޗާޖަކި އޯނަރުގެ އެއްޗެއް،އެއިން ދޭނެ މިންވަރެއް ކަނޑައޅާނީ އޯނަރު.
1828
23 January 2021
ވަރަށް މޮޅެތި މީހުންވެސް އުޅޭ. މިއީ އޭގެތެރެއިން އެކަކު. ޤާނޫނުގައި ބުނަނީ ތިހެންނެއް ނޫން.
ކަދުުރު ކަމަނަ
23 January 2021
ރިޒޫޓުގަ މަދު ސްޓާފުން ލައިގެން ހިންގުމުން އެންމެ ގިނަ ފައިސާ ލިބޭމަހު ބޮލަކަށް ޖެހޭވަރު ގިނަވީ. އާންމު ހާލަތުގެ މަހެއް ނަމަ 25 އިންސަތަ ބޮލަކަށް ޖެހޭވަރު މަދުވާނެ. މަޖުލީހުން ނިންމި ކަމަކުން ވެގެން އުޅޭ ކަމެއްނޫން. ކުރިންވެސް ސާވިސް ޗާޖު ފިކްސް ނުކުރާ ތަންތަނުން ސާވިސްޗާޖު ބެހީރަގަޅަށް. މަދު ބަޔަކު މަކަރު ހަދަމުން ދިޔައީ އަމިއްލަ މުވަޒަފުންނަށް. ސުވާލަކީ ކީވެހޭ ފޯސީޒަން އަދި ހިލްޓަން ފަދަ ތަންތަނުން ދިވެހިން އެކްސްކޮމް ގަ ނެތީ!!!!
ޖަންބު ހަސަންއަފީފުބެ
23 January 2021
ކޮންމެ ދިވެހިައްޔިތަކުވެސް ބަލާންވީ އިތާފުއްޓަށް މަސައްކަތުދެވޭތޯ.
އަލީީލީ
23 January 2021
ތިބައިލައްކަލިބުނުގިނަޒުވާނުން އެންމެ ފުރަތަމަ ލިބޭ ފުރުސަތެއްގަވެސް ކުރާނެކަމަކީ ރާއްޖޭންބޭރު ޗުއްޓީދަތުރެއް އަޅާލުން ފަހައް އެންމެލާރިއެއްވެސް ރައްކާކުރެވިފަ ނޯންނާނެ. ވިސްނާލާއިރު ތިވަރައް ފައިސާލިބޭއިރު މަދުދުވަސްކޮޅަކުން ބޭނުންކޮންމެ ތަނަކުން ގެދޮރު ގަނެލެވޭނެ އޭރުން ކުރިމަގު އުޖާލާވީ އެކަމަކު އެކަމައް ކޮންމެވެސްވަރެއްގެ ގުރުބާނީއެއްވާނެޖެހޭ، އެހިއްވަރެއްނުހުރޭ.
ބަނބޫ ކަލޯ
23 January 2021
އެއޮތީ ދިވެހިންގެ ޖީބުތައް ފުރާލައިދީފައި. ދެން ހުރިހާބޭފުޅުން އަތްޖަހާށެވެ.
ރސޯޓު މީހުން
23 January 2021
ތިޔަ ލިބުނު ދި ވެހިން ގެ އަދަދަށް ވުރެ. ބޭރު މީހުންގެ އަދަދު ގިނަ ވާނެކަން ޔަގީން.
ރިޒޯޓް މުވައްޒަފެއް
23 January 2021
ތިޔަ ނޫސްވެރިންނަށް އިނގޭނެތަ އެމުވައްޒަފުން އެބައިލައްކަ ރުފިޔާ ހޯދަންވީ ގުރުބާނީ؟އެއީ ކިތައްގަޑިއިރުގެ މަސައްކަތްތޯ؟ތިޔަލާރި ހޯދަން މަސައްކަތް ކުރިއިރު އަނބިދަރިންނަށް ގުޅައިގެން ވާހަކަ ދައްކާލާނެ ފުރުސަތުވެސް ލިބުނީ ކިތައް މުވައްޒަފުންނަށްތޯ؟އެއަނބިދަރިން ލޮލަށް ނުފެއްނަތާ ކިތައް ދުވަސް ވެއްޖެތޯ. އެ މުވައްޒަފުންގެ އިންޓަވިއުއެއް ވެސް ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް