ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ނަރުހަކު ވެކްސިން ދިނުމަށް ތައްޔާރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
02 ފެބުރުއަރީ 2021 - 12:02
ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި މާދަމާ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެ އެވެ.
ނަޒްލާ "މިހާރު"އަށް ވިދާޅުވީ ކޮވިޑުން ދިފާއުވާން އިއްޔެ ފެށި ވެކްސިން ޕްރޮގްރާމްގައި އަމާޒަކީ ރާއްޖޭގައި ތިބި ހުރިހާ ހެލްތު އަދި އަދި ސޯޝަލް ވޯކަރުންނަށް 10 ދުވަސް ތެރޭގައި ވެކްސިން ޖެހުން ކަމަށެވެ. ވެކްސިން މިހާރު ޖަހަނީ މާލެ އާއި ހދ. ކުޅުދުއްފުއްޓާއި އައްޑޫގަ އެވެ.
"ހުރިހާ ހޮސްޕިޓަލްތަކެއްގައި މާދަމާ ވެކްސިން ފަށާނެ، އަނެއް ދުވަހު ހުރިހާ ހެލްތު ސެންޓަރެއްގައި ކުރިއަށް ގެންދާނެ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާގެ ކަންބޮޑުވުމަކީ ކޮވިޑުގެ ކޭސްތައް ކޮންމެ ދުވަހަކު މައްޗަށްދާތީ، ވެކްސިނަށް ބުރޫއެރުމެވެ. މި އަދަދުތަކާ އެކު ހުޅުމާލެ ފެސިލިޓީ ފުރި، ކޮވިޑުގެ ފަރުވާގައި ސިއްހީ ޚިދުމަތްތެރިން ބުރަކޮށް އުޅެން ޖެހޭއިރު ވެކްސިން ދީ ނިންމަން ލަސްވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
ސިއްހީ ޚިދުމަތްތެރިން ނިމުމުން ދެން އެންމެ އިސްކަންދޭން ޖެހޭ ގްރޫޕްތަކަށް މިހާރު ހުރި ވެކްސިން ޖަހާނެ އެވެ. މުޅި ރާއްޖޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ދީ ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ.
އޮކްސްފޯޑުގެ ވެކްސިން، ކޮވިޝީލްޑްގެ ފުޅިއަކުން 10 ޑޯޒް ދެވޭއިރު ރާއްޖޭގައި ވެސް ވެކްސިން ޖަހަނީ އެގޮތަށް ކަން ނަޒްލާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ލިބިފައި މިހާރު ހުރި ވެކްސިން [ކަނޑައަޅާފައިވާ ތަރުތީބުން] ދީ ނިންމުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ބޭނުންވާ ވެކްސިން ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ދޭ ވެކްސިން ފެބުރުއަރީ މަހުގެ ތެރޭގައި ލިބޭއިރު، ރާއްޖެ އިން ގަންނަ 70،000 ޑޯޒު އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ އާބާދީ 500،000 އަށް އަރާފައިވާ އިރު ސަރުކާރުގެ ވިސްނުމަކީ މި ގައުމުގައި ތިބި ބިދޭސީން ހިމެނޭ ގޮތުން އެންމެންނަށް ހިލޭ ވެކްސިން ދިނުމެވެ. މީގެތެރެއިން އަދި އިސްތިސްނާ ވަނީ މާބަނޑު މީހުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޛހިގުވޖގުގ
02 February 2021
700000 ޑޯޒު*
ހަސަނު
02 February 2021
ވެކްސިން ޖަހަން ސިފައިން ނެރޭ...
ނައު6
02 February 2021
ތާއީދު!
ޖަނާބު
02 February 2021
ހަބޭސް.
ފައު66
02 February 2021
10 ދުވަސް ހަމައެކަނި ހެލްތް މީހުންނަށޭ؟ 5 ދުވެސް ވެސް މާގިނަ. ބޭކާރު ވާހަކަ ލނުދައްކާ ލިބިފަ ހުރި ވެކްސިން ޖަހަންފަށާ. ނަސީމު ބުނީ ޓާރގެޓަކީ ދުވާލަކު 10000 ޖަހާނަމޭ. މިބޭފުޅުން މި އުޅެނީ ދުވާލަކު 20 މީހުންނައް ދީފަ ނިންމާލަން. އަދިވެސް އެއްވެސް ކަހަލަ ސެންސް އޮފް އާރޖެންސީއެއް ނެތް. ތިވަރުން ބައިގަރުނު ނަގާނެ ކޮވިޑް ވެކްސިން ޖަހާ ނިންމަން. މީހަކު މޮޔަވެދާނެ.