ޚަބަރު / އަބްދުﷲ ލުތުފީ

ފިލި މައްސަލައިގައި ލުތުފީއަށް ހަތް މަހުގެ ޖަލު ހުކުމެއް

ނޮވެމްބަރު 3ގެ ހަމަލާއަށް ފަހު، ލަންކާގައި ފިލައިގެން އުޅުނު ލުތުފީ، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން މިދިޔަ ޖުލައި މަހު ރާއްޖެ ގެނެސް އެއާޕޯޓުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މީގެ 32 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި އަބްދުﷲ ލުތުފީ ޖަލު ހުކުމް ތަންފީޒުކުރަނިކޮށް ގޮސް ފިލި މައްސަލައިގައި އޭނާއަށް ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ސްރީ ލަންކާގެ ޕްރޮޓް ޖަމާއަތާ ގުޅިގެން ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ހ. ހާޖަރާގެ ލުތުފީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އޭނާ ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލީ އެވެ.

އޭގެ ފަހުން ސްރީ ލަންކާގައި އުޅެމުން ދަނިކޮށް ލުތުފީ ރާއްޖެ ގެނައީ 2019 ވަނަ އަހަރު އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް، ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާކޮށްފައި ވެ އެވެ. ދައުވާއަށް ލުތުފީ ވަނީ އިއުތިރާފު ވެސް ވެފަ އެވެ.

ކޯޓުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ލުތުފީބުނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލައިގެން އުޅެފައި ނުވާނެ ކަމަށާއި އޭނާ ބޭރުގައި އުޅުނީ ބޭސްފަރުވާ އަށް ހުއްދަ ހޯދައިިގެން ކަމަށެވެ. ނަމަވެސް މަައްސަލަ އިތުރަށް ދިގު ދެމިގެންދާނެތީ ބޭނުންވަނީ ދައުވާ އަށް އެއްބަސްވާން ކަމަށް ބުންޏެވެ. އެއާ އެކު ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދޭން އޭނާ އެދުނެވެ.

މީހުން ބަންދުކުރާ މަރުކަޒުން ފިލުމުގެ ކުށަށް އޮންނަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ދައުވާ އަށް ލުތުފީ އެއްބަސްވެފައިވާތީ އޭނާގެ މައްޗަށް ދެން އަންނާނީ އެ އަށް ވުރެ ވެސް ކުޑަ އަދަބެކެވެ.

11 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ނަޖީބު

10 March 2021

7 މަސް ކޮށްފަ މީނަ މިނިވަންވެގެން ނުޥާނެ. ކުރީގެ ހުކުމްވެސް ތަންފީޒުވާން ޖެހޭނެ

The name is already taken The name is available. Register?

ބިލް ކުލިންޓަން

10 March 2021

އަލީ ވަހީދު ފިލައިފިއްޔާ އޭނާއަށް ޖަހާނީ ހަފްތާއެއްކަންނޭގެ. ސަބަބަކީ މިހާރު އޭނާ ގުނެނީ ރޯޔަލުންގެ ލިސްޓުގާކަމަށްވާތީ.

The name is already taken The name is available. Register?

ޚައްދަ

10 March 2021

ތިހެން ދަމުންދަމުން އެންމެ ފަހުން ފެންނާނީ ތި ބާޣީ މިސަރުކާރުން މިނިވަންކުރާތަން. 19 ދިވެހިންގެ ލޭ މިބިމަށް އޮހޮރާފަ، އެވަރުން ނުވެގެން ހުކުމަށް ފިލައިގެން! ހުރި ހަޔާތްކުޑަކަން!

The name is already taken The name is available. Register?

މާޑް

10 March 2021

ކޮއްމެގޮތެއްވިޔަސް ފިލައިގެން ގޮސް ހުއްޓާ ގެނައީ މިސަރުކާރުން. އަދި ފެއްނަނީ ލުތްފީ މިނިވަންކުރަން.

The name is already taken The name is available. Register?

ކޮރަލް

10 March 2021

ގަލޮޅުން ލިޔެފަ އޮތް ހުކުމަކާ ވައްތަރެވެ. މަރާލި މީހުންގެ އާއިލާތަކުން ދައުވާ ކޮށް ބަލާށެވެ.

The name is already taken The name is available. Register?

މަހުމާ

10 March 2021

ޓަގު ބޯޓެއް ( ބޯވިއްދިއެއްގައި ) ފިލި މީހާ އާއި ލުޠުފީ އާއި އަޅާ ބަލާއިރު ކިހިނެތްތޯ ފެންނަނީ

The name is already taken The name is available. Register?

ފޫހި

10 March 2021

އައްޗީޑި އަނެއްކާވެސް އެމްޑީޕީން ދިވެހިންގެ މޫނުމަތީގައި ޖެހި އެތިފަހަރެއް.

The name is already taken The name is available. Register?

ފަޑުއްކަ

10 March 2021

ކޮންގޮތަކުންބާ؟

The name is already taken The name is available. Register?

ސޯޓޭ

10 March 2021

މީ ދިވެހިންނަށް އޮޅުވާލުމުގެ މަރުހަލާ. މިނިވަން ކުރަން ތައްޔާރުވަމުން އެދަނީ.

The name is already taken The name is available. Register?

ވަކަންޑޭ

10 March 2021

ވާނުވާ ނޭގުނަސް ކޮމެންޓް ކުރާތި، ބަލަ ލުތުފީ އަށް އެދިން އަދަބަކީ އޭނަ ފިލުމުން ޖިނާއީ އިޖުރާތުގަ އޮންނަ އަދަބު އޭނަގެ އަސްލު ކުށުގެ އަދަބު ހަމަކުރިން އޮތްގޮތަށް އޮންނާނެ ވަރަށް ވެދުން

The name is already taken The name is available. Register?

1828

10 March 2021

09 އަހަރު ފިލައިގެން އުޅުނު. މިހުކުމް އަކީ ބޮޑު ޗޯކެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454