ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ފާސްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 މާޗް 2021 - 14:54
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ވަކިވަކި މީހުންގެ އިތުރުން އާއިލާތައް ބައިވެރިވާ މިންވަރު ވެސް އިތުރުވަމުން ދާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަށް ހާއްސަކޮށްގެން "ޖަޒީރާ ސައްލާ"ގެ ނަމުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ބައިވެރިވާ އާއިލާތައް އިތުރުވުމަކީ މީގެ ކުރިން ފެނުނު "ޓްރެންޑެއް" ނޫން ކަމަށެވެ.
ކުރިން ފެންނަނީ "އިންޑިވިޖުއަލް މީހުން ނޫނީ އެ ހުންނަ ނެޓްވޯކަކުން އެކަން ކުރަނީ. މިއަދު އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ އާއިލާތައް އޭގެ ތެރެއަށް ވަންނަ މިންވަރު. އަންހެނުން އޭގެ ތެރެއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަވޭ،" ކަމާ ގުޅޭ އިދާރާތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މަޝްވަރާ ބައްދަލުވުމުގައި ޝާކިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅޭ މައުލޫމާތު އެނގި ތިބެ، އެކަން ސިއްރުކުރާ މިންވަރު ވެސް އިތުރުވަމުން ދާ ކަމަށެވެ.
އިއްޔެ ބޭއްވި ޖަޒީރާ ސައްލާގައި ޑީއީޑީގެ ހެޑް ޝާކިރު (މ) ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މުޅި މައްސަލައަށް އޮތް ހައްލުގެ ވާހަކަ ދައްކާއިރު ފަރުދީ ޒިންމާއަކީ އޭގައި ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައި 2019 ވަނަ އަހަރު 133 ކުދިން އަދި މިިދިޔަ އަހަރު 110 ކުއްޖަކު އަތުލައިގަތެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައިވެރިވާ އަންހެނުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން، 2019 ވަނަ އަހަރު 130 އަންހެނުން އަދި މިދިޔަ އަހަރު 77 އަންހެނަކު ތަފާތު އެކި އޮޕަރޭޝަންތަކުގައި އަތުލައިގަތެވެ.
މިދިއަ އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކުރިއާ ހިލާފަށް އާންމުންގެ ހަރަކާތްތަކަށް ހުއްޓުން އެރި އަހަރެކެވެ. އެހެންކަމުން ބައެއް ކަހަލަ ކުށްތަކުގައި ހައްޔަރުކުރާ މީހުން ވެސް މަދުވުމުގެ ފުރުސަތު އޮވެ އެވެ.
މަސްތުވާތަކެތީގެ ކުށަށް އަރައިގަންނަ މީހުންގެ އަދަދު ވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި އިތުރުވެފައިވެ އެވެ. ޝާކިރު ވިދާޅުވީ 2019 ވަނަ އަހަރު 493 މީހަކު އަދި މިދިޔަ އަހަރު 516 މީހަކު ކްރިމިނަލް ޖަސްޓިސް ސިސްޓަމްގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްވާހަކަ
05 March 2021
އައްޑޫއިން މިދިއަ އަހަރު އަތުލައިގަތް ޑްރަގްގެ ވާހަކަ މިހާރު އަޑެއް ނީވޭ. ކަމިޝަނަރު ފްލައިޓް ޗާޓަރ ކުރާވަރުން އޮބިނޯވޭ އެދުވަސްކޮޅު. ތިޔަ ޑްރަގެއް ހުއްޓުވާން ބޭނުން ވަނީ ސަރުކާރުތަކުގެ އިހުލާސްތެރިކަން. ކޮން ފަރުދީ ޒިންމާއެކޭ ކިޔާކަށް. ސަރުކާރުތަކުން ތިޔަ ކަންކަމަށް ދޮރު ހުޅުވާފައި ބާއްވާތީ ވާކަންކަން
ނަޝީދު.
05 March 2021
ވައުދު ނުފުއްދުމުގެ ނަތީޖާ! ތި ފެންނަނީ ރައްޔިތުން ވަޒީފާނުލިބި ގޮތްހުސްވެފަވާ މިންވަރު ... އަދިވެސް ވައުދުވާތި! ގައުމު ދަނީ ދުވަހަކަށްވުރެން ދުވަހެއް ފަހަތައް!
އަހްދު
05 March 2021
ލޮލަށް ނުފެންނަ ވައިރައެއް ކޮންޓްރޯލް ކުރެވޭއިތު ކިލޯއިން ޓަނުން އެތެރެވާ އެއްޗެއް ކޮންޓުރޯލް ނުކުރެވޭކަމީ ދައުލަތް ލަދުގަންނަންޖެހޭކަމެއް! ތިބެގެން މޮޅުވާހަކަ ދައްކަނީ! ރަނގަޅު ނިޔަތެއްގައި އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ!!
ނެކްސްޓް
05 March 2021
މިވާހަކަ މިހެން ދައްކަން ކަމާބެހޭ އިދާރާރަކުން ލަދު ގަންނަންޖެހޭ
ސޯލްޖާ
05 March 2021
ފަރުދީ ޒިންމާއޭ ނުކިޔާ ކަލޭމެންގެ ޒިންމަަ އަދާ ކުރަންވީ. ރައްޔިތުން ކަލޭމެންނަށް އެވެރިންގެ ފައިސާއިން ކިޔަވަދީ ނުވިތާކަަށް ވަޒީފާ ދީފަ މުސާރަ ދޯފަ ތިބެނީ ކަމަކު. ދެން ކަލޭމެން ފުރިހަމައަށް އެކަން ދެނެގެން ޒިންމަަ އަދާ ކުރީމަ ނިމުނީ. ބޭކާރު ވާހަކަ ތި ދައްކަނީ. ހުސް ބަހަނާ ތިދައްކަނީ. ކަލޭމެން އަސްލު ތިވަނީ ހިޔާނާތްތެރި
އަލި
05 March 2021
އެތައްފަހަރަކު ފަރުދީ ޒިންމާ އަދާކުރަން ގުޅިން. ނަމަވެސް ފުލުހުންގެ ބަހަކީވެސް ގެންދެވިދާނޭ ނަމަވެސް ޖެހޭނީ ހަމަ ދޫކޮށްލާށޭ ކޮބާހޭ ބޭނުނެއް. އެހެންވީމަ ފަރުދީ ޒިންމާ ވާހަކަ ނުދައްކާ. ފުލުހުންގެ ޔުނިފޯރމުގައި ތިދައްކަނީ ސިޔާސީ ވާހަކަ.
މިވަރެއްނެތް
05 March 2021
މިވަރުވާއިރުވެސް މިކަން ހައްލުކުރަން ބޭނޫންވާ ވަސީލަތެއް ނުހޯދުނުދޯ؟ އެކަމަކު 50 ބުރީގެ ޓަވަރު އަޅަން އެބައުޅޭ. ގައުމެއްގެ ޖީލެއް ނެތިދާއިރު ކަމެއްނުކުރާއިރު އެއީ މައްސަލައެއްކަން މިރޯނުއެދުރުންނާޢި ވެރިންނަށް ނޭގޭތީވެ ހަމަ ހިތާމަކުރަން.
ޒައިނަބް
05 March 2021
މިގައުމުގައި ތަންފީޒީއިދާރާތަކުގައި މަސައްކަތް ކުރާމީހުންނަށް ހީވެފައި އޮއްނަނީ ހުރިހާކމަެއް ހައްލުވާނީ އމިއްލަ ފަރުދީ ޒިއްމާނަގައިގެން ކަމަށް. މިހެން ކިޔަނީ މިަސައްކަތެއް ކުރަންޖެހޭތީ ރެކެން. ގާނޫނު ހިންގާމީހުން ހަރުކަށިފިޔަވަޅުއަޅައިގެން ހައްލުކުރެވޭނީކަންކަން.
ޞައްސެ
05 March 2021
ޢަހަރެންގެ ވަގުތު ބޭކާރުކުރަން ތިހެން މީހުންގެ ލޮލުގަ އަނދުން އެޅުވިޔަސް ކަމެއް ދެން ރިޕޯޓް ކުރާކަށް ނެތިން. ގުޅި އެއްފަހަރުވެސް ހައްލެއްކޮށްދީފައެއް ނެތް..މިއަދު ގެންގޮއްސިއްޔާ މާދަން ދޫކޮށްލާނެ..މާރަގަޅުވާނެ މަޑުން ތިބިއްޔާ.......
ބޮޑުމީހާ
05 March 2021
މައްސަލަ ހައްލުވާނީ ހައްލުކުރަން އުޅެގެން. ސިންގަޕޫރުގަ މަސްތުވާތަކެއްޗާއި ކޮރަޕްޝަނުގެ ސަކަރާތެއް ނުޖެހޭ. މިރާއްޖޭގަ ގާނޫނު ތަންފީޒު ނުކުރެވި ދައުލަތް ބޮއްސުންލައިފި