ލައިފްސްޓައިލް / ޑިޒްނީ

ޑިޒްނީ ޕްލަސްގެ ހަތަރު އަހަރުގެ އަމާޒު 14 މަހުން ހާސިލުވެއްޖެ

ޑިޒްނީ ޕްލަސްގެ އަމާޒަކަށް އޮތީ ހަތަރު އަހަރު ތެރޭ 90 މިލިއަން ސަބްސްކްރައިބަރުން ހޯދުން

13 ފެބުރުއަރީ 2021 - 08:38

އެމެރިކާގެ މަޝްހޫރު ފިލްމު ކުންފުނި ޑިޒްނީން މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ލޯންޗްކުރި ސްޓްރީމިންގެ ހިދުމަތް، ޑިޒްނީ ޕްލަސްގެ ސަބްސްކްރައިބަރުންގެ އަދަދު 100 މިލިއަނާ ގާތްކޮށްފި އެވެ.

އެ ކުންފުނިން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރާ ގުޅޭ ރިޕޯޓްގައި ބުނީ ނޮވެމްބަރު 12، 2019 ލޯންޗްކުރި ޑިޒްނީ ޕްލަސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 94.9 މިލިއަނަށް އަރާފައިވާ ކަމަށެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ސަބަބަކީ 90 މިލިއަން ސަބްސްކްރައިބަރުން ލިބޭނެ ކަމަށް ޑިޒްނީ ޕްލަސް އިން ލަފާކޮށްފައި އޮތީ ހަތަރު އަހަރުގެ ތެރޭގައި ކަމަށްވުމެވެ. ނަމަވެސް އެންމެ 14 މަސް ދުވަހުގެ ތެރޭގައި އެ ލަނޑުދަނޑި ހާސިލުވެފައިވާތީ ޑިޒްނީ ޕްލަސް އިން ބުނީ އެ ޕްލެޓްފޯމްގެ ކުރިމަގު ވަރަށް އުޖާލާ ކަމަށާއި މިހާރު ސްޓްރީމިންގެ ހިދުމަތުގައި އެންމެ ނަގާކިޔާ ކުންފުނިތަކާ ކުރިއަށް އޮތް ތަނުގައި ވަރަށް ގާތުން ވާދަ ކުރެވޭނެ ކަމަށެވެ. މިހާރު އެންމެ މަގުބޫލު ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދަކީ 203.7 މިލިއަނެވެ.

ޑިޒްނީ ޕްލަސް އިން ބުނީ ލަފާކޮށްފައި ވަރަށް ވުރެ މާ އަވަހަށް 90 މިލިއަން ސަބްސްކްރައިބަރުން ފަހަނައަޅައި ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެނިމޭޓެޑް ފިލްމު "ސޯލް" އާއި މަގުބޫލު ސީރީޒް "ދަ މެންޑަލޯރިއަން" ގެ ދެވަނަ ސީޒަންގެ ފަހު އެޕިސޯޑްތައް ޑިސެމްބަރު މަހުގެ ތެރޭގައި ގެނެސްދެވުން ހިމެނެ އެވެ. ޑިސެމްބަރު ނިމެން ގާތްވަމުން ދިޔަ އިރު ސަބްސްކްރައިބަރުންގެ އަދަދަކީ 86 މިލިއަނެވެ.

ޑިޒްނީނެ ދަށުގައި އޮތް އަނެއް ސްޓްރީމިން ޕްލެޓްފޯމްގެ ތެރެއިން ހުލޫގެ ސަބްސްކްރައިބަރުންގެ އަދަދަކީ މިހާރު 34.9 މިލިއަނެވެ. އީއެންސްޕީއެން ޕްލަސްގެ އަދަދަކީ 12.1 މިލިއަނެވެ.

ޑިޒްނީ ޕްލަސް އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީއާ ގުޅިގެން މިހާރު ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ސަބްސްކްރައިބަރުންގެ އަދަދު އަރާނެ މިންވަރު އިތުރަށް ލަފާކޮށްފަ އެވެ. އެގޮތުން 2024 އާ ހަމައަށް އަންނަ އިރު އަދަދު 230-260 އާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ޑިޒްނީ ޕްލަސްގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ އާމްދަނީ އަކީ 16.5 ބިލިއަން ޑޮލަރެވެ. އެއީ ލަފާކުރި ވަރަށް ވުރެ ދަށް އަދަދެކެވެ. އެއީ ފުރަތަމަ އަހަރުގެ އެ މުއްދަތުގެ އާމްދަނީއާ އަޅާބަލާ އިރު 22 ޕަސަންޓްގެ ދަށްވުމެކެވެ.

ޑިޒްނީ ޕްލަސް އަށް ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ އިރު، އެ ލޯންޗްކުރި ފަހުން އަގަށް ގެންނަ ފުރަތަމަ ބަދަލު އަންނަ މަހުގެ 26 ގައި ގެންނާނެ އެވެ. އެގޮތުން އެމެރިކާގައި މަހު ފީއަށް ނަގާނީ 7.99 ޑޮލަރު އަދި އަހަރަކަށް 79.99 ޑޮލަރެވެ. މިހާރު މަހު ފީ އަކީ 6.99 ޑޮލަރެވެ.

ޑިޒްނީ ޕްލަސް އަކީ ޑިޒްނީ ޕްލަސް އަކީ އެ ކުންފުނީގެ 97 އަހަރުވީ ތާރީހުގައި ހިމެނޭ މުއްސަނދި ކޮންޓެންޓް ބަލައިލެވޭ ޕްލެޓްފޯމެކެވެ.

އޭގެ ތެރޭގައި ސީދާ އެ ސްޓޫޑިއޯގެ ފިލްމުތަކާއި މާލެވެލް ސްޓޫޑިއޯސް އާއި "ސްޓާ ވޯސް" ގެނެސްދޭ ލޫކަސް ފިލްމްސްގެ އުފެއްދުންތަކާއި ޕިކްޒާ، ޓްވެންޓިއެތު ސެންޗަރީ ފޮކްސް އަދި ނެޝަނަލް ޖޯގްރިފިކްގެ ކޮންޓެންޓްގެ އިތުރުން ސީދާ ޑިޒްނީ ޕްލަސް އަށް ހާއްސަކޮށްގެން ގެނެސްދޭ އޮރިޖިނަލް ކޮންޓެންޓްތައް ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454