ޗައިނާގެ އަހަރީ އެންޕީސީގެ ބައްދަލުވުން ކުރިއަށް ދަނީ. --ގެޓީ އިމޭޖަސް
07 މާޗް 2021 - 15:02
ބެއިޖިން (މާޗް 7) - ހޮން ކޮންގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ގެންނަ ބަދަލުގެ ދިފާއުގައި ޗައިނާ އިން ވާހަކަ ދައްކައިފި އެވެ.
ހޮން ކޮންގުގެ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުން ޗައިނާގެ ބާރު އޮންނަ ކޮމިޓީއަކުން ފާސްކުރާ ގޮތަށް ގެނައި ބަދަލަށް އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް އެ ބަދަލުގެ ދިފާއުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަން ޔި ވިދާޅުވީ އެއީ ހޮން ކޮންގުގެ ހަމަޖެހުން ގާއިމްކުރުމަށްޓަކައި މުހިންމު ބަދަލެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަދަލުގެ ސަބަބުން ހޮން ކޮންގުގެ އިންތިޚާބުތައް ގަޑުބޮޑުވުމުން ސަލާމަތްވެ ހިންގުމުގެ ރަނގަޅު ނިޒާމަކަށް ބަދަލުވާނެ ކަމަށެވެ.
ހުކުރު ދުވަހު ފެށި ޗައިނާގެ ނޭޝަނަލް ކޮންގްރެސް (އެންޕީސީ) އަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ކޮން ކޮންގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ އެންޑިޑޭޓުން ޚާއްސަ ކޮމިޓީއަކުން ފާސްކުރަން ޖެހެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ އެއީ ހޮން ކޮންގުގެ ޑިމޮކްރެސީ އަށް ޗައިނާ އިން ދިން ހަމަލާއެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޯރާބޯރާ
07 March 2021
އެމެރކާ ދެން ދުނިޔޭގެ ޑިމޮކްރަސީ އާ ބެހޭގޮތުން ވާހސކަ ދެއްކުމަކީ ލަދުވެތިކަމެއް. ތިޔައީ ހަގީގަތުގައި ޑިކްޓޭޓަރޝިޕެއް. އަނިޔާވެރިކަމުގެ ހައްދު ފަހަނައަޅާއޮތް ގައުމެއް. އިންސާނީ ދަރިފަސްކޮޅު ނައްތާލަން ނިއުކްލިއަރ ބިން ހަދައިގެން އޭގެ ބާރުގަ އޮތް ނިކަމެތި ގައުމެއް. ޗައިނާ އާ ދުވަހަކުވެސް ތި ގައުމަށް ދެން ވާދަ ނުކުރެވޭނެ.