މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
23 ފެބުރުއަރީ 2021 - 14:29
ނާޒުކު ހާލަތުގައި ތިބި ކުދިން މުޖުތަމައުއަށް ނެރުމުގައި ގޮންޖެހުން ހުންނާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެ މައްސަލަތައް ހައްލުކުރަން މުޅި މުޖުތަމައުގެ ޒިންމާ އޮންނަ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާާވިސަސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން އެހެން ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓައި، އެކަމަކު މީގެ ދެ މަހެއްވަރު ކުރިން ބ. އޭދަފުށީގެ އަމާން ހިޔާއަށް ބަދަލުކުރި ކުދިންނާ ދޭތެރޭ އެ ރަށުގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅިގެންނެވެ. އެ ކުދިން ތިބޭ އަމާން ހިޔާ ކައިރިއަށް އެއްވެ މިދިޔަ އާދިއްތަ ދުވަހު އޭދަފުށީގެ ބަޔަކު ވަނީ ހުތުރުބަހުން ވާހަކަދައްކައިފަ އެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ހަވާލުކޮށްފައިވާ އަމާނާތައް ކަމަށެވެ. އެއާ އެކު ރާއްޖޭގެ ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އެންމެހާ ހައްގުތަކެއް ކަށަވަރުކޮށްދޭން ބާރުއަޅާ ކަމަށް ވެސް ބުންޏެވެ.
އާއިލީ ވެއްޓެއްގައި ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެކެވެ. މި ފަހާ ޖެހެންދެން އެ ކުދިން އުޅެމުން ދިޔައީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ދެ މަރުކަޒުގަ އެވެ.
މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސް ވިޔަނުދީ އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. ރަށްރަށުގައި އެކަމަށް ހާއްސަކޮށްގެން ގާއިމްކުރާ "އަމާން ވެށިތަކަށް" އެ ކުދިން ބަދަލުކުރަން ފެށީ އެ ސަބަބާ ހެދި ކަމަށާއި އެ ކަހަލަ ކަމެއް ފުޅާކޮށް ކުރާއިރު ގޮންޖެހުންތައް ދެނެގަނެ ކަމާ ގުޅޭ ފަރާތްތަކާ އެކު އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރި އެވެ.
"ނަމަވެސް އެފަދަ ގޮންޖެހުންތަކަށް ރިއާޔަތްކުރުމެއް ނެތި ބައެއް ފަރާތްތަކުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު އެ ކުދިންނާ ފޯރާ ހާލަތްތައް އާދެ އެވެ،" ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފު ވާހަކަ ފެތުރުމާއި އެ ކުދިންނާ މެދު ހިތްހަމަނުޖެހޭ ޝުއޫރު ފާޅުކުރެވޭ ހާލަތްތައް އަންނަ ކަމަށެވެ.
"ހާލަތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ހާލަތްތަކުގެ ސަބަބުން އެފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދީގެެން މަސައްކަތްތަކެއް ކުރެވެމުންދާއިރު އެ ކުދިން މުޖުތަމައުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެ އެވެ. އަދި މިފަދަ ގޮންޖެހުންތައް ހައްލުކުރުމުގައި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމައުގެ ޒިންމާތަކެއް ވާކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
ހަތަރު އާއިލާއަކަށް ނިސްބަތްވާ 17 ކުއްޖަކު އޭދަފުށީގައި ގާއިމްކޮށްފައިވާ އަމާންހިޔާއަށް ބަދަލުކުރީ މިދިޔަ ޑިސެމްބަރު 24 ގަ އެވެ. އޭގެ އިތުރުން ށ. އަތޮޅު އަދި ފުވައްމުލަކުގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގައި ގާއިމްކޮށްފައިވާ އަމާން ހިޔާއަށް ކުދިން ބަދަލުކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރިކީލަ
25 February 2021
ކުރިން ހުރި މިނިސްޓަރު ނަ މަ އޭނަގެ ޒިން މާ ؟ މިހާރު ރަށު ރައްޔިތުން ؟
ޖައިސާމް
23 February 2021
މިކަމުގައި ޖެންޑަރ މިނިސްޓްރީއަށް ތާއީދު
ރާއްޖެ
24 February 2021
މީގެ ކުރިން ހިނގި ކަމެއް ވިއްޔާ ޒިންމާ ނަގަން ޖެހެނީ ސިދާތާ ؟!
މޯލީ
23 February 2021
ރާއްޖޭގެ އެހެން ރައްޔިތުން މާލެ ސަރަހައްދަށް ޖަމާކުރަމުންދާއިރު ކީއްވެ އެކުދިން އެކި ރަށްރަށަށް ބަދަލު ކުރަން ޖެހުނީ. މިކަމުގައި ސަރުކާރާއި މިނިސްޓްރީގެ އިހުމާލު މާބޮޑުހެން ހީވަނީ. ތަފާތުކުރުން ގެންގުޅުމަކީވެސް އިހުމާލެއް
ޒިއާ
23 February 2021
ނަން ވާނީ ޝިދާތާ.
ަސހދއ
23 February 2021
ސަރުކާރުގެ ބެލުމުގަ ހުރެ ބޮޑުވިކުދިން ތަކެއްގެ އަހުލާގީ ފެންވަރު އެހާދަށް ވެގެން ދިޔައީ ކޮންބައެއްގެ އިހުމާލުންތޯ މިކަމުގެ ޒިންމާ ނަގަންޖެހެނީ "ރާއްޖެތެރޭގެ" މީހުންތޯ؟
މަސްވެރިޔާ
23 February 2021
ހަމަކަށަވަރުން ސަރުކާރަކީ ރައްޔިތުންގެ އެއްޗެއް. ސަރުކާަރުގެ އުނި އިތުރު އަމަލުތަކަށް ރައްޔިތުން ޒިންމާވާން ޖެހޭނެ.
ޖުލައި2021
23 February 2021
މިފަހަރު މުނުތަމައު މިޒިންމާވާޏ ޖެހުނީ. ކީއްވެބާ މިނިސްތަރު ޒިންމާވާން ނުޖެހުނީ. ވަކި ކުދިންޔަކެއްގެ އަޚްލާގު ގޯސްކަމުން ދެންތިބި ހުރިހާ ކުދިން ހަލާކުވާން މުޖުތަމައަކުން ދޫކޮށްގެން ނުވާނެ. ކުރީގަ މީހުން އަރުވާލީ ރައްރަށުގަ ނެތް އެތަށް ނުބައިކަމެއް ފަތުރާލަން. މިހާރުވެސް އެފަދަ ކަމެއް ތި ކުރަނީ