ޚަބަރު / ކޮވިޑް-19

މިހާތަނަށް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް ނުބެލެވޭ: އީއޯސީ

ޑރ. މުންޝިދު ވިދާޅުވީ އައްޑޫގެ ކޮވިޑްގެ ހާލަތު މިހާރު ކޮންޓްރޯލްވެފައި އޮތަސް ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ނިންމާނީ ހުރިހާ ރެންޑަމް ސާމްޕަލްތަކެއް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށް.

އައްޑޫން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވި ކްލަސްޓާތަކުގެ ބޭރުން މިހާތަނަށް އެއްވެސް މީހަކަށް ބަލި ޖެހިފައި ނުވާތީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިރޭ ބުނެފި އެވެ.

އެތަނުން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޑރ. ޑރ. އަބްދުﷲ މުންޝިދު ވިދާޅުވީ އައްޑޫގައި ކޮވިޑް އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައި ކަމަށާއި އެގޮތަށް ދިމާވީ މިކަމާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ވަރަށް ރަނގަޅަށް އިޖާބަ ދެމުން އަންނާތީ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ މި ވަގުތު ކޮމިއުނިޓީ ސްޕްރެއް އޮތް ކަމަށް ނުބެލުނަސް އަދިވެސް ހަމަ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.

އައްޑޫގައި އޮތީ ކޮވިޑްގެ ދެ ކްލަސްޓާއެކެވެ. އެއީ ދިވެހިންތެއް ޕޮޒިޓިވްވި އޭވިއޭޝަން ސެކިއުރިޓީ ކުލަސްޓާ ނުވަތަ އައްޑޫގެ ގުޅިފައިވާ ކްލަސްޓާ އެވެ. އަނެއް ކްލަސްޓާ އަކީ ވަކިން އޮންނަ ހުޅުމީދޫން ބިދޭސީންތަކެއް ޕޮޒިޓިވްވެ އެމްޓީސީސީ ކްލަސްޓާ އެވެ މި ކްލަސްޓާތަކުގެ ޕޮޒިޓިވް އަދަދަކީ 62 އެވެ. އެއީ ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާގައި ހިމެނޭ 37 ކޭހާއި އެމްޓީސީސީ ކްލަސްޓާގެ 25 ކޭހެވެ.

ޕޮޒިޓިވް ކޭސްތަކުގެ އަދަދު 62 އަށް އެރީ މިއަދު ޕޮޒިޓިވް 5 އަހަރުގެ ކުއްޖަކާ އެކީގަ އެވެ.

ޑރ. މުންޝިދު ވިދާޅުވީ އައްޑޫގެ ކޮވިޑްގެ ހާލަތު މިހާރު ކޮންޓްރޯލްވެފައި އޮތަސް ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ނިންމާނީ މިހާރު ނަގަމުން އަންނަ ރޭންޑަމް ސާމްޕަލްތަކާ އެކު ހުރިހާ ސާމްޕަލްތަކެއް ވެސް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.

"މިހާރު މި ފެނުނު ކްލަސްޓާތަކުގެ ބޭރުން ރަށުތެރެއިން އެއްވެސް ކޭސްއެއް ފެނިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ކުރިއަށް އޮތް ތަނުގައި އިތުރު ކޭސްތަކެއް ނުފެނުނު ކަމަށް ވިޔަސް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް އެތަނުން ވަކި ގޮތެއް އަންގަންދެން އަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް."

މުންޝިދު ވިދާޅުވި ގޮތުގައި އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނި މޮނިޓަރިންއަށްލީ ހިސާބުން ފެށި ކޮންޓެކްޓް ޓްރޭސީން ވެސް މިހާރު އޮތީ ނިމިފަ އެވެ.

"ދެން މިހާރު އެންމެ ބޮޑު އިސްކަމެއް މި ދެނީ ރެންޑަމް ސާމްޕަލް ނަގަން،" އޭނާ ވިދާޅުވި އެވެ. "ދެން ބަލީގެ ހާލަތު [އައްޑޫގައި] އޮތް މިންވަރެއް އެނގިގެން ދާނީ ރެންޑަމް ސާމްޕަލްތައް ނެގި އޭގެ ނަތީޖާ އަންނަ ގޮތަކުން. އަޅުގަނޑުމެން އުންމީދުކުރަނީ ހުރިހާ ނަތީޖާއެއް ވެސް ނެގެޓިވްވެގެން ދާނެ ކަމަށް.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އައްޑޫގައި އާދީއްތަ ދުވަހު ރޭންޑަމް ސާމްޕަލް ނަގަން ފަށާފައި ވާއިރު އަމާޒަކީ 500 ސާމްޕަލް ނެގުމެވެ. އެކަމަކު އިތުރަށް ނަގަން ޖެހޭ ފަދަ ހާލަތެއް އޮތް ނަމަ އެކަން ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ރޭންޑަމް ސާމްޕަލްގެ ގޮތުގައި ވަނީ 280 ސާމްޕަލް ވަނީ ނަގައިފަ އެވެ.

އައްޑޫގައި މި ވަގުތު ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ތިން މީހަކަށެވެ. އަދި އިތުރު ތިން މީހަކު ތިބީ އޮބްޒަވޭޝަނުގަ އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން މި މަހުގެ 9 ގައި ހަފުތާއަކަށް މޮނިޓަރިންއަށް ލުމަށް ފަހު އެ މުއްދަތު މިއަދު ހަމަވުމުން ހަމަވުމުން މޮނިޓަރިންގެ ހާލަތު މިހާރު ވަނީ އަނެއްކާ ވެސް އިތުރު ހަތް ދުވަހަށް އިތުރުކޮށްފަ އެވެ.

މިކަމާ ގުޅިގެން މިރޭގެ ނޫސް ކޮންފަރެންސްގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ކުރިއެކޭ އެއްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައްޔިތުން ފިޔަވަޅުތަކަށް އަމަލުކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ. އައްޑޫގައި ދަނީ މި ބައްޔާ ގުޅިގެން ރޭގަނޑު ކާފިއު ވެސް ހިންގަމުންނެވެ.

"މިކަމުން ވީހާ ވެސް އަވަހަށް އަރައިގަނެވޭނީ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ވެސް ކޮށްގެން،" އޭނާ ވިދާޅުވި އެވެ.

މި މަހުގެ 1 އިން ފެށިގެން އައްޑޫގައި ކޮވިޑް ވެކްސިން ދެމުން އަންނަ އިރު މިއަދުގެ ނިޔަލަށް 2،340 މީހަކަށް ވެކްސިން ދީފައިވެ އެވެ. އަދި ވެކްސިން ދެވޭ އަދަދު ދުވާލަކަށް 1،000 އަށް އިތުރުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

3 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 20%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

17 February 2021

އައްޑޫސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއްނެތްނަމަ އިކްއިޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ސިއްޙީ ހިދުމަތްދޭ ހުރިހާ ތަނެއް ގުޅިގެން އައްޑޫ ވަގުތީ ގޮތުން ބަންދުކޮށްފައިވާ 7 ދުވަހުގެ ތެރޭގައި ސިޓީގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާ އެކަން ކޮށް އަވަހަށް މިތަން ހުޅުވާލަންޖެހޭ. # ސިޓީ ކައުންސިލާއި އިކްއިޓޯރިއަލް ގުޅިގެން ދުވާލާއި ރޭގަނޑުގައި ވެސް އެކި ސަރަޙައްދު ތަކުގައި ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖެއްސުން ވަރަށް މުހިންމު.

The name is already taken The name is available. Register?

އައްލާ

16 February 2021

ވަރަށް ބޭއިންސާފުން ކުރާކަމެއްމިއީ ފުވައްމުލަކުން 24 ގަޑިއިރު ކުރިންނެގެ ކޮންޓެކްޓެވަފައިވާ މީހުންގެ ސާމްޕަލް އަދި ރާއްޖޭގެ ލެބަކާއި ހަމަޔަށް ނުދޭ. ދެންވީ އަނެއްކާ އަލުން ސާމްޕަލް ނަގަން، ކަރަންޓީނު ފުރިހަމަ ވެފައި ތިންހަތަރު ދުވަސް ވީމީހުންވެސް އެތިބެނީ ގޭބަންދުން ނުފިލާ. އައްޑޫ އަކީ ރީޖަނަލް ހޮސްޕިޓަލް ހުންނަތަން. އެތަނުގެ ކޮންޓެކްޓް ޓްރޭސިން ނިމުނީމަ ފުވައްމުލަކަށް ޓެސްޓް ރީޖަނަލް ހޮސްޕިޓަލުގެ ލެބުން ނަހަދަނީ؟

The name is already taken The name is available. Register?

ނުދައްކާ

17 February 2021

އައްޑޫގައި މިހާރު ރީޖަލަން ހޮސްޕިޓަލެއްނުހުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454