ޖަމީލް: މަލީހް ވަކި ކުރުމުން އޭނާ ވިދާޅުވަނީ ހައްގު ބަސް ބުނުމަކީ އާއިލީ ތަރުބިއްޔަތެއް ކަމަށް --- ފޮޓޯ/މިހާރު
01 މާޗް 2021 - 15:00
އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މިއަދު މަގާމުން ދުރުކުރި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަކީ "ނަމޫނާއެއް" ކަމަށް، އޭނާގެ ދެބެންގެދެދަރި ބޭފުޅެއް ކަމަށްވާ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް ހުންނަވަނިކޮށް މަލީހްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.
މަލީހް ވަކިކުރަން މަޖިލީހުން ފާސްކުރުމުން ޑރ. ޖަމީލް އޭނާގެ ފޭސްބުކްގައި، މަލީހުގެ އެއްބަނޑުއެއްބަފާ ބައެއް ބޭފުޅުންނާ އެކު ނެންގެވި ފޮޓޯއައަކާ އެކު ލިޔުއްވީ "އެ އާއިލާއަކީ މައިންބަފައިންގެ ތަރުބިއްޔަތާ އެކު އިލްމާއި ހުނަރު ހޯދަން ގިނަ މަސައްކަތްތަކެއް ކުރާ ޒުވާނުންތަކެއް ހިމެނޭ އާއިލާއެއް" ކަމަށެވެ. މަލީހަކީ ނަމޫނާ އަދި ހުނަރުވެރި ބޭފުޅެއް ކަމަށާއި ސިޔާސީ މަސައްކަތުގައި ހައްގު ބަސް ވިދާޅުވުމަކީ އެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތެއް ކަމަށް ވެސް ޑރ. ޖަމީލް ލިޔުއްވި އެވެ.
"ސިޔާސީ މަސައްކަތުގައި އަބަދުވެސް ހައްގު ގޮތް، ހައްގު ބަސް ޚިޔާރު ކުރުމަކީ އަޅުގަނޑުމެންގެ ތަރުބިއްޔަތުގެ ބައެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމު ގެއްލިވަޑައިގެންނެވި މި ސަރުކާރުގެ ފުރަތަމަ މިނިސްޓަރަށް މަލީހު ވެވަޑައިގަތީ، 59 މެމްބަރުންގެ ވޯޓުންނެވެ.
މަލީހާ ދެކޮޅަށް އެމްޑީޕީން ވޯޓު ނެގިއިރު އަދި މިހާތަނަށް ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެއްވެސް ބަހެއް ވިދާޅެއްނުވެ އެވެ.
ޑރ. ޖަމީލަށް ނައިބު ރައީސްކަން ގެއްލިވަޑައިގަތީ ވެސް މަޖިލިހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި ޑރ. ޖަމީލްގެ އިތުބާރު ނެތްކަމަށް ވޯޓު ނެގީ އޭރު މަޖިލިސް ކޮންޓްރޯލްކުރި ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވޯޓު ދެއްވައިގެންނެވެ.
މިހާރު ޖަލުގައި ހުންނެވި ޔާމީންގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތުކުރައްވާ ޑރ. ޖަމީލް ވަނީ، އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓަށް މައްސަލަ ލައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަގަހައިގެދުލުން
03 March 2021
އާއިލީ ތަރުބިއްޔަތުވީމާ ދޯ އިއްޔެ ޔާމީނުއަށް ހެއްދެވިނެހެއްދެވިއަށް ގޮވައިފަ މިއަދު އޭނާގެ ލޯޔަރަކަށް ވެގެން ތިއުޅެނީ ވާވާ ކޮންފަދަ ފައްކާ ތަރުބިއްޔަތެއް
އަލީރާޖާ
02 March 2021
ހައްގުބަސް ބުނުމަކީ އެއްފަހަރު ޔާމީނު ހިފާ ހައްޔަރުކޮށް އަޒުލުކުރަން ގޮވާފައި ފަހުން އެވަރުގެ މީހަކު ނެތިގެން އޭނާގެ ދިފާއުގައި އުޅުމަށްކިޔާއެއްޗެއް ދެއްތޯ؟
ރޮކެޓް
02 March 2021
ހައްގުބަސް އެއީ ވައި އެނބުރޭހެން އެނބުރޭ އެއްޗެއްތޯ؟
ބޮޑުމީހާ
02 March 2021
ޖަމީލު އަގައިން ބޭރުވާ ހުރީހާ ބަހަކީ ހައްގުވެއްޔާ އެއީ ހައްގު. އެކަމަކު ރައީސް ޔާމީނަށް ވަގަށްގޮވައި މުޅި ދުނިޔޭގައި އެމަނިކްފާނު ފަޟީހަތްކޮށް، ރާއްޖެއައިސް ހަމަ އެދުލުން ޔާމީން ހިމާޔަތްކުރަން މަސައްކަތްކޮށް، ނާއިބްރައީސްކަމުން ވަކިކުރި މައްސަލައިގައި އަނެއްކާ ޔާމީނަށް ވަގަށްގޮވައި ހެދި މީހަކު ޙައްގުގޮތުގައި ހުރެވޭނެ އަސާސެއް ނެތް
ވަހީދު
02 March 2021
ތިއީ ބާގީ އާއިލާއެއް..އަބަދުވެސް ދުވާނީ ދެކޮޅުން ކަމުން..އާހިރު ނަތީޖާ އަކީ ދެކޮޅުން ކޮޅުކެސްއެއް ލިބުން
ޢަލީބެ
02 March 2021
ހޮވުނަސް ހަވާލުނުކުރާނަމޭ ބުނީ އާއިލާ މީހަކަށް ނުވާތީ ދޯ. ތީކޮންކަހަލަ ތަރުބިއްޔަތެއް.!!
ތުނިޔަ
02 March 2021
ފުވައްމުލަކު ބަހުން ޖަމީލުމެންގެ މައިފުނަގެއަށް ކިޔާއުޅެނީ "ބަހަބޯކަލޭގެ" މާނަޔަކީ: ބަސްގިނަ ކަލޭގެ..އަދި ޖަމީލުގެ ކުއްނިއްޔާއަކީ ބަހަބޯކަލޭގެ ޖަމީލު.އެހެންވެ މިވެރިންގެ އަނގަ ތަންކޮޅެއް ގަދައީ.
ދޫނޑިގަން
02 March 2021
މީ ވަރަހަ ފޫހި އާއިލާއެއް
ހަހަހާ
02 March 2021
ކީކޭ ދެން ބުނާނީ.....! އާއިލީ ތަރުބިއްޔަތު..... ޖަމީލުގެ މުޅި އާއިލާ އަށް ތިތަރުބިއްޔަތުތޯ ލިބިފަހުރީ.....؟ޖަމީލު ބުނާ ހައްގު ބަސް ކީއްވެބާ އެހެންމީހުންނަށް ގަބޫލު ނުކުރެވެނީ....؟
އަދަމު
01 March 2021
ހައްޤުބަސް ބުނެވޭނީ ހައްޤު ގޮތުގައި ހުރެގެން އެނޫނީ ނުބުނެވޭނެ ހައްޤު ބަހެއް ، ހައްޤުގޮތުގައި ހުރެއްޖެއްޔާމުން ކުއްވެރިން ސްލާމަތްކުރާކަށް ނޫޅޭނެ އުލޭނީ ކޮންމެގޮތެއްމިޔަސް ހައްޤުބަސްބުނެވޭތޯ. ވ.ސަލާމް