ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް---ފޮޓޯ:މިހާރު
04 ފެބުރުއަރީ 2021 - 12:35
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 7،000 ފްލެޓުގައި ސްޓެލްކޯ އިން އިންސްޓޯލްކުރާނީ ސްމާޓް މީޓަރު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެ އެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހިޔާ ފްލެޓްތަކުގައި ސްމާޓު މީޓަރު ބަހައްޓާ އިރު އެ ފްލެޓްތަކަށް ކަރަންޓު ލުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏަކަށެވެ. ކަރަންޓު ލުމުގެ މަަސައްކަތް އެ ކުންފުނިން ކުރި ނަމަވެސް ކަރަންޓު މީޓަރު ބަހައްޓާ ހިސާބަށް މަސައްކަތް ދިއުމުން ސްޓެލްކޯ އިން ގޮސް މީޓަރުތައް އިންސްޓޯލްކުރާނެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 އިމާރާތް ހަދާފައިވެ އެވެ. މި އިމާރާތްތަކަށް މިހާރު ވަނީ ފެން ގުޅައިފަ އެވެ.
"ސްމާޓު މީޓަރުން ރިއަލް ޓައިމްގައި ކޮންމެ ކަސްޓަމަރަކަށް ވެސް މައުލޫމާތު ބަލައިލެވޭނެ. ކަރަންޓު ބޭނުންކުރާ މިންވަރާއި އަމިއްލައަށް ކަނޑައަޅާ ލިމިޓަށް ވުރެ އިތުރުވަންޏާ ވެސް އެނގޭނެ،" މުގުނީ ވިދާޅުވި އެވެ.
ސްޓެލްކޯއިން މިހާރު ކުރިއަށް ކުރަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ކަރަންޓް ގުޅައިލުމުގެ މަސައްކަތެވެ. އެ މަސައްކަތް މާޗް މަހަށް ނިންމާލެވޭނެ ކަމަށް މުގުނީ ވިދާޅުވި އެވެ.
ވަކި ވަރަކަށް ކަރަންޓް ބޭނުން ކުރުމުން ކަސްޓަމަރަށް އެނގޭނެ ގޮތް ހެދުމުގެ އިތުރުން ކަރަންޓު ހޭދަވާ ވަރު ކޮންމެ ވަގުތެއްގައި ވެސް އެޕްލިކޭޝަނެއް މެދުވެރިކޮށް ބަލައިލުމަކީ ސްމާޓް މީޓަރުން ކުރެވޭނެ ކަންކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
05 February 2021
ހުރިހާ ތަކެއްޗެއް ސްމާޓް ވަމުން މިދަނީ، އެއާއި އެކު އިންސާނުންގެ ބޭނުން ކުޑަވަމުން މިދަނީ.
އެލަރޓް
04 February 2021
ސަރުކާރު (އަހަރެމެންގެ) ލާރިން ވައްކަމެއް ހިންގާލަނީ !!!
ކ̼̭ޮ̟͍̓ͤͫ̔މ͑ͧͣ҉̮̪͓̱̞͙ެ̝ͤͅނ̴ͥ̅̔̄̆ް̸͚̭͔͖̝̝͊̆̈ͭ̓ޓ̘̪̫̰̬̭͂́͗ޭ͔͚͎̯͔͆̽
04 February 2021
ތިޔަ ހަރުކޮށްގެން ކަރަންޓު ބިލި ކިހާވަރކުންދާނެބާ
އޯނޯ
04 February 2021
ބިލު ކުޑަވާހާ ސްމާޓުތަ؟
ފޮނިޓައްޕު ހަސަނު
04 February 2021
ކޮންމެ މީޓަރެއް ހަރުކުރިއަސް ވަރިހަމަ ބިލު ބޮޑުވެގެން ނުވާނެ. ސަރުކާރުން އެއްމަހު ސަބްޑީޒް ދީގެން ބިލު ކުޑަކޮށްފި ނަމަ ދެން ޖެހިގެން އަންނަ މަހު މިއަންނަނީ ކުރީ މަހު ބިލަށް ވުރެން 3 ގުނަ ބޮޑު ބިލެއް.
ަަާާޞޝ
04 February 2021
މިހާރު ވެސް ތިޔަތަނުން ހަރުކުރަނީ ސުމާޓް މީޓަރު. މުގުނީ އަށް ސްޓެލްކޯ ގެ އެއްވެސް ކަމެއް ނޭގޭ. މޮޅުވާހަކަ ދައްކަން ނޫޅޭ.
ައަހާ
04 February 2021
ސްމާރޓް މީޓަރު ހަރުކުރާނެކަމެއްނެތް. ދުވާލު ދެދަޅައަށް ވާރޭވެހުނަސް ހޫނުމޫސުމް ނޫން މޫސުމެއްނާދޭ. އެހެންކަމުން ހަރުކުރަންވީ ސޯލާމީޓަރު. މިކަލޭގެ އެރިފަހުން ބިލްތައް %50 ޕަސެންޓް ބޮޑުވެއްޖެ
ޓެކުއަހަންމާ
04 February 2021
ސުމާރޓު މީޓަރު ހަރުކުރިއަސް އަދި ސުމާޓެއް ނުވާނެ. އެއާއި ގުޅޭނޭ ކޮމިޔނިކޭޝަނާއި ގުޅުންހުރި ކަންކަން ކޮބާ؟