މުނިފޫހިފިލުވުން / ގޯލްޑެން ގްލޯބް އެވޯޑްސް

ގޯލްޑެން ގްލޯބް 2021: ނޮމިނޭޝަންގެ ކުރި "މޭންކް" އަށް

"މޭންކް" ގެ ޕޯސްޓަރެއް.

05 ފެބުރުއަރީ 2021 - 08:41

މި މަހު ބާއްވާ 78 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ ނޮމިނޭޝަންގެ ކުރި ޑޭވިޑް ފިންޗާ ޑައިރެކްޓްކުރި ފިލްމު "މޭންކް" އަށް ހަ ނޮމިނޭޝަނާ އެކު ލިބިއްޖެ އެވެ.

ބުދަ ދުވަހު ވާޗުއަލްކޮށް އިއުލާންކުރި ނޮމިނޭޝަނަށް ބަލާ އިރު އެ ފިލްމު ނޮމިނޭޓްވި ކެޓަގަރީތަކަކީ މޯޝަން ޕިކްޗާ އެންމެ މޮޅު މޯޝަން ޕިކްޗާ ޑްރާމާ އާއި އެންމެ މޮޅު ސްކްރީން ޕްލޭ އާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އޮރިޖިނަލް ސްކޯ އާއި އެންމެ މޮޅު އެކްޓަރު މޯޝަން ޕިކްޗާ-ޑްރާމާ (ގެރީ އޯލްޑްމަން) އާއި މޯޝަން ޕިކްޗާ އަދި އެންމެ މޮޅު ސަޕޯޓިން ބަތަލާ (އަމަންޑޭ ސީފްރައިޑް) ހިމެނެ އެވެ.

މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގައި ވާދަކުރާ ފިލްމުތަކަށް ބަލާ އިރު މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ސިނަމާތައް ބަންދުކުރަން ޖެހުމުން ޑިޖިޓަލްކޮށް ޕްރިމިއާކުރި ފިލްމުތައް ވެސް އެވޯޑަށް ވާދަކުރެ އެވެ. ކުރިއަށް އޮތް އޮސްކާ ވެސް ބާއްވާނީ ހަމަ މިގޮތަށެވެ.

މި އަހަރުގެ ގޯލްޑެން ގްލޯބްސްގެ މުހިއްމު ކެޓަގަރީތަކުން ނޮމިނޭޓްވި އުފެއްދުންތައް ތިރީގައި އެވަނީ އެވެ.

* ބެސްޓް މޯޝަން ޕިކްޗާ ޑްރާމާ

މޭންކް، ދަ ފާދާ، ނޯމެޑްލޭންޑް، ޕްރޮމިސިން ޔަންގް ވުމަން، ދަ ޓްރައިލް އޮފް ޝިކާގޯ 7

* ބެސްޓް މޯޝަން ޕިކްޗާ މިއުޒިކަލް/ކޮމެޑީ

ބޯރޭ ސަބްސިކްއެންޓް މޫވީފިލްމު، ހެމިލްޓަން، މިއުޒިކް، ޕާމް ސްޕްރިންފްސް، ދަ ޕްރޮމް

* ބެސްޓް ސްކްރީންޕްލޭ މޯޝަން ޕިކްޗާ

މޭންކް، ދަ ފާދާ، ނޯމެޑްލޭންޑް، ޕްރޮމިސިން ޔަންގް ވުމަން، ދަ ޓްރައިލް އޮފް ޝިކާގޯ 7

* ބެސްޓް ސަޕޯޓިން އެކްޓަރު މޯޝަން ޕިކްޗާ

ސާޗާ ބެރޮން ކޮއެން (ދަ ޓްރައިލް އޮފް ޝިކާގޯ 7)، ޑެނިއަލް ކަލޫޔާ (ޖުޑާސް އެންޑް ދަ ބްލެކް މަސިއާ)، ޖެރަޑް ލެޓޯ (ދަ ލިޓްލް ތިންގްސް)، ބިލް މުރޭ (އޮން ދަ ރޮކްސް)، ލެޒްލީ އޮޑޯމް ޖޫނިއާ (ވަން ނައިޓް އިން މަޔާމީ)

* ބެސްޓް ސަޕޯޓިން އެކްޓްރެސް މޯޝަން ޕިކްޗާ

ގްލެން ކްލޯޒް (ހިލްބިލީ އެލެޖީ)، އޮލިވިއާ ކޮލްމަން (ދަ ފާދާ)، ޖޮޑީ ފޮސްޓާ (ދަ މޯރިޓޭނިއަން)، އަމަންޑޭ ސީފްރީޑް (މޭންކް)، ހެލެނާ ޒެންގެލް (ނިއުސް އޮފް ދަ ވޯލްޑް)

* ބެސްޓް އެކްޓަރު ކޮމެޑީ/މިއުޒިކަލް

ސާޗާ ބެރޮން ކޮއެން (ސަބްސިކްއެންޓް މޫވީފިލްމު)، ޖޭމްސް ކޯޑެން (ދަ ޕްރޮމް)، ލިން-މެނުއަލް މިރަންޑާ (ހެމިލްޓަން)، ދޭވް ޕަޓޭލް (ދަ ޕާސަނަލް ހިސްޓްރީ އޮފް ޑޭވިޑް ކޮޕަފީލްޑް)، އޭންޑީ ސޭމްބާގް (ޕާމް ސްޕްރިންގްސް)

* ބެސްޓް އެކްޓަރު ޑްރާމާ

ޗާޑްވިކް ބޯޒްމަން (މަ ރެއިނީޒް ބްލެކް ބޮޓަމް)، ރިޒް އަހުމަދު (ދަ ސައުންޑް އޮފް މެޓަލް)، އެންތަނީ ހޮޕްކިންސް (ދަ ފާދާ)، ގެރީ އޮލްޑްމަން (މޭންކް)، ތަރަހް ރަހީމް (ދަ މައުރަޓޭނިއަން)

* ބެސްޓް އެކްސްޓްރެސް ޑްރާމާ

ވަޔޯލާ ޑޭވިސް (މަ ރެއިނީޒް ބްލެކް ބޮޓަމް)، އަންޑްރާ ޑޭ (ދި ޔުނައިޓެޑް ވާސަސް ބިލީ ހޮލިޑޭ)، ވަނެސާ ކާބީ (ދަ ޕީސެސް އޮފް އަ ވުމަން)، ފްރާންސެސް މެކްޑޯމަންޑް (ނޯމެޑްލޭންޑް)، ކެރީ މުލިގަން (ޕްރޮމިސިން ޔަންގް ވުމަން)

* ބެސްޓް އެކްޓްރެސް ކޮމެޑީ

މަރާޔާ ބަކަލޯވާ (ސަބްސިކްއެންޓް މޫވީފިލްމު)، ކޭޓް ހަޑްސަން (މިއުޒިކް)، މިޝެލް ފެއިފާ (ފްރެންޗް އެކްޒިޓް)، ރޯޒަމަންޑް ޕައިކް (އައި ކެއާ އަ ލޮޓް)، އަނޭޔާ ޓޭލާ-ޖޯއި (އެމާ)

* ބެސްޓް ޑިރެކްޓަރު މޯޝަން ޕިކްޗާ

ޑޭވިޑް ފިންޗާ (މޭންކް)، ރެޖީނާ ކިންގް (ވަން ނައިޓް އިން މަޔާމީ)، އާރޮން ސޯކިން (ދަ ޓްރައިލް އޮފް ދަ ޝިކާގޯ 7)، ކްލޯއީ ޒާއޯ (ނޯމެޑްލޭންޑް)، އެމަރެލްޑް ފެނެލް (ޕްރޮމިސިން ޔަންގް ވުމަން)

* ބެސްޓް އޮރިޖިނަލް ސްކޯ

މޭންކް، ޓެނެޓް، މިޑްނައިޓް ސްކައި، ނިއުސް އޮފް ދަ ވޯލްޑް

* ބެސްޓް ފޮރިން ލެންގްއޭޖް މޯޝަން ޕިކްޗާ

އެނަދަ ރައުންޑް (ޑެންމާކް)، ލަ ލޮރޯނާ (ފްރާންސް/ގޯޓަމާލާ)، ދަ ލައިފް އަ ހެޑް (އިޓަލީ)، މިނާރީ (އެމެރިކާ)، ޓޫ އޮފް އަޒް (ފްރާންސް/އެމެރިކާ)

* ބެސްޓް އެނިމޭޓެޑް ފިލްމު

ސޯލް، ވުލްފްވޯކާޒް، އޯވަ ދަ މޫން، އޮންވާޑް، ދަ ކްރޫޑްސް: އަ ނިއު އޭޖް

* ބެސްޓް ޓީވީ ސީރީޒް މިއުޒިކަލް/ކޮމެޑީ

އެމިލީ އިން ޕެރިސް، ދަ ފްލައިޓް އެޓެންޑެންޓް، ޝިޓްސް ކްރީކް، ދަ ގްރޭޓް، ޓެޑް ލަޒޯ

* ބެސްޓް ޓީވީ ސީރީޒް ޑްރާމާ

ދަ ކްރައުން، ލަވްކްރާފްޓް ކަންޓްރީ، ދަ މެންޑަލޯރިއަން، އޮޒާކް، ރެޗެޑް

މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 28 ގަ އެވެ. ހަފުލާ ބާއްވާނީ "މުޅިން" ވާޗުއަލްކޮށް ކަމަށްވުމުގެ ފުރުސަތު ބޮޑެވެ. ހޯސްޓުންނަކީ ހަތަރު ވަނަ ފަރަށް ހަފުލާ ހޯސްޓްކުރާ ޓީނާ ފޭ އާއި އެމީ ޕޮއެލާ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454