ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ޖޯޖިއާގެ ވޯޓު އޮޅުވާލަން ޓްރަމްޕް އުޅުއްވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަނީ

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:ގެޓީ އިމޭޖަސް

11 ފެބުރުއަރީ 2021 - 11:51

ޖޯޖިއާ (ފެބްރުއަރީ 11) - ނޮވެމްބަރު މަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޖޯޖިއާ ސްޓޭޓުގެ ވޯޓު އޮޅުވާލާއި އިތުރަށް 11،000 ވޯޓު ހޯދުމަށް އެ ސްޓޭޓުގެ ސެކްރެޓަރީ އަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޯނުން ދެންނެވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަން ސްޓޭޓުގެ ޕްރޮސެކިއުޓަރުން ނިންމައިފި އެވެ.

ޖޯޖިއާގެ ވޯޓު ޓްރަމްޕަށް ކާމިޔާބު ވާނެ އަދަދު ކަމަށްވާ 11،000 ވޯޓު އިތުރަށް ހޯދުމަށް އެ ސްޓޭޓުގެ އިލެކްޝަން އޮފިޝަލުންނަށް ޓްރަމްޕް ދެންނެވި ފޯނު ކޯލެއް ވަނީ ލީކުވެފަ އެވެ. ރައްދުގައި އިލެކްޝަން އޮފިޝަލް ވަނީ ސްޓޭޓުގެ ވޯޓުގެ ނަތީޖާ ރަނގަޅު ކަމަށް ޓްރަމްޕަށް ދަންނަވައިފަ އެވެ.

ޖޯޖިއާގެ ފުލްޓަން ކައުންޓީ ޑިސްޓްރިކްޓުގެ އެޓާނީ ފަނީ ވިލިސް ވަނީ ޓްރަމްޕް ކުރެއްވި ފޯނު ކޯލުގެ ރެކޯޑިން އާއި އެހެނިހެން ހެކި ރައްކާތެރިކަމާ އެކު ބެހެއްޓުމަށް އެދި ސްޓޭޓުގެ އޮފިޝަލުންނަށް ސިޓީއެއް ފޮނުވައިފަ އެވެ. ގަވަރުނަރު ބްރިއަން ކެމްޕަށް އެޑްރެސް ކުރައްވައި ވިލިސް ފޮނުއްވި ސިޓީގައި ވަނީ ޓްރަމްޕް ވަނީ ސްޓޭޓުގެ އިންތިޚާބާ ބެހޭ ގާނޫނާ ޚިލާފުވެފައި ކަމަށާއި ސްޓޭޓާ ދެކޮޅަށް ދޮގު ވާހަކަ ދައްކަވާފައި ކަމަށް ވިދާޅުވެފަ އެވެ. އަދި ހުވަޔާ ޚިލާފަށް ދޮގު ތިއަރީތައް އުފަންކޮށް، އިންތިޚާބާ ގުޅޭ ގޮތުން ބިރު ދައްކައި ހަމަނުޖެހުން އުފައްދާފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ. އެހެންވެ އެކަންކަމާ ގުޅޭ ގޮތުން ޓްރަމްޕުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ބޭނުންވާ ކަމަށް ވިލިސް ވިދާޅުވެފައިވެ އެވެ.

ވިލިސް ވިދާޅުވީ މިއީ ތަހުގީގުކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށް އެންމެން ވެސް ގަބޫލް ކުރާނެ ކަމަށެވެ. އަދި ބޭނުންވެއްޖެ ނަމަ ދައުވާ ވެސް ކުރަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ 11،780 ވޯޓު،" ޖޯޖިއާގެ ރިޕަބްލިކަން ޕާޓީގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރަފެންސްޕާގަށް ޓްރަމްޕް އެންގެވި ކަމަށް ބުނާ އޯޑިއޯގައި ވިދާޅުވެފައިވެ އެވެ.

ސްޓޭޓުގެ ސެކްރެޓަރީ ރަފެންސްޕާގުގެ އޮފީހުން ވެސް ވަނީ ޓްރަމްޕުގެ ފޯން ކޯލުގެ ތަހުގީގު ހޯމަ ދުވަހު ފަށައިފަ އެވެ.

ޓްރަމްޕް ބޭނުންވާ އަދަދު ކަމަށްވާ 11،780 ވޯޓު އިތުރު ކުރުމުން ޖޯޖިއާގައި ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޖޯ ބައިޑަން އަށް ވުރެ ޓްރަމްޕަށް އެއް ވޯޓު އިތުރަށް ލިބިވަޑައިގަންނަވާނެ އެވެ. ޖޯޖިއާ އިން ބައިޑަން އަށް ލިބިވަޑައިގެންނެވީ 2,473,633 ވޯޓެވެ. ޓްރަމްޕް ބޭނުންވީ 11،780 ވޯޓު އިތުރުކޮށް 2,473,634 ވޯޓުން އެމަނިކުފާން ކޮޅަށް ނަތީޖާ ބަދަލުކޮށްލާށެވެ.

ޓްރަމްޕް އެ ފޯނު ކޯލް ކުރައްވާފައި ވަނީ ޖެނުއަރީ 2 ވަނަ ދުވަހު އެވެ. ބައިޑަންގެ ކާމިޔާބީ ކޮންގްރެސް އިން ރަސްމީކޮށް ފާސްކުރުމުގެ ހަތަރު ދުވަސް ކުރިންނެވެ. ފޯނު ކޯލް ލީކުކޮށްލާފައި ވަނީ ވޮޝިންޓަން ޕޯސްޓުންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454