ދިވެހި ކުޅިވަރު / މުހައްމަދު ޝިޔާޒު (މޯހަން)

ސަސް ގަދަ ހަޔަކަށް ވަންނަންޖެހޭ: މޯހަން

ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން).-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުކަމާ އޭނާ ހަވާލުވުމުން ހަވާލުކުރި ޓާގެޓްތަކަށް ވާސިލްވުމަށް މަސައްކަތްކުރާއިރު ލީގުގެ ގަދަ ހަ ޓީމު ތެރޭގައި ސަސް އޮތުމީ ވަރަށް މުހިއްމު ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ސަސް އިން ސީޒަން ފެށީ އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގަ އެވެ. ނާދުގެ ކޯޗުކަމުގައި ސަސް ސީޒަނަށް ނުކުތީ ގަދަ ހައެއްގެ ޓާގެޓާ އެކު އެވެ. އެ ޓީމު ގަދަ ހައެއްގައި އޮއްވައި ނާދު މަގާމުން ވަކިވުމުން މޯހަންއާ ޓީމު ހަވާލުކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި އެކި ޕްލޭންތަަކަކާ އެކީ އެވެ.

ލީގުގައި މިދިޔަ ހުކުރު ދުވަހު ހަވީރު އީގަލްސް އަތުން ސަސް ބަލިވުމުން އެ ޓީމު އޮތީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އެއީ ނުވަ މެޗުން އަށް ޕޮއިންޓާ އެކު އެވެ. މިރޭ ސަސްއާ ދެކޮޅަށް ކުޅޭ ޓީސީ އޮތީ ހަ ވަނައިގަ އެވެ. އެއީ ނުވަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ސަސް މިރޭ މޮޅުވެއްޖެނަމަ އެ ޓީމަށް ހަ ވަނަ އަށް އެރޭނެ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ އެ ޓީމުން އޭނާއާ ހަވާލުކުރި ޓާގެޓަށް ވާސިލްވުމަށްޓަކައި ނަތީޖާ ނެރުން ވެސް މުހިއްމު ކަމަށެވެ.

"އަޅުގަނޑު މިތަނަށް ގެނައި އެންމެ ބޮޑު އެއް ބޭނުމަކީ ރީތި ފުޓްބޯޅައެއް ކުޅުން. އެކަން އެބަދޭ މިހާރު ވެސް ކުރެވެމުން. ދެން އޮތީ ރިޒަލްޓަށް މަސައްކަތްކުރުން މި އަހަރު ހުރިހާ ކަމެއް ނުވެދާނެ. ކުރިއަށް އޮތް މުސްތަގުބަލުގައި މި ޓީމު ރަނގަޅު ކާމިޔާބީތަކެއް ހޯދާނެ ފުޓްބޯޅައިން،" މޯހަން ބުންޏެވެ. "ގަދަ ހަޔަކަށް ވަންނަން ޖެހޭ. ރެލިގޭޝަނުން ސަލާމަތްވުން ވެސް އެއީ މުހިއްމު ކަމެއް. ވަރަށް ބޮޑަށް އެ އަށް ވިސްނަން. އެކަމަކު އެއާ އެކީގައި އަޅުގަނޑުމެން ކުޅޭ ބޯޅަ ދޫކޮށްލާކަށް ނުވިސްނަން. އެކަމަކަށް ވެސް އިސްކަން ދީގެން ދެ ކަންތައް ވެސް ކުރިއަށްގެންދެވޭތޯ މި ބަލަނީ،"

ޓީސީއާ ދެކޮޅަށް ނުކުންނައިރު ސަސް އަށް އޮތް އެޑްވާންޓޭޖަކީ ކޮވިޑާ ހެދި މިއައި މެދުކެނޑުމަށް ފަހު މެޗެއް ކުޅެލެވުމެވެ. އެކަަމަކު އެ އެޑްވާންޓޭޖްގެ ބޭނުން އެންމެ ރަނގަޅަށް ހިފެން ނެތީ ދެ މެޗު ދެމެދުގައި ގިނަ ދުވަހެއް ނެތުމުންނެވެ. މޯހަން ބުނީ ހުކުރު ދުވަހު މެޗު ކުޅެފައި ތިން ދުވަސް ފަހުން އަނެއްކާ މެޗެއް ކުޅޭއިރު ތައްޔާރުވާން މާ ގިނަ ޕްރެކްޓިހެއް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އިން އެޑްވާންޓޭޖަކީ ޓީސީ މެޗެއް ނުކުޅެ އޮތުން. އިން ޑިސްއެޑްވާންޓޭޖަކީ ހަމަ އެއީ ކައިރިކައިރީގައި މެޗު ކުޅެން ޖެހޭއިރު ފިޓްނަސް މައްސަލަ ހުރިމަ އެކަމަށް ހަމަ ވިސްނާލަންޖެހޭ. ދެން އެ ގޮތަށް ބަލާއިރު ދެކޮޅަށް ވެސް ހަމަހަމަ،" މޯހަން ބުންޏެވެ.

މި މަހުގެ ޓްރާންސްފާ މާކެޓްގައި ސަސް އިން ގެނައި ނެދަލެންޑްސްގެ މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ މިޑްފީލްޑަރު އަޖްނާނޭ މުހައްމަދު އާއި ސްވިޑަންގެ ފޯވާޑް ޝްކޮޑްރަން މަހޯލީގެ ފިޓްނަސް ރަނގަޅުވަމުން އައިސް އަންނަ މަހުގެ މެދުތެރޭ ހިސާބުގައި އެ މީހުންގެ އަސްލު ފޯމުގައި ކުޅޭނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ. އަދި ސަސް ޑިފެންސްލައިނުގައި ގިނައިން ތިބީ ދުވަސްވީ ކުޅުންތެރިން ކަމަށްވެފައި އެ މަގާމުތައް ރޮޓޭޓްކުރެވޭނެ ރަނގަޅު ކުޅުންތެރިން ނެތުމަކީ ބޮލުގެ ރިހުމެއް ކަމަށާއި އެކަމަކު ލޯން އެއްބަސްވުމެއްގެ ދަށުން މާޒިޔާ އިން ސަސް އަށް ބަދަލުވި މުޖުތާޒް މުހައްމަދު (މުޖޭ) ހުރުމަކީ ކޮންމެވެސް ވަރެއްގެ ހައްލެއް ކަމަށް މޯހަން ބުންޏެވެ.

ޓީސީ އާއި ސަސް ކުޅޭ މެޗު ފަށާނީ މިރޭ 21:00 ޖަހާއިރު އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

30 March 2021

ގަދަ 6 މިހެން ފާރުގަ ލިޔެފަ ، ދެން އޭގެ ކާރީގަ ސަސް ލިޔެލާ.މިގޮތަށް ގަ6 ލިބިދާނެ.ހެހެހެހެހެހެ.މިއަދު މިހިރި ވަރަށް ކިކްގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454