ޚަބަރު / އަހުމަދު ރިލުވާން

ހެކީގެ ގޮތުގައި ވަޅި ހުށަނޭޅި މީހުންނާ މެދު ފިޔަވަޅު ނާޅާތީ ކަންބޮޑުވެއްޖެ

ރިލްވާންގެ ހަނދާނުގައި ބޭއްވި ހިނގާލުމެއް ފުލުހުން ހުއްޓުވަނީ. --އަވަސް ފޮޓޯ: އަހުމަދު ޝުރާއު

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލައިގެ މުހިއްމު ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ވަޅި ޝަރީއަތަށް ހުށަނާޅައި އިހުމާލުވި މީހުންނާ މެދު މިހާތަނަށް ފިޔަވަޅު އަޅާފައިވާ ކަން އެނގެން ނެތް ކަމަށް ބުނެ އާއިލާ އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

މީގެ ހަތް އަހަރު ކުރިން ރިލްވާން ވަގަށް ނެގި ރޭ، އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ފެނުނު ވަޅިއަކީ ތަހުގީގުގައި މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށް މަރު ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ވަޅި ބޭރަށް ފޮނުވައިގެން ވަނީ ފޮރެންސިކް ތަހުލީލްތަކެއް ހަދައިފަ އެވެ.

ރިލްވާންގެ އާއިލާގެ ފަރާތުން، ޑިމޮކްރަސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނީ ރިލްވާންގެ އެޕާޓްމެންޓް ކައިރިން ފެނުނު ވަޅި ބޭރަށް ފޮނުވައިގެން ހެދި ފޮރެންސިކް ތަހުލީލުތަކުން އިތުރު ހެކި ލިބިފައިވުމަކީ އުއްމީދެއް ކަމަށެވެ.

"އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި ގެއްލުވާލާފައިވާ މައްސަލައާ ގުޅޭ ގޮތުން އިތުރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނުމަކީ އާއިލާއަށް އިތުރު އުއްމީދެއް ލިބޭ ކަމެކެވެ. އަދި ކޮމިޝަނުގެ ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތު ހުރިހާ ފަރާތްތަކަކުން ވެސް ލަސްނުކުރައްވާ މައުލޫމާތު ހިއްސާކުރަން އާއިލާ އިން އެދެ އެވެ،" އާއިލާގެ ބަޔާނުގައިވެ އެވެ.

ރިލްވާނަށް ބިރުދައްކައި ގަދަކަމުން ކާރަށް އެރުވުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ތަހުލީލަށް ބޭރަށް ފޮނުވުމާ ހަމައަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ ވަޅި ބޭރަށް ގެންދިޔައީ ބޭރުގެ މާހިރަކު ރާއްޖެ އައިސް ރިލްވާންގެ މައްސަލައިގެ ތަހުގީގުގައި ކޮމިޝަނާ އެކު މަސައްކަތްތަކެއް ކުރި ފަހުންނެވެ.

މަރު ކޮމިޝަންގެ ތަހުގީގުގައި ވަޅިން އާ ހެކި ހޯދިއިރު ފުލުހުންގެ އަތުގައި އެ ވަޅި އޮވެ ޝަރީއަތަށް ހުށަނޭޅުން އާއިލާ އިން ކުށްވެރިކުރެ އެވެ. އެ ވަޅި ހެއްކެއްގެ ގޮތުގައި ހުށަނާޅާ ކަން ޝަރީއަތުން ވެސް ފާހަގަކުރި ކަމަށް ބަޔާނުގައިވެ އެވެ. އާއިލާގެ ކަންބޮޑުވުމަކީ ހެއްކެއްގެ ގޮތުގައި އެ ވަޅި ޝަރީއަތަށް ހުށަހަޅަން އިހުމާލުވި ފުލުހުންނާއި ދައުލަތުގެ ވަކީލުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމެވެ.

އާއިލާ އިން ބުނިގޮތުގައި ވަޅި ޝަރީއަތަށް ހުށަނޭޅި މީހުންނާ މެދު ފިޔަވަޅު އެޅިކަން އެނގެން ނެތުމަކީ މި މިފަދަ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތާ މެދު އާއިލާއަށް ސުވާލު އުފެދޭ ކަމެކެވެ.

ބަޔާނުގައި ބުނީ ކޮމިޝަން އުފެދުނު ފަހުން ތިން އަހަރު ވި އިރު، އެ ކޮމިޝަނުން ތަހުގީގުކުރާ 27 މައްސަލައިގައި އެއްވެސް ބައެއްގެ މައްޗަށް ޖިނާއީ ދައުވާކުރެވޭ ހިސާބަށް ގޮސްފައި ނެތުމުން ކަންބޮޑުވާ ކަމަށެވެ. ދެ އަހަރު ތެރޭގައި ނިންމަން ކޮމިޝަނުން ބުނެފައިވާ މައްސަލަތަކުގެ ތަހުގީގު ވެސް ދިގުލައިގެން ގޮސްފައިވާ ކަން އާއިލާ އިން ފާހަގަކޮށްފައިވެ އެވެ.

ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އެއްކޮށްފައިވާ މައުލޫމާތާއި ޝާއިއުކޮށްފައިވާ ލިއުންތައް ދިރާސާކޮށް ތަހުގީގުގައި ބޭނުންކުރަން އާއިލާ އިން ގޮވާލި އެވެ.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 33%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕީޕީއެމް އަދި އެމްޑީޕީ ސަޕޯޓަސް

10 February 2021

މިގައުމުގަ ޒިންމާނަގަންޖެހުނީ މުޙައްމަދު ނަޝީދު އޭނާ ވެލާނާގެއިން ނެގި ގަނޑުތަކަކަށް، އަދި ރ.ޔާމީނު މާލިއްޔާ ދަވާލީމަ.. މިނޫނީ މީހަކު މިތާކު ކުށެއް ނުކުރެޔޯ...

The name is already taken The name is available. Register?

ޜިލޭ

10 February 2021

ތީ މިހާ ރު ސިޔާސީ ވެގެން އުޅޭ އާއިލާއެއް. ކޮންމެހެން ރިލްވާނަށް އިންސާފު ހޯދަން އުޅޭ ބަޔެއް ނޫން. އެއްޗެއް ބުނަންކެ ރެނީވެސް ސިޔާސީ ހަލަބޮލި ދުވަސްވަ ރު ނޫނީ ގެއްލުނު ދުވަހާ ދިމާކޮށް ޑިމޮކު ރަސީއޭ ކިޔައިގެން ބާއްވާ ކޮންމެސް އިވެންޓެއްގެ ތެ ރެއިން އެކަނި.

The name is already taken The name is available. Register?

އަލީ

10 February 2021

ތިކަންވެސް ދާނީ ފުލުން. އުއްމީދެއް ނެތް ތަނެއްމީ.

The name is already taken The name is available. Register?

ސުއައިދު

10 February 2021

ސުއައިދު ސީރިއާގައި މަރުވީތަ ނޫނި ރޭވުމެއްގެ ދަށުން ރާއްޖޭން ބޭރުގައި ފޮރުވާލީތަ. ރިވާން، އަފްރާޝީމް އަދި ޔާމީންގެ މަރު ބޭނުންކުރަމުްނދަނީ ސިޔާސީ ބޭނުމަށް. ވަކި ބައެއްގެ ބޮލުގައި އިލްޒާމްތަކެއް އެޅުވުމަށް.

The name is already taken The name is available. Register?

ހަވަރު

10 February 2021

އެމްޑީޕީ އަށް ވޯޓެއް އަންނަހެން ހީ ވެއްޖެ

The name is already taken The name is available. Register?

1828

10 February 2021

ތިއީ ކުށްހީއެއް. އެމްޑީޕީއަކަށްދެން ދޭނެ ވޯޓެއް ނެތް.

The name is already taken The name is available. Register?

ބޮކިފުރާޅު އައްޔަ

10 February 2021

އާއިލާއަށް ރޭކާނިލިޔަސް މިހާރު ބަޔަކު މިމަރު ބޭނުންކުރަނީ އެމީހުންގެ ސިޔާސީ މެޑަލްބަރި އިތުރުކޮށްލުމަށް. އާއިލާ މިމީހުންނާ ވަކިވެ އުމަރާގުޅުން ރަނގަޅުވާނެހެން ހީވަނީ. ހަގީގަތަކީ މިމީހުން ވަނީ މުޅިދިވެހިރައްޔިތުން މިމީހުންގެ އަވާމެންދުރުފާ ޖައްސާފާކަން.

The name is already taken The name is available. Register?

ކިރަން

10 February 2021

ކޮން މެޑަޔެއް ޖަހާން

The name is already taken The name is available. Register?

އަރުތަ

10 February 2021

އުމަރޭ!؟ އަސަތަޣްފިރުﷲ، އަލިފްހާ................ދެން ދައްކާނެ އިތުރު ވާހަކައެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454