މުލީގައި އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލަމް (ކ) އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް. -- ފޮޓޯ: އެމްޓީސީސީ
28 ފެބުރުއަރީ 2021 - 16:02
މ. މުލީގައި އެއް އަހަރު ތެރޭގައި އެއާޕޯޓެއް ހަދަން އެމްޓީސީސީ އާ މިއަދު 212 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.
މި އެއާޕޯޓްގައި 1،200 މީޓަރުގެ ރަންވޭއެއް ހަދާނެ އެވެ. މީގެ އިތުރުން ޓާމިނަލް އިމާރާތް ހެދުމާއި އެއާޕޯޓަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.
އެއްބަސްވުމުގައި ސޮއިކުުރުމުގެ ރަސްމިއްޔާތުގައި ނެޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައި ގަޑިއިރު ތެރޭ ކަނޑުމަގުން އެއާޕޯޓަކަށް ދަތުރުކުރެވޭނެ ގޮތް ހަދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ. މ. އަތޮޅަކީ ދަތުރުފަތުރުގެ ގޮތުން ވަރަށް އެކަހެރިކޮށް އޮންނަ އަތޮޅެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އިތުރު ހަތަރު ރަށެއްގައި އެއާޕޯޓު ހަދަން، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ.
"އޭރުން [އިތުރު ހަތަރު އެއާޕޯޓު ހެދުމުން] އަޅުގަނޑުމެންނަށް ވައިގެ މަގުން ދަތުރުކުރަން ބޭނުންވާ އިންފްރާސްޓްރަކްޗާ މި ދެންނެވި ސިޔާސަތާ އެއްގޮތަށް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
MTCC has signed with MNPHI to design and build an airport at M. Muli. . The value of the project is MVR 221.733 million and the project is to be completed within 365 days. #MTCCProjects pic.twitter.com/AgVeGKgyy8
— MTCC Plc (@MTCCPlc) February 28, 2021
ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ ކުންފުނީގެ ސީއީއޯ މި ރަސްމިއްޔާތުގައި ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި މި މަސައްކަތް ނިމޭނެ ކަމަށެވެ. މި މަސައްކަތް އަހަރެއް ތެރޭގައި ނިންމަން އޮތަސް އެއަށް ވުރެ އަވަހަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުނަމުން މި އަންނަނީ ހިއްކައިގެން ކުރަންޖެހޭ މަސައްކަތެއް އެއް އަހަރު ދުވަހުގެ ތެރޭގައި އަޅާނަން ކަމަށާއި ހިއްކަން ނުޖެހޭ މަސައްކަތެއް އަށް މަސް ދުވަހުގެ ތެރޭގައި ކުރާނަން ކަމަށް،" އެމްޓީސީސީ އަށް ސަރުކާރުން ކުރާ އިތުބާރަށް ޝުކުރުއަދާކައްވަމުން އާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމުގެ މަސައްކަތުގެ ދަށުން ހއ، ހދ. އަދި ށ. އަތޮޅު ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަސައްކަތެވެ
"މިއަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި އިރާދަކުރެއްވިއްޔާ ހއ، ހދ އަދި ށ. ގައި އަޅުގަނޑުމެންނަށް ދަތުރުފަތުކުރެވެން ފަށައިގަނެވިގެން ދާނެ،" އަސްލަމް ވިދާޅުވި އެވެ.
އުތުރުގެ ދަތުރުފަތުރުގެ ނިޒާމު ފެށުމަށް ފަހު އަންނަ އަހަރުގެ ތެރޭގައި އެހެން ޒޯނެއްގައި ފެރީގެ ނިޒާމް ގާއިމްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
28 February 2021
މއަތޮޅަކީ ޝެޑިއުލް ސްޕީޑް ލާންޗް ދަތުރުތަށް އޮންނަ އަތޮޅެއް.02ގަޑީއިރުން މާލެ ދެވޭ. 30މިނެއްޓުން ދެވޭ އެއަރޕޯޓް އަޅަނީ ލާމަރުކަޒު ކުރަންތޯ؟ ނުވަތަ 30މިނެއްޓުން އެއަރޕޯޓަކަށް ގޮސްފައި އަވަހަށް މާލެދެވޭ ގޮތްހަދަން ތޯ؟ ބޮޑަށް ބުރަވެވެނީ ފަހުން ބުނިގޮތް. އެހެންވީމައި އެއީ ލާމަރުކަޒު ކުރަން ކުރާކަމެއް ނޫން. އެއީ މާލެއަށް ދިއުމަށްޓަކައި ފަސޭހަކުރަން ޖަހާ މަޅިއެއް. މާލޭ މީހުންނަށް ގޭކުލިން އާމްދަނީ އިތުރުކުރުމަށް ޖަހާމަޅިއެއް. މާލެއޮންނަނީ މާލެގޮތުގައި.
1235
01 March 2021
ކަޑަވިޔަސް އެއަރޕޯރޓް އަޅާނެ
ފަތުޙީ
28 February 2021
މިއީ ހަމަ އަގުބާ. ހަމަ އަގުގަ މިސަރުކާރުނުްވެސް ކުރާނެ ކަމާއި މެދު ޝައްކު. ޒީރޯ ޓޮލަރަންސްގެ ދަށުން އިންޑިޔާ ކުންފުޏަށް ހިލައާއި ތާރުގެންނަން. ބިންހިއްކުން ލިޔޯ ސަވާދަށް.
ފަސްލަމް
28 February 2021
މީގެން ކިހާވަރެއް ނުހައްގުން އަރުތެރެއަށް އަޅާނެބާ؟
ރަދީފްއޮފިޝިއަލް
28 February 2021
ސާބަހޭ.މިފަދަ ހެޑްލައިންސްތައް ފެނުނީމަ މަމެންގެ ހިތަށް ފިނިކަން ލިބޭ.