މިދިޔަ އަހަރު ރާއްޖެ އޮތީ 130 ވަނައިގައި. މިފަހަރު ރާއްޖެއަށް ލިބުނީ 55 ދަރަޖައިގެ ކުރިއެރުމެއް. މިވަރުގެ ބޮޑު ކުރިއެރުމެއް އެހެން އެއްވެސް ގައުމަކަށް ނުލިބޭ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭސީސީގެ މެމްބަރުންނާ ކުރިން ބައްދަލުކުރައްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
28 ޖެނުއަރީ 2021 - 11:57
ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ވަޒަންކުރާ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ. އެ އިންޑެކްސްގައި ރާއްޖެ މި ފަހަރު ވަނީ 55 ދަރަޖަ ކުރިއަށް ޖެހިލައިފަ އެވެ.
ދެހާސް ވިހި ވަނަ އަހަރުގެ ސީއައިޕީ މިއަދު ނެރުނުއިރު، އެ ރިޕޯޓުން ދައްކާ ގޮތުން 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 75 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕޮއިންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ރާއްޖެ އޮތީ 130 ވަނައިގަ އެވެ. އެހެންވެ، ގައުމުތަކުގެ ތަރުތީބުން ބަލާއިރު ރާއްޖެ އަށް ލިބުނީ 55 ދަރަޖައިގެ ކުރިއެރުމެކެވެ. މި ވަރުގެ ބޮޑު ކުރިއެރުމެއް މިފަހަރު އެހެން އެއްވެސް ގައުމަކަށް ލިބިފައެއް ނުވެ އެވެ.
ޓްރާންސްޕޭރަންސީން ބުނީ ސީޕީއައިގައި މި ލިބުނު ކުރިއެރުމަކީ މުހިންމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ރާއްޖެ އަދިވެސް ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓު ލިބުނު ގައުމުތަކުގެ ތެރޭގައިކަން ފާހަގަކޮށް، އެ ޖަމިއްޔާ އިން ބުނީ ގާނޫނީ ނިޒާމު ހަރުދަނާ ކުރުމުގައި ކުރި ހޯދާފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް އެންމެ ފުރިހަމަ އަށް މަސައްކަތް ކުރުމުގައި އަދިވެސް ނުކުޅެދިފައިވާ ކަމަށެވެ.
ސީޕީއައި ހެދުމުގައި ބަލަނީ 180 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިއުކުރާ ދިރާސާތަކަށެވެ.
އެ އިންޑެކްސްގައި ސުމަކުން ފެށިގެން 100 އާ ދެމެދުގައި ޕޮއިންޓު ދޭއިރު ޕޮއިންޓް މަދުވި ވަރަކަށް އެއީ ކޮރަޕްޝަން ބޮޑަށް އޮތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީރާޖާ
28 January 2021
ހެހެހެ. މިއަހަރު މި ބަނާނާ ރިޕަބްލިކް ގައި ކޮރަޕްޝަނާއި ބޭއިންސާފު ވަނީ އިންތިހާ އަށް މެކުހައްޖަހާފަ. ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސް ގެ މުއައަޒިފުންނަށް އޮތީ ވަރަށް ހިތްދަތި ދެރަ ޚަބަރެއް. ސަރުކާރު ގެ ވަޒީފާއިން ގަވާއިދާއި ޚިލާފައް ކަނޑާލާ މީހުންނަށް އެމީހުންނަށް ހައްގުވާ ބަދަލު ނުދޭން ސާރުކާރުން ނިންމައި އެއަށް އަމަލުކުރަން ފަށައިފި. މިހާރު ނިންމީ އެންމެ ހަމަސް ދުވަހުގެ ބެސިކް ސެލެރީ ދޭން. މިއީ ގާނޫނާއި ޚިލާފު ނިންމުމެއް.
ހަރުކަޝި
28 January 2021
ކޮރަޕްޝަން ހިންގި ވަރުން ދައުލަތުގެ ހަޒާނާ ދޮވެލީ 900މިޔަން ޑޮލަރު ގެއްލުނީ.
ހިސާބު އިލްމުވެރިޔާ
28 January 2021
އަދުރޭމެން ޖަމީލުމެން ދެން މިކިޔަނީ ކީކޭތަ
އަލީރާޖާ
28 January 2021
ވަރަށް އުވާވެރި ޚަބަރެއް. ޝުކުރިއްޔާ ރައީސް އިބޫ!
ޓްރާންސްޕޭރެންސީ މެކުހަށް
28 January 2021
"އެ ޖަމިއްޔާ އިން ބުނީ ގާނޫނީ ނިޒާމު ހަރުދަނާ ކުރުމުގައި ކުރި ހޯދާފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް އެންމެ ފުރިހަމަ އަށް މަސައްކަތް ކުރުމުގައި އަދިވެސް ނުކުޅެދިފައިވާ ކަމަށެވެ." ގާނޫނީ ނިޒާމު މިހާރު ވަކިން ފުރިހަމަ، ނިޒާމުގެ ތެރެއިން ވައްކަން މެކުހަށް ޖެހޭކަހަލަ ގަވާއިދުތަކާ ޕޮލިސީތައް ފާސްކޮށް އެކަންކަން ކުރަމުން ގެންދާތީ!
ވެންޓިލޭޓަރ
28 January 2021
ތެންކިޔޫ
ގައްބަރު ބާގިރު ސިންގް
28 January 2021
މީ ސީދާ ކޮރަޕްޝަން އާއުސްމިންތަކަކަށް ގެންދާންދިން ހިތްވަރެއް.
ތުއްތޮންބެ
28 January 2021
އެހެންތަ ހީވެސްނުވޭ.
ކޮރަލް
28 January 2021
ކޮރަޕްޝަން މިހާރު އޮތީ ފޮރުވިފަ އެވެ. އެކަން ބަރާބަރަށް އެބަ ހިނގަ އެވެ.
ނަޝީދު.
28 January 2021
އެއީ 0 ޓޮލަރަންސް ވީމަ ވާގޮތް.