ކުޅިވަރު / ބީޗް ވޮލީ

ޕާކްވޮލީ މުބާރާތުގެ ޗެމްޕިއަންކަން ބަގީޗާ އާއި ޕޮލިހަށް

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ކ) ޗެމްޕިއަންކަން ހޯދި ޕޮލިސް ޓީމުގެ ކެޕްޓަން ހައްވަ (މ)އާ ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

25 ޖެނުއަރީ 2021 - 12:24

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ބޭއްވި ޕާކް ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބަގީޗާ ހޯދިއިރު، އަންހެން ބައިގެ ތަށި ޕޮލިސް ކްލަބުން ހޯދައިފި އެވެ.

ރޭ ހުޅުމާލޭ ޔޫތު ޕާކުގެ ބީޗްވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުގައި ބަގީޗާ އިން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރިހޯދީ ދެ ސެޓު އެއް ސެޓުންނެވެ. ދިވެހި ސިފައިންގެ ކްލަބުން ފުރަތަމަ ސެޓު ގެންދިޔައީ 21-19 އިންނެވެ. ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ މުހައްމަދު ނަދީމް (ނަދީމްބެ) އާއި ފަތުހުﷲ ވަހީދު (ފައްލޯ)، އިބްރާހިމް އާދިލް (ކޮއްކޮ) އަދި އިސްމާއިލް ޝިހާބްގެ އިތުރުން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ހިމެނޭ ބަގީޗާ މޮޅުވީ ދެން ކުޅުނު ދެ ސެޓު 21-11 އަދި 15-11 އިން ގެންގޮސްގެންނެވެ. ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ތަރި އާދަމް ނަސީމް (އެޑަމް) ހިމެނެ އެވެ. ދެން އެ ޓީމުގައި ހިމެނެނީ އަދުނާން އަބްދުލް ހަމީދު، ޖުނައިދު އަބްދުﷲ، ހުސެއިން ޝަރީފް އަދި މުހައްމަދު އަބްދުﷲ ނާސިރު އެވެ.

ބަގީޗާ ޓީމުގެ ކުޑަކާއްޓޭ (ކ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ސިފައިންގެ ކްލަބްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ދެ ސެޓުން ދި ފައިވް ބަލިކޮށް ޕޮލިހުންނެވެ. ތަށި އުފުލާލި ޕޮލިސް ޓީމުގައި ހިމެނެނީ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، ފާތިމަތު ޒީނިޔާ، އައިމިނަތު ޝަހާ ޝާމިން، މަރިޔަމް ހަލީމް އަދި ފާތިމަތު ނުހާ އެވެ. ދި ފައިވް ޓީމުގައި ހިމެނެނީ އައިމިނަތު އަރީޝާ، އައިޝަތު ޝައްފަ، ނުހާ ވަހީދު (ނުއްޕު)، ހަމްނާ ހުސެއިން އަލި ދީދީ އަދި އައިޝަތު އިމްތިނާން އެވެ.

މުބާރާތުގެ ފިރިހެން މޮޅު ކުޅުންތެރިއަކީ ކުޑަކާއްޓެ އެވެ. އަންހެން ބައިގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލިސް ޓީމުގައި ހިމެނޭ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ޒީނިޔާ އެވެ.

މުބާރާތުގައި ފިރިހެން ނުވަ ޓިމާއި އަންހެން 10 ޓީމު ވާދަކުރި އެވެ. ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ވެސް ކުރިއަށްގެންދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ބަގީޗާގެ ކުޅުންތެރިން ތަށި ހިފައިގެން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މުބާރާތް ބޭއްވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެހީތެރިކަމާ އެކު އެވެ. އަދި ޖެންޑަ މިނިސްޓްރީގެ ގެވެށި އަނިޔާއާ ދެކޮޅަށް ހިންގޭ ޕްރޮގްރާމް "ގެވެށި ގުޅުން" ޕްރޮމޯޓްކުރުން ވެސް ކުރިއަށްްގެންދިޔަ މި މުބާރާތުގައި އަަމަލުކުރީ ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ)ގެ ޕާކްވޮލީ ގަވާއިދާ އެއްގޮތަށެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ފިރިހެން ޓީމުތަކުގައި 35 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކާއި 45 އަހަރުން މަތީގެ އެއް ކުޅުންތެރިއަކު ޓީމުގައި ހިމަނަންޖެހެ އެވެ. އަންހެން ޓީމުތަކުގައި ކުޅުންތެރިންގެ ނަން ޖެހުން ވަނީ ވަކި އުމުރުފުރާތަކެއް ޝަރުތުކުރުމެއް ނެތި ހުޅުވާލެވިފަ އެވެ. ފިރިހެން ޓީމުތަކުގައި އެ ގޮތަށް ގަވާއިދުގައި ހިމެނީ އެކި އުމުރުފުރާތަކުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް މުބާރާތް ކުރިއަށްގެންދިއުމުގެ ވިސްނުމުގައި ކަމަށް އެޗްޑީސީން މައުލޫމާތު ދެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454