ވަން ޕްލަސް އިން މި ފަހަރު ނެރެނީ ސީރީޒް 9.
09 މާޗް 2021 - 07:45
ޗައިނާގެ ވަން ޕްލަސް ކުންފުނީގެ އާ ފޯނު މި މަހުގެ 23 ގައި ނެރޭނެކަން އިއުލާންކޮށްފި އެވެ.
މި ފަހަރު ވަން ޕްލަސް 9 ސީރީޒް ނެރެނީ ކުރީގެ ފޯނުތަކާ ހިލާފަށް ވަރަށް ވަރުގަދަ ކެމެރާއަކާ ވެސް އެކީގަ އެވެ. މިކަމަށްޓަކައި ވަން ޕްލަސް އާއި ސްވިޑްންގެ ކުންފުނި ހެޒެލްބްލެޑް ވަނީ ތިން އަހަރުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
ވަން ޕްލަސް 9 ސީރީޒަކީ 5ޖީ ނެޓްވޯކާ އެކު ވެސް ނެރޭނެ ފޯނެކެވެ. މި ފަހަރު ފޯނު ސޮނީ އައިމެކްސް 789 ސެންސަ އާއި ދެކުނު ކޮރެއާގެ ސެމްސަންގްގެ އެސް21 އަލްޓްރާއި އައިފޯން 12 ޕްރޯ އާއި ޕްރޯ މެކްސްގައި ހިމެނޭ 12-ބިޓް ރޯ އިމޭޖް ކެޕްޗާއާ ވެސް އެކީގަ އެވެ. އެހެންވެ ވަންޕްލަސްގެ 9 ސީރީޒްވެގެން ދާނީ ކަސްޓަމަރުން ހިތްހަމަޖެހޭ ވަރަށް ގިނަ ފީޗާތަކާ އެކު އަންނަ ފޯނަކަށެވެ.
OnePlus 9 Series finally Launching on March 23 #OnePlus9 #OnePlus9Pro #oneplus9 #OnePlus9R pic.twitter.com/kNLEZxj20l
— Technology Edge (@Tech_EdgeTE) March 8, 2021
އެކަމަކު އިންތިޒާރުކޮށްލަން ޖެހެނީ މި މަހުގެ 23 އަށެވެ. ފޯނު އާންމުކޮށް ވިއްކަން ފަށާނެ އިރަކާއި އަގުތައް ވެސް އެނގިގެން ދާނީ އެ ދުވަހު ބާއްވާ އިވެންޓާ އެކީގަ އެވެ. އެ އިވެންޓްގެ ޓެގް ލައިނަކީ "އިޓް އޯލް ބިގިންސް ވިތު އަ ސިމްޕަލް ތޯޓް" އެވެ.
ކެމެރާ ވަރުގަދަކުރަން ވަންޕްލަސް އިން ހެޒެލްބްލެޑްއާ އަތުގުޅައިލި އިރު އެ ކުންފުނިން ކުރިން ވެސް ސްމާޓްފޯނެއްގައި ހިއްސާވެފައިވެ އެވެ. އެއީ ލެނޯވޯގެ "މޮޓޮމޮޑް" ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy