ދުނިޔެ

އެމެރިކާގެ އުޅަނދު މާސްގެ ބިމަށް ޖައްސައިފި

ނާސާއިން 2.7 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މި މަޝްރޫއުގައި ޕާސިވިއަރެންސް އިން ނަގާ ސާމްޕަލްތައް ކުދިކުދި ޓިއުބުތަކުގައި މާސްގެ ބިމުގައި ބަހައްޓާނެ. އެ އެއްޗެހި ގެންނަން އެހެން އުޅަނދެއް ފޮނުވާނީ 2026 ގައި.

މާސްގެ ބިމުގައި ޕާސެވަރެންސްގެ ފުރޮޅުތައް ޖައްސާލި ވަގުތުކޮޅުގެ ފޮޓޯއެއް: މިއީ މާސްއަށް ޖެއްސުމަށް ފަހު އުޅަނދުން އެންމެ ފުރަތަމަ ދުނިޔެއަށް ފޮނުވި ފޮޓޯތަކުން ފޮޓޯއެއް

19 ފެބުރުއަރީ 2021 - 02:00

30 comments

"ބިރުވެރިކަމުގެ ހަތް މިނިޓް"، މިއީ ދާދި ދެންމެއަކު މާސްގެ ބިމަށް ޖެއްސި އެމެރިކާގެ ކުޑަކުޑަ އުޅަނދު، ޕާސިވިއަރެންސްގެ އެންމެ ނާޒުކު ވަގުތުކޮޅު، ނާސާގެ އިންޖިނިއަރުން ސިފަކުރި ގޮތެވެ.

އެ "ބިރުވެރިކަމުން" ސަލާމަތްވެ ޕާސިވިއަރެންސް މިހާރު ވަނީ، ދުނިޔެއާ އެންމެ ކައިރި އަދި ދުނިޔެއާ އެންމެ އެއްގޮތް ސިފަތަކެއް ހުރި ޕްލެނެޓްގެ ބިމުގައި ހަމަޖެހިލައިފަ އެވެ. މިއީ އަނެއްކާވެސް އެމެރިކާގެ ޖައްވީ އިދާރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"އުފާވެރި ހަބަރަކީ، ޖައްވީ އުޅަނދު ރަނގަޅު ހާލަތުގައި ބިމަށް ތިރިކުރުން،" މި މަޝްރޫއުގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު މެޓް ވެލެސް ވިދާޅުވި އެވެ.

އެ ޔަގީންކަން ލިބުމާ އެކު މަރުކަޒުގައި ތިބި އިންޖިނިއަރުން އުފަލުން ހަޅޭއްލަވަން ފެށި އެވެ. އުޅަނދުން ފޮނުވި ފުރަތަމަ ދެ ފޮޓޯގަނޑު އެ މީހުންގެ ސްކްރީންތަކަށް އެރި އިރު ވެސް، ތިބީ އެ އުފާވެރިކަމުގެ ތެރޭގަ އެވެ. އެ ފޮޓޯތައް ނެގީ، ޖައްސާ ވަގުތު ބުރައިގެން ދާ ހިރަފުސްތަކުން ސަލާމަތްވާން، ހާއްސަ ކަވަރެއް ލެންސްތަކުގައި އަޅާފައި ހުއްޓަ އެވެ. އެކަމަކު މާސްގެ އެ ސަރަހައްދުގެ އެއްވަރު ފަސްގަނޑު ރަނގަޅަށް އެ ފޮޓޯތަކުން އެނގެ އެވެ.

އުޅަނދު ޖެއްސި ޖެޒޭރޯ ވަޅުގަނޑު އޮތް ސަރަހައްދަކީ، ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، އެއް ޒަމާނެއްގައި ކޯރެއް ދެމުނު ހިސާބެވެ. އެއްވެސް އިރެއްގައި މާސްގައި ދިރުމެއް ވީ ނަމަ އެކަމުގެ ހެކިތައް ފެނުން އެންމެ ކައިރި ސިފަތައް، ސެޓެލައިޓްގެ ފޮޓޯތަކުން ކަށަވަރުކޮށްދެނީ ވެސް، އެ ސަރަހައްދުން ކަމަށް ސައިންސްވެރިން ބުނެ އެވެ.

ނާސާއިން މާސްގެ ތަހުލީލުތަކަށް ފޮނުވި ޕާސިވިއަރެންސްގެ ކުރެހުމެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ، ނާސާގެ މި ކާމިޔާބަށް މަރުހަބާ ވިދާޅުވެ، ޓްވީޓް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި "މިއަދު އަނެއްކާވެސް ސާބިތުކޮށްދިނީ ސައިންސްގެ ބާރާއި އެމެރިކާގެ ހުނަރާ އެކު އެއްވެސް ކަމެއް ވަނީ ހާސިލްނުކުރެވޭނެ ހިސާބެއްގައި ނޫން ކަމެވެ."

ޕާސިވިއަރެންސް ޖައްސަން ޖެޒޭރޯ ކަނޑައަޅައި، ސީދާ އެ ތަނަށް އުޅަނދު މިސްރާބުކުރުމަކީ ވެސް ބުރަ މަސައްކަތެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި އެ އުޅަނދުގައި ހިމެނޭ ފަދަ ސޮފިސްޓިކޭޓެޑް އާލާތްތައް ހުރި އުޅަނދެއް މާސްއަށް މިހާތަނަށް ފޮނުވާފައެއް ނުވެ އެވެ. ހަމައެހެން ދުނިޔެއިން ބޭރުގެ އެއްވެސް ތަނެއްގައި ދިރުމެއް ވޭތޯ ބަލަން ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތުގައި ޖެޒޭރޯ ކަހަލަ އުއްމީދު ބޮޑު ސަރަހައްދެއް ވެސް ކަނޑައަޅާފައެއް ނުވެ އެވެ.

މިދިއަ އަހަރުގެ ޖުލައި މަހު ދުނިޔެއިން އުދުއްސާލި، ހަ ފުރޮޅު ލީ އަދި 2.7 ބިލިއަން ޑޮލަރުގެ އުޅަނދު، 470 މިލިއަން ކިލޯމީޓަރުގެ ދިގު ދަތުރަކަށް ފަހު މާސްގެ އެޓްމޮސްފިއާގެ ތެރެއަށް ވަދެ ވަރަށް ބާރު ސްޕީޑްގައި ތިރިއަށް މިސްރާބު ޖެހި އެވެ. އެކަމަކު ގަޑިއަކު 20،000 ކިލޯމީޓަރުގެ ބާރު މިނުގައި ތިރިއަށް ފައިބައިގެން ދިޔަދިއުން، އޮޓަމެޓިކް ވަރުގަދަ ވައިކުޑައަކުން ކޮންޓްރޯލްކުރި އެވެ. އަދި ބިމާ ހަމައަށް ފޯރުމުގެ ތިން މިނިޓް ކުރިން، އުޅަނދުގައި ހިމެނޭ "އިންޖީނުތައް" ހިންގާލި އެވެ. މާސްގެ ބިމުގައި މަޑުމަޑުން ޕާސިވިއަރެންސް ބަހައްޓައިދިނީ، އެ ތިރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ހުރި "ސްކައި ކްރޭނުން"ނެވެ.

ޕާސިވިއަރެންސްގައި ޖުމްލަ 20 ކެމެރާ ހިމެނެ އެވެ. އޭގެ ތެރެއިން ހަތަރު ކެމެރާ ހަރުކޮށްފައި ހުރީ އެ ބިމަށް ތިރިކުރި "ކްރޭންގަ" އެވެ. އެކަމަކު އުޅަނދު ބިމަށް ޖެއްސުމާ އެކު "ކްރޭން" ހިމެނޭ ބައި އޭގެ ޒާތުގައި މާ ދުރަށް ގޮސް ވެއްޓުނީ އެވެ.

މި އުޅަނދުގައި ހިމެނޭ އެންމެ ޝައުގުވެރިވާނެ އާދަޔާ ހިލާފު އެއްޗަކީ ކުޑަކުޑަ ހެލިކޮޕްޓަރެކެވެ. މިއީ ދުނިޔެއިން ބޭރުގެ އެހެން ބިމަކަށް ފުރަތަމަ ފޮނުވި ހެލިކޮޕްޓަރެވެ. ކެލިފޯނިއާގައި ގާއިމްކޮށްފައިވާ ޖެޓް ޕްރޮޕުލްސަން ލެބޯރަޓަރީގައި ތިބެގެން ސައިންސްވެރިން އެ ހެލިކޮޕްޓަރު ދުއްވައި، މާސްގެ ފޮޓޯ އާއި ވީޑިއޯ ނަގާނެ އެވެ. މިހާތަނަށް ރާވާފައި ވަނީ މަދުވެގެން ފަސް ފަހަރު ހެލިކޮޕްޓަރު އުދުއްސާލާށެވެ.

މާސްގެ ދަތުރުތައް

- 50 ޕަސެންޓް: މާސްގެ ބިމަށް ތިރިކުރުމުގައި ފެއިލްވި މިޝަންތަކުގެ ނިސްބަތް

- 15: މާސްގެ ބިމަށް ޖައްސަން ފޮނުވި އުޅަނދުތަކުގެ އަދަދު

- 9: ކާމިޔާބުކަމާ އެކު ޖެއްސި އުޅަނދުތައް (ހުސް އެމެރިކާގެ އުފެއްދުންތައް)

- 1: މާސްގެ ބިމަށް ޖެއްސުމުގައި ނާސާއަށް ކާމިޔާބުނުވި ހަމައެކަނި އުޅަނދު

އުޅަނދުން މާސްއަށް ގެންދިޔަ ހެލިކޮޕްޓަރު ފެންނަ ގޮތް ދައްކައިދޭ ކުރެހުމެއް

މި ޕްރޮޖެކްޓްގެ ސައިންސްވެރިން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މާސްގެ ބިމުގައި އެއްވެސް އިރަކު ދިރުމެއް ވިތޯ ކުރާ ދިރާސާތަކަށެވެ. ނާސާއަށް މިހާރު ލިބިފައިވާ ފަންޑުން މާސްގެ އެއް އަހަރަށް (ދުނިޔޭގެ 687 ދުވަސް) އުޅަނދުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

ބިން ތޮރުފައިގެން ތަފާތު ސާމްޕަލްތައް ނަގައި، ކުދިކުދި ޓިއުބުތަކުގައި ރައްކާކޮށް ބިމަށް ދޫކޮށްލާނެ އެވެ. އެ އެއްޗެހި ބަލައި، ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) ގުޅިގެން ހިންގާ އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއުއެއްގެ ދަށުން އެހެން އުޅަނދެއް މާސްއަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ އުޅަނދު އުދުއްސާލެވޭނެ ކަމަށް ބެލެވެނީ 2026 ގަ އެވެ. އަދި ޕާސިވިއަރެންސްއިން މާސްގެ ބިމަށް ދޫކޮށްލި ސާމްޕަލްތައް ދުނިޔެއަށް ގެނެވޭވަރު ވާނެ ކަމަށް ލަފާކުރަނީ 2031 ގަ އެވެ.

ދުނިޔެއަށް އެ ސާމްޕަލްތައް ގެނެސް ތަހުލީލްކުރަން ޖެހެނީ ހޯދުންތައް ކަށަވަރުކުރާށެވެ. މާސްގެ ބިމުން ދުނިޔެއަށް ފޮނުވާ މައުލޫމާތުތަކާއި ފޮޓޯތަކުން ހޯދޭ އެއްޗަކާ މެދު އަބަދުވެސް ސުވާލު އުފެއްދުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު އަސްލު ސާމްޕަލްތައް ދުނިޔެއަށް ގެނެސް ކުރާ ތަހުލީލުތަކުން ހޯދޭ ސިއްރުތަކުގެ ކަށަވަރުކަން ބޮޑުވެ އެވެ.

30 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 10%
icon angry icon angry 10%
icon wow icon wow 5%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާފުބާ

21 February 2021

ތީހުންނަނީ ވާނެކަންކަމެއް ނޫން ތީ ހުސް ފޭކު ވާހަކަ ތިޖައްސާފަ އޮންނާނެ އެމެރިކާގެ ކޮންމެވެސް ސަހަރާއަކަށް ދެން އަހަރުމެން ތިބެންވީ އެމީހުން ދައްކާހާވާހަކައެއް ގަބޫކޮށްގެން ހުސް ފޭކު ހަނދަކަށް ވެސް ނުދެވޭ

The name is already taken The name is available. Register?

ޙިނި

20 February 2021

މުސްލިމް ގައުމުތަކުގަ އިލްމުވެރިން ނޫޅެނީ ކީއްވެތަ، ލަފާކުރެވޭނީ ދީން ހަތިޔާރަކައް ހަދައިގެން ހުދުމުހުތާރު ވެރިންކަން ކުރާތީ، މިގައުމުގަވެސް ސުކޫލުތައް ވެސް މިހިންގަނީ ކޮންމެ 5 އަހަރަކުން ބިޑައްލައިގެން ބޮޑުކޮއް ސަރުކާރައް ފައިސާދޭ ފަރާތްތަކުން. ތައުލީމުގެ ކޮލިޓީ އަދި ފެންވަރެއް ނުބަލާ.

The name is already taken The name is available. Register?

ޙަސަން5678

19 February 2021

ދެން ކާފިރުން ބުނާނެ ދެން އަންނަން އޮއް ދުނިޔެއަކީ އެއީ އޭ.،..ކޮންމެ ކަމެއްގަ ވެސް ހައްދު ފަހަނައަޅާ ދިޔުން ކަމަކު ނުދޭ

The name is already taken The name is available. Register?

ދިވެހިންނާއި މަސްވެރިކަން!

19 February 2021

ތިކަމުން އަހަރުމެން ރާއްޖެއަށް އޮތީ ކޮން ފާއިދާއެއް؟

The name is already taken The name is available. Register?

ގަމާރު ދިވެހިން

20 February 2021

އަހަރުމެން ދިވެހިންނަށް މިކަމުން ލިބޭ އެއްވެސް ފަހުރެއް މޮޅުކަމެއް ނެތް.

The name is already taken The name is available. Register?

ވައިޓް މޭންސް ބަރޑަން

19 February 2021

އިރާގާއި ލީބިއާއިން ފޭރިގަނެގެން އުޅޭ ތެޔޮވަޅުތަކުން އުދުއްސާލީ. ލާއިންސާނިއްޔަވަންތަކަމުގެ އެވޯޑު ދޭންވެފަތިބި ބައެއްތީ.

The name is already taken The name is available. Register?

ޢަބްދުލް

19 February 2021

ތި ކޮމެންޓްވެސް ތިހާ ފަސޭހައިން ގޭގަ ހުރެގެން އެންމެނަށް ފެނޭހެން ޕޯސްޓު ވެވުނީ ހަމަ އެމީހުންގެވެސް ހިއްސާ ވަރަށް ބޮޑު ތަރައްޤީއެއްގެ ސަބަބުން.. މޮޅު ނަމެއް ޖަހާފަ ކޮމެންޓް ކޮއްލަނިކޮށް ނިމުނީ ދޯ؟

The name is already taken The name is available. Register?

ނައު0

19 February 2021

ކޮލޯޒް މައިންޑެޑް ދިވެހިނަށް ބަޔަކު 2.7 ބިލިޔަން ޑޮލަރު ހޭދަކުރަނީ ކީއްކުރަންކަން ނޭނގިދާނެ. ނޫނީ ފަހުނު ނުވެދާނެ. ޖަވާބު ގޫގުލް ސާރޗަކުން ނުވަތަ ޔޫޓިއުބް ވީޑިއޯ އަކުންވެސް ލިބޭނެ.

The name is already taken The name is available. Register?

ގޯސް

19 February 2021

ދެން މިކަން ގަބޫލުކުރާމީހުންނަށް މިކަން ގަބޫލުކުރެވެނީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށްގެންބާ. މުޅިންވެސް ހުރީ ކުރަހާފަ ހަދާފަހުރި ގްރެފިކްސް. ޢަސުލު ފޮޓޯއެއްނެތް.

The name is already taken The name is available. Register?

އަލީރާޖާ

19 February 2021

މި އާޓިކަލްގަ ފުރަތަމަ އޮތް ފޮޓޯ ބަލާލިންތަ؟

The name is already taken The name is available. Register?

ބޯސް

19 February 2021

ހޯދާ ބަލާ މީހަކަށް ދޯ އެނގޭނީވެސް... 200 އަހަރު ކުރިން މިހާރު އަހަރުމެން މިކުރާ ޒޫމް ވީޑިއޯ ކޮންފެރެންސްގެ ވާހަކަ ދައްކާލިނަމަ ވާނީ ކިހިނެއްބާ؟ ކަލޭމެން ކަހަލަ މީހުން ބުނާނެ ހާހާހާ ވަޓް އަ ޖޯކް އޭ...

The name is already taken The name is available. Register?

ރައްޔިތުސޮރު

19 February 2021

"މިހާރު ނޫސް" ހިންގަންތިބި ޓީމުގެ "ޤާބިލުކަން" މިފެންނަނީ މިފަދަ އިންސާނިއްޔަތަށް ލިބޭ ކުރިއެރުމުގެ ޙަބަރުތަކަށް ޙާއްސަ އަހަށްމިއްޔަތުކަން ދޭކަން! ޝުކުރިއްޔާ "މިހާރުޓީމު" ދެރައީ ސަރުކާރުން "ހަރުކަށި ފިކުރު" އަދި "މަސްތުވާތަކެއްޗަށް" ޒުވާނުން ލެނބެމުންދާއިރުވެސް މިކަންކަން ހުއްޓުވުމަށް ސައިންސް އަދި އިޖުތިމާޢީ ޕްރޮގްރާމްތައް ނުހިންގޭތީ.. މިސާލަކަށް "ސުކޫލުކުދިންގެ ލަވަމުބާރާތް، ސައިންސްފެއާ ފަދަ ކަންކަން އިތުރުނުކޮށް ރަނގަޅުޖީލެއް ނުއުފެއްދޭނެ.

The name is already taken The name is available. Register?

ޚިޔާލީ ދުނިޔެ

19 February 2021

ދިވެހިންގެ ތެރެއިން ބައެއް މީހުން މިކަމާއި ފަޚްރުވެރި މިވަނީ ކީއްވެެގެން؟

The name is already taken The name is available. Register?

ޚިޔާލީ ދުނިޔެއަށް

19 February 2021

ދިވެހިންނަށް ވެފައި ފަޚުރުވެރި ނުވާންވީ ކީއްވެ؟ ހާދަ ފަހަތުގައޭ ވިސްނުން ތިޔަގެންގުޅެނީ

The name is already taken The name is available. Register?

ހާރޫނު

19 February 2021

މި އިސްރާފު ނުކޮށް، ދުނިޔޭގައި ބަނޑަށް މަރުވަމުންދާ އިންސާނުން އެކަމުން ސަލާމަތް ކުރަން މިފައިސާ ޚަރަދު ކުރާނަމަ ދޯ!

The name is already taken The name is available. Register?

މާއްޓޭ1

19 February 2021

ސިންގިރޭޓަށް ކުރާހަރަދު ކީއްތަވާނީ ދުނިޔޭގަ ބަނޑަށް މަރުވަމުން ދާއިންސާނުންނަށް ދިނީޔާ.

The name is already taken The name is available. Register?

ތސޖސ

19 February 2021

ޗައިނާ މީހުން ހަނދުން ވެލި ނެގީމައި އެކަމުގެ ލަދަށް މޮޅު އެްއްޗެްއް ހެދީ.

The name is already taken The name is available. Register?

ސޖސޖ

19 February 2021

ސްޕޭސް އަށް ދިޔުމުގައި ނާސާ އާއި ކައިރިކުރާ ބަޔަކުވެސް އަދި ދުނިޔޭގައި ނެތް. ކަލެއަށް އިގޭވަރު ތި ކޮމެންޓުން ސާފުވެއްޖެ!

The name is already taken The name is available. Register?

ރޯމަރު

19 February 2021

އެޕޯލޯ ޕްރޮގރާމް ތެރެއިން ހަދަށް ދަތުރުކުރި ދަތުރުތަކުގައި ހަދުން ގެނެސް ފައި އެބަހުރި 400 ކިލޯ ވެލި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454