ވިޔަފާރި / އެޑްވަޓޯރިއަލް

މުއްދަތު ދިގުކުރި ދިރާސީ އަހަރުގެ ބޭނުން ގެއްލެނީ

އައިލެންޑާސް އިން ހިންގާ ސްކޫލްތަކުގެ އިސް ވެރިން ވިދާޅުވަނީ ސްކޫލްތައް ބަންދުކޮށްގެން މިހެން ތިބެން ވެއްޖެ ނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް

ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ތައުލީމީ އާ އަހަރުގެ ކިޔެވުން މިދިޔަ އަހަރު ފެށުމާއެކު، ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގެ ދައިވަރުންތަކެއް އެ ސްކޫލު ގޯތިތެރޭގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

25 ފެބުރުއަރީ 2021 - 14:35

9 comments

މާލެ ސަރަހައްދުގެ ޕްރީސްކޫލާއި ޕްރައިމަރީގެ ގްރޭޑުތައް ބަންދުކޮށްފައި އޮތް އޮތުމާ މެދު ބެލެނިވެރިންގެ އިތުރުން ސިޔާސަތު ކަނޑައަޅުއްވަން ތިއްބަވާ ފަރާތްތަކުން ފުންކޮށް ވިސްނަވަން، އައިލެންޑާސް އެޑިޔުކޭޝަންގެ ދަށުން ހިންގާ ސްކޫލްތަކުން މިއަދު އިލްތިމާސްކޮށްފި އެވެ.

އައިލެންޑާސް އިން ހިންގާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ޑރ. އެއްޔާ ވެލެންޏޭ ވިދާޅުވީ ރާއްޖޭގެ މުޅި ތައުލީމީ ނިޒާމަށް ބަދަލު ގެނެސް، މުއްދަތު ދިގުކުރި މި ހަ މަސް ދުވަހުގެ މައިގަނޑު ބޭނުމަކަށް ވީ މިދިޔަ އަހަރު އޮންލައިންކޮށް ކިޔަވައިދިން އިރު ފުރިހަމަނުކުރެވުނު ކަންކަން މި އަހަރު ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ދަސްކޮށްދިނުން ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޕްރީ ސްކޫލްތަކާއި ދަށް ގްރޭޑްތައް ބަންދުކުރުމުން އެ ފުރުސަތު އަނެއްކާވެސް މިވަނީ ގެއްލިފަ އެވެ. ޑރ. އެއްޔާގެ ކަންބޮޑުވުމަކީ ކުރިއަށް އޮތް ދެ ހަފްތާއެއް ތެރޭގައި މާޗުމަހު މިޑް ޓާމަށް ސްކޫލްތައް ބަންދުކުރަން ޖެހުމާއި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ރޯދަ މަހާ އެކު ކިޔަވައިދިނުމުގެ ގަޑިތައް ކުރުވުމެވެ.

އީދު ބަންދަށް ފަހު، ދިރާސީ އަހަރުގެ ކިޔެވުން ނިންމާލާ ޓާމް ބަންދާ ދެމެދު ކިޔަވައިދޭން ދެން ލިބޭނީ މަހެއްހާ ދުވަހެވެ. އޭގެ މާނައަކީ، ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމުން ދިރާސީ އަހަރު ދިގުކުރި މުއްދަތުގެ ބޭނުން މާ ބޮޑަށް ނުހިފި ތައުލީމީ ނިޒާމު ހަމަ މަގުން ކައްސާލުމެވެ. އެއީ، ޑރ. އެއްޔާ ވިދާޅުވި ގޮތުގައި، ތައުލީމީ ނިޒާމް ރަނގަޅުކުރަން ކުރިއަށް އޮތް އަހަރުތަކުގައި ދަތިވާނެ ފަދަ ބޮޑެތި ގެއްލުންތަކެކެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން އޯގަސްޓްގައި ފެށޭ ދިރާސީ އާ އަހަރާ ހަމައަށް ވެސް ދިގުދެމުން އެކަށީގެންވާ ކަމަށެވެ. އޭގެ މާނައަކީ އަނެއްކާވެސް ސްކޫލްތައް ބަންދުކޮށްފައި ބޭއްވުންތޯ އޭނާ ސުވާލުކުރެއްވި އެވެ.

އައިލެންޑާސްގެ ޑިރެކްޓަރު އަދުލީ ރަޝީދު ވިދާޅުވީ ސްކޫލް ބަންދުކުރުމާ މެދު އާންމު މުޖުތަމައު އާއި ބެލެނިވެރިންގެ ހިޔާލު މުހިންމު ވިޔަސް މި ހިސާބަށް ކަންތައް ދިއުމުން ތައުލީމީ ދާއިރާގެ މާހިރުންގެ ލަފައަށް، ބެލެނިވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބުރަވާން ޖެހޭނެ ކަމަށެވެ.

"ސްކޫލުތަކަކީ އެހެން މާހައުލުތަކަށް ވުރެ ރައްކާތެރި ތަންތަން. ސްކޫލު ބަންދުކޮށްގެން ކޮވިޑު ޖެހޭ އަދަދުތަކެއް ވޭތުވެދިޔަ ހަފްތާތަކުގައި ދަށެއް ވެސް ނުވޭ،" އަދުލީ ވިދާޅުވި އެވެ.

"ސްކޫލުތަކުންނެއް ނޫން ބަލި މި ފެތުރެނީ. ސްކޫލަކީ ބަންދުކުރެވޭ އެންމެ ފަހު ތަން ކަމަށް ވިސްނުން ބަދަލުވާން އެބަ ޖެހޭ."

އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިން ގޮވައިގެން ރެސްޓޯރަންޓުތަކާއި ޕާކްތަކާއި ބީޗުތަކާއި އެއް ގެއިން އަނެއް ގެޔަށް ދެވެ އެވެ. އެހެންކަމުން ކުޑަކުދިންގެ އަސާސީ ހައްގެއް ކަމަށްވާ ސްކޫލަށް ނުދެވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުލީ ވިދާޅުވި ގޮތުގައި ސްކޫލްތައް ބަންދުކޮށްފައި އޮތްއޮތުމަށް ކިތަންމެ ގިނަ ދުވަހެއް ވެގެން ދިއަސް އެކަމާ ދެކޮޅަށް އަޑުއުފުލާނެ ވިސްނުމެއް ކުޑަކުދިންގެ ނެތަސް އެ ކުދިންގެ ހައްގުގައި ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ މާހިރުން އިސްނަގަން ޖެހޭނެ އެވެ. އެހެންކަމުން ކުދިންނަށް ސްކޫލަށް ދެވޭނެ ގޮތެއް އިންތިޒާމްކުރަން އެބަ ލާޒިމް ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންގަރޫ ކިޑްސް އާއި ބިލަބޮންގް ހައި ޑްރީމް ކެމްޕަސްގެ ޕްރިންސިޕަލް އަމިނަތު ތަހުމީނާ ވިދާޅުވި ގޮތުގައި ސްކޫލަށް ގޮސް ކިޔެވެމުގެ ބޭނުންތެރިކަން އެންމެ ބޮޑީ ވެސް ޕްރީސްކޫލާއި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ.

"އޮންލައިންކޮށް ކިޔަވައިދިނުމުގައި ސްކޫލްތަކުން ނަމޫނާ ދައްކުވައިދިނަސް ޕްރީސްކޫލާއި ޕްރައިމަރީ ސްކޫލްގެ ދަރިވަރުންނަށް އޮންލައިންކޮށް ދިގުދެމިގެންދާ ގޮތަކަށް ކިޔަވައިދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަ ހުރި. ސާނަވީ، މަތީ ސާނަވީ އަދި ކޮލެޖް/ޔުނިވާސިޓީތަކުގައި ކިޔަވާ ކުދިންނާ ހިލާފަށް، މި އުމުރުގެ ދަރިވަރުންނަކީ އެ ކުދިންގެ ކިޔެވުން އަމިއްލައަށް ކުރިއަށްގެންދެވޭ އުމުރުގެ ކުދިންނެއް ނޫން،" ތަހުމީނާ ވިދާޅުވި އެވެ.

"އެ ކުދިން އޮންލައިކޮށް ކިޔަވަން ތިބެން މައިންބަފައިން ނުވަތަ އެއްކޮށް ދިރިއުޅޭ އާއިލާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ. އަދި ކޮންމެ ދުވަހަކު ބެލެނިވެރިންނަށް ކުދިން ކައިރީގައި ގޭގައި މަޑުކޮށްގެން ވެސް ނުތިބެވޭނެ."

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ވައިސް ޕްރިންސިޕަލް މައުރޫފާ ފާހަގަކުރެއްވި ގޮތުގައި ސްކޫލަކީ ދަރިވަރުން ހަމައެކަނި ތައުލީމު ހާސިލްކުރަން ދާ ތަނެއް ނޫނެވެ.

"އަޅުގަނޑުމެންގެ ކަރިކިއުލަމް ބިނާކޮށްފައި މި އޮންނަނީ، ކިޔެވުމުގައި ހާސިލްކުރަން ޖެހޭ ލަނޑުދަނޑިތަކުގެ އިތުރަށް އެ ކުދިންގެ ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއީ ދުޅަހެޔޮކަން ވެސް ސްކޫލްގެ ތެރެއިން ކަށަވަރުކުރެވޭ ފަދަ ގޮތަކަށް. އެއީކީ އަޅުގަނޑުމެންނަށް ގޭގައި ކުދިން މޭޒެއް ކައިރީގައި ބައިތިއްބައިގެން، ސްކްރީނެއް މެދުވެރިކޮށް ކަށަވަރުކުރެވޭނެ ކަންކަމެއް ނޫން،" މައުރޫފާ ވިދާޅުވި އެވެ.

"އެހެންކަމުން މިހާ ގިނަ މުއްދަތަކަށް ގޭގައި ބައިތިއްބައިގެން ކިޔެވުން ކުރިއަށްގެންދަން ޖެހޭތީ އެ ކުދިންނަށް މަދުވާ ކިތަންމެ ކަމެއް ހުންނާނެ. މިކަންކަން އުނިވެ، ގިނަ ދުވަސްވާ ވަރަކަށް އެކަމުގެ ސަބަބުން ކުދިންގެ ހެދިބޮޑުވުމަށާއި އެ ކުދިންގެ ޝަހުސިއްޔަތަށް ކުރާ ނޭދެވޭ އަސަރުތައް ގިނަ ދުވަހަށް ނުވަތަ ދާއިމަށް ދެމިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް. މިއީ އަޅުގަނޑުމެން ހަގީގަތުގައި ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް."

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ތައުލީމަށް ހުރި ގޮންޖެހުންތަކަށް ބިނާކޮށް ޔުނިސެފުން ހެދި ރިޕޯޓެއްގައި ބުނީ ކިޔަވައިދިނުން މިހެން އޮންލައިކޮށް ދިގުދެމިގެން ދިއުމަކީ ކުދިން ކިޔަވަން ފޫހިވެ "ލާނިން ލޮސް" ނުވަތަ ދަސްވާ މިންވަރު ދަށްކޮށްދޭނެ ކަމެއް ކަމަށެވެ.

އައިލެންޑާސްގެ ވެރިން ގަބޫލުކުރައްވަނީ ބޮޑެތި މީހުންނާއި ބެލެނިވެރިންނާއި ޕޮލިސީ ލެވެލްގެ ހުރިހާ ފަރާތްތަކުން ވެސް އެކަންކަމާ މެދު ވިސްނަން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ. އަދި އެ ބޭފުޅުން ގޮވާލެއްވީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ކުދިންނަށް އަލުން ސްކޫލަށް ދެވޭނޭ ގޮތަކަށް ފިޔަވަޅުތައް އެޅުމަށެވެ.

9 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 19%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭކު

26 February 2021

މިމީހުން އެވާހަކަ ދައްކަނީ ކުދިން ފިނުދައްކާތި ކަންބޮޑުވެގެން. އެހެންނީނީ ކިއްވެ؟؟؟؟؟

The name is already taken The name is available. Register?

ވޯލްޕް

25 February 2021

ބޮޑު ޕްރައިވެޓް ސްކޫލެއް ވީމަ ކަލެމެން ބޭނުންވާނީ ކުދިން ސްކޫލަށް ދާން. ކުދިންގެ ދުރާނަ ނޫންތޯ މުހިންމީ ކިޔެވުމަށް ވުރެ.

The name is already taken The name is available. Register?

20002

25 February 2021

ސްކޫލްތަށް ނުހުޅުވައިގެން ކަންބޮޑުވެގެން ތިއުޅެނީ ލިބޭ ލާރިމަދުވާތީ. ބެލެނިވެރިން ނޫޅެ މިހާލަތުގައި ސްކޫލް ހުޅުވާކަށް. ހަމަގައިމުވެސް އަހަރެންގެ ދަރިން މިހާލަތުގައި ފޮނުވާކަށް ނޭދެން. ސްކޫލަށް ނުދިޔަސް އޮންލައިން ކްލާސްތަށް ޤަވާއިދުން ގެންދެވޭނަމަ މައްސަލައެއްނެތް.

The name is already taken The name is available. Register?

ސަޕުނާ 0393

25 February 2021

ސަރިކާރު ހިންގަން ތިބި ބޮޑުން ގެ އަމިއްލަ އެދުމައިގެން ، އަހަރުމެން ގެ ޅަދަރިން ގެ ކިޔެވުން ހަލާކުވެ ނިމިއްޖެ

The name is already taken The name is available. Register?

ނުގެންދިތައީ

25 February 2021

އެޑިއުކޭޝަނުން ސްކޫލްތައް ހުޅުވިއެވެ. ބެލެނިވެރިން ކުދިން ސްކޫލަށް ނުފޮނުވީއެވެ. ބަންދުކުރަން މަޖުބޫރުވީ އެހެންވެގެންނެވެ. ސޯޝަލް މީޑިޔާގައި ސްކޫލްތައް ބަންދުކުރާށޭ ކިހާބަޔަކު ގޮވިއެއް ނޫންހެއްޔެވެ؟

The name is already taken The name is available. Register?

ކަންނެތް ބެލެނިވެރިން

25 February 2021

ބެލެނިވެރިންތައްވެސް ސުކޫލަށް ގެންދަންވީމާ ބޮޑު ކަމަކަށްވަނި. ދެންހެޔޮ ބޭރުތެރޭ ލަނގިރި ޖެހިޔަސް ކުދިން ގޮވައިގެން. އޮންލައިންކޮށް ކިޔެވުމަކީ ހައްލެއްނޫމް. އެތަކެއް ކަމަކުން ހެދި ބޮޑުވަމުން އަންނަ ކުއްޖާ މަހުރޫމް ވާކަމެއް. ސުކޫލުތަކުގަ ކުދިން މޮނިޓަރ އެބަކުރެވޭ ރައްކާތެރިކަމުގެ ގޮތުން. ބޭރުތެރޭއާ ރެސްޓޯރެންޓްކަހަލަ ތަންތަނުން ކޮވިޑް ޖެހުމުގެ ފުރުސަތު މާ ބޮޑު. ހާލަތައް ފެތިގެން ހާލަތު ދެނެގަނެގެން އުޅެން ދަސްކޮށްނުދެވެންޏާ ކޯޗެއްކިޔަވަދޭކަށް ދެން؟

The name is already taken The name is available. Register?

ވާނުވާ.

25 February 2021

މިކަހަކަ ވާހަކަ މިދައްކަނީ ކިޔަވައިނުދީ ފަރުވަކުޑަކުރާ ސްކޫލުތަކުން. ހިތްވަރައެކު މަސައްކަތް ކޮށްގެން ކުރީ އަހަރު ނިމުނު އިރު މުޤައްރަރު ކަވަރުކުރި ސްކޫލްތައް އޮތް މިރާއްޖެގަ. މާލޭގަވެސް. އެފަދަ ދަރިވަރުންގެ ބެލެނިވެރިން މައްސަލަވެސް ޖެއްސި ގްރޭޑް ބަދަލުނުކޮށް ބައިތިއްބާތީ. ކަންވާނިީ ކަންކުރަން އެނގޭ ހިތްވަރުކުރާ މީހުންނަށް.

The name is already taken The name is available. Register?

ާޕަބްލިކް

25 February 2021

ދިރާސީ އަހަރު ބަދަލުކޮކް ދިގުދަައްމާލާ ބޭކާރުގޮތަކައް ކުދިންގެ ހަޔާތުން ބޮޑުބަޔެއް ގެލުވާލީ ވިސްނުމުގެ ނުކުޅެދުންތެރިކަން ހުނނަމީހުން އެޑިޔުކޭޝަން ހަވާލުވެގެން އުޅޭތީ. ކުދިންގެ މުސްތަގްބަލުން ބޮޑުވައްކަމެއް.

The name is already taken The name is available. Register?

މަންމަ

01 March 2021

ހަގީގަތުގަ ވެސް ސަރުކާރު ހިންގަން ނޭގުމުގެ ނަތީޖާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454