ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން ދެއްވަނީ. - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
04 ފެބުރުއަރީ 2021 - 12:12
ރާއްޖޭން މި އަހަރު ފުރަތަމަ ފަހަރަށް ނަން-ރެސިޑެންޓް ސަފީރެއް ފަލަސްތީނަށް ކަނޑައަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ދެއްވި ރިއާސީ ބަޔާނުގައި ރައީސް ވިދާޅުވީ ހީނަރުވެފައިވާ ހާރިޖީ ގުޅުންތައް އަލުން ބަދަހިކުރަން މިއަހަރު އިސްކަންދެއްވާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން މި އަހަރު ފަލަސްތީނަށް ނޮން-ރެސިޑެންޓް ސަފީރެއް އައްޔަނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ބޭރު ގައުމުތަކާ އެކު ހާރިޖީ ގުޅުން ދަމަހައްޓާ އިރު، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުުރަން އަބަދުވެސް ދިވެހި ދައުލަތުން އިސްކަންދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އިންސާނީ ހައްގުތަށް ހިމާޔަތްކޮށް، ޑިކޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީ ވެސް ރާއްޖޭގެ ހާރިޖީ ގުޅުންތައް އެ މައްޗަށް ބިނާވެފައިވާ ވަރަށް މުހިއްމު އަސާސެއް،" ރައީސް ވިދާޅުވި އެވެ.
ހާރިޖީ ގުޅުން ދަމަހައްޓަން ފޮޮރިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ދިމާވި ދަތި ހާލަތުގައި އެކި ގައުމުތަކުން ރާއްޖެއަށް އެހީތެރިވީ އެ ގުޅުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮވިޑް-19 ގެ ދަތިކަމުގައި ވެސް ރަހުމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ހާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް،" ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުގެ އަމަލުތައް ރާއްޖޭން އަބަދުވެސް ކުށްވެރިކުރެ އެވެ. ފަލަސްތީނުގެ ރެފިއުޖީންނަށް ބައިނަލްއަގްވާމީ މުޖްތަމައުން، މިހާރު ދެމުން އަންނަ އެހީތެރިކަން އިތުރުކުރަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރު ވަނީ ގޮވާލައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުތާބެއްޔާ
04 February 2021
މަށަށް ފެންނަނީ މާސްއަށްވެސް ނޮން ރެސިޑެންސް ސަފީރެއް ކަނޑައަޅަން.
ޢަލީ
04 February 2021
ކޮންމެ ކަމެއްގައިވެސް މަޤްޞަދެއް އޮންނަންޖެހޭނެ. ތިޔަކަމުން ހާޞިލް ކުރަން ބޭނުންވާ ލަޑުދަނޑިއަކީ ކޮބާތޯ? ފަލަސްތީނަކީ ދިވެހިން ދިރިއުޅޭ ތަނެއްނޫން. ބޭސްފަރުވާއަށް ދިވެހިން ދާ ތަނެއްވެސް ނޫން. ވިޔަފާރިކުރަން ދިވެހިންދާ ޤައުމެއްނޫން. މަސްޖިދުލް އަޤްޞާ އަށް ޒިޔާރަތްކުރާ ދިވެހިންގެ ޢަދަދު މާ މައްޗެއްވެސް ނޫން. ވީއިރު ފަލަސްތީނަށް ސަފީރުންނާ އެމްބަސެޑަރުން ލުމުގެ ބޭނުމަކީ ކޯލިސަންގައި ހިމެނޭ ޕާރޓީތަކުގެ މީހުންނަށް ވަޒީފާތައް ދީގެން ރައްޔިތުން އަތުން އަތުން ނަގާ ޓެކްސް ފައިސާ އިސްރާފުކުރުން ކަމަށް ޤަބޫލުކުރެވޭ. ތިޔައީ ޚިޔާނާތުގެ ޢަމަލެއް. ޤިޔާމްތް ދުވަހު ތިޔަކަމަށްވެސް އިބޫ ޞާލިހް ޖަވާބުދާރީވާންޖެހޭނެ.
އދލ
04 February 2021
ހުސްކުރޭ ހުސްކުރޭ ސާބަސް ބާރަށްކުރިއަށް.
ލޯލް
04 February 2021
އަދިވެސް ބޯކިބާ ފަޅާ ހުސްނުވަނީތަ؟ ގައިމު ތިގޮތަށް މީހުންބަހައްޓާ މުސާރަ ދިނުމަށްވުރެ ރަނގަޅުވާނެ އެލާރީން ރައްޔިތުންނަށް ކޮންމެވެސް ފައިދާއެއް ކޮށްދިނިއްޔާ
އަފްޣާނިސްތާނުގެ ހާމިދު ކަރުޒާއީ
04 February 2021
ސާބަހޭ އިބޫ. ސާބަހޭ ޝާޑޫ. މީ މައުމޫނުގެ ރަން 30ގައި ނުވިކަމެއް.