އޮކްސްފޯޑް-އަސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން: ސީރަމް އިން ބުނަނީ ރޯ މެޓީރިއަލްސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް
20 މާޗް 2021 - 15:46
އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭހުގެ ބޮޑު ކުންފުނި އެސްޓްރަޒަނެކާ އިން ތައްޔާރުކުރި ކޮވިޑް ވެކްސިން އުފެއްދުމުގައި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އަށް ހުރަސްތަކެއް ކުރިމަތިވެ، ގައުމުތަކާ އެކު އެއްބަސްވެފައި އޮތް ގޮތަށް ވެކްސިން ފޯރުކޮށްދޭން ދަތިވެއްޖެ އެވެ.
މި މައްސަލައާ އެކު ރާއްޖެ އަށް ވެސް، ސަރުކާރުން ބޭނުންވާ އަވަސް މިނުގައި ކޮވިޝީލްޑް ލިބިދާނެތޯ މިހާރު މި ވަނީ ސުވާލު އުފެދިފަ އެވެ.
ސީރަމްއަށް ދިމާވެފައިވާ މައްސަލަ ބޮޑަށް އާންމުވީ އިނގިރޭސި ވިލާތަށް ފޯރުކޮށްދޭން ޖެހޭ ވެކްސިން ނުފޮނުވިދާނެ ކަމަށް ބުނުމާ އެކު އެވެ. އެސްޓްރަޒަނެކާގެ 5 މިލިއަން ޑޯޒް އެޕްރީލް މަހު އިނގިރޭސި ވިލާތަށް ފޯރުކޮށްދޭން ސީރަމްއިން ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު މިހާރު ބުނަނީ މަހެއްހާ ދުވަހަށް އެކަން ލަސްވެފައިވާ ކަމަށެވެ.
ވެކްސިން އުފެއްދުމުގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ސީރަމް އިން ބުނާ ގޮތުގައި ކުރިން ލަފާކުރި މިންވަރަށް ވެކްސިން ނުއުފެއްދެނީ ބޭނުންވާ ރޯ މެޓީރިއަލް، އެމެރިކާއިން ލިބުމުގައި އެރި ތާށިތަކުގެ ސަބަބުންނެވެ. ލިބުން ދަތި އެއްޗެހީގެ ތެރޭގައި އެކަމަށް ބޭނުންވާ ހާއްސަ ކޮތަޅުތަކާއި ކެމިކަލްސް އަދި ފިލްޓަރުތައް ހިމެނޭ ކަމަށް، ސީރަމްގެ ޗީފް އެގްޒެކްޓިވް އަދާރް ޕޫނަވާލާ ވިދާޅުވި އެވެ.
ކުއްލި ހާލަތްތަކުގައި ވަކި ކަހަލަ އެއްޗެހި އެކްސްޕޯޓްކުރުން މަނާކުރަން އެމެރިކާގެ ރައީސަށް ބާރު ލިބިދޭ ގާނޫނުގެ ދަށުން އެމެރިކާއިން ވަނީ ވެކްސިން އުފައްދަން ބޭނުންވާ ވަރަށް ގިނަ ސާމާނު ބޭރުކުރުން މަނާކޮށް ނުވަތަ ހިފެހެއްޓުންތަކެއް ގެންގުޅެން ފަށައިފަ އެވެ.
"ބޭނުންވާ ވަރަށް ވެކްސިން ނުއުފެއްދިގެން މި އުޅެނީ މިކަހަލަ ރޯ މެޓީރިއަލްސް ނުލިބިގެން. މި މައްސަލަ ހައްލުކުރެވޭ ގޮތެއް އެއްވެސް ބަޔަކަށް އަދި ނުވޭ،" ޕޫނަވާލާ ވިދާޅުވި އެވެ.
އިންޑިއާގެ އެހެން ކުންފުންނެއް ކަމަށްވާ ބަޔޮލޮޖިކަލް އީގެ ފަރާތުން ވެސް ވަނީ ހަމަ އެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެ ކުންފުނިން އަންނަނީ ޖޯންސަން އެންޑް ޖޯންސަން އިން އީޖާދުކުރި ކޮވިޑް ވެކްސިން އުފައްދަމުންނެވެ.
ޗީފް އެގްޒެކްޓިވް މަހިމާ ދަތުލާ ވިދާޅުވީ އެއްބަސްވެފައިވާ ގޮތަށް ސާމާނު ފޯރުކޮށްދޭނެ ކަމަށް ބުނަން އެމެރިކާގެ ސަޕްލަޔަރުން މިހާރު ޖެހިލުންވާ ކަމަށެވެ.
ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ސީރަމް އިން އުފެއްދި 130 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން، އިންޑިއާ އާއި އެހެން ގައުމުތަކުން ބޭނުންކޮށްފައިވެ އެވެ.
ކޮވިޑް ވެކްސިން ޖަހަން މާލޭގައި ކިއޫ ހަދާފައި: ފުރަތަމަ ޑޯޒް ދިނުން މިހާރު ވަނީ މެދުކަނޑާލައިފައި
ޖެނުއަރީ މަހު ސީރަމްއިން ބުނެފައި ވަނީ ކޮވިޝީލްޑާއި އެމެރިކާގެ ނޯވަވެކްސް ވެކްސިން ހިމެނޭ ގޮތަށް އޭރު މަހަކު 60 އާއި 70 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި މާޗު މަހުން ފެށިގެން އެ އަދަދު 100 މިލިއަނަށް މަތިކުރެވޭނެ ކަމަށް ވެސް އޭރު ސީރަމްއިން ބުންޏެވެ.
ވެކްސިންގެ ކިހާ ވަރެއް ރައްކާކޮށްފައި ހުރި ކަމެއް އަދި އިންޑިއާގެ އެތެރޭގެ ބޭނުންތަކަށް ދެނީ އުފައްދާ ވެކްސިންގެ ކިހާ މިންވަރެއްކަމެއް، ސީރަމްއިން ސާފުކޮށެއް ނުދެ އެވެ.
ބައެއް ހިސާބުތަކުގައި މިހާރު ވެސް ވަރަށް ބާރަށް ކޮވިޑް ފެތުރެމުން ދާއިރު އިންޑިއާ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ހަތް މަހުގެ ތެރޭގައި 600 މިލިއަން ޑޯޒް ދިނުމެވެ. އޭގެ މާނައަކީ މަހަކު 85 މިލިއަން ޑޯޒެވެ.
އިންޑިއާ ސަރުކާރާ އެކު މިހާތަނަށް ސީރަމްއިން އެއްބަސްވެފައި ވަނީ 100 މިލިއަން ޑޯޒް ފޯރުކޮށްދޭށެވެ.
ކޮވިޑް ވެކްސިން އެކްސްޕޯޓްކުރަން އެއްވެސް ހުރަހެއް ނާޅާ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ. އަދި އިންޑިއާ އިން ގެންދަނީ އަވަށްޓެރި ބައެއް ގައުމުތަކަށް ވެކްސިން ފޯރުކޮށްދެމުންނެވެ.
ކޮވިޝީލްޑްގެ 300،000 ޑޯޒް ގަންނަން ސީރަމްއާ އެކު ރާއްޖެއިން ވަނީ އެއްބަސްވުން ހަދައިފަ އެވެ. ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި މެދު ފަންތި އާއި ފަގީރު ގައުމުތަކަށް އިސްކަންދޭނެ ކަމަށް، ސީރަމުން ބުނެ އެވެ.
ކޮވިޝީލްޑަކީ އޮކްސްފޯޑާއި އަސްޓްރަޒަނެކާގެ ވެކްސިންއަށް ސީރަމްއިން ދީފައިވާ ބްރޭންޑް ނަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީރަމް
20 March 2021
މިހާރު ސުވާލުކުރިޔަސް ނަޒުލާ ބުނާނެ ވެކްސިން ހުރީ ލިބިފައޭ. ދެވަނަ ޑޯޒު ޖަހަން ފަށާނަމޭ މާދަމާ. މީ އަހަރެމެން ގައުމުގަ ތިބި މީހުންގެ ފެންވަރު. ދުވަހަކުވެސް ތެދު މައުލޫމާތެއް ނުދޭނެ. ކޮންމެ ކަމެއްގަވެސް ދޮގެއް ހެދޭތޯ ބަލާނީ
އިންއިންއިން
20 March 2021
އޮކްސްފޯރޑް ވެކްސިން އައުޓް ޗައިނާ ވެކްސިން އިން އޮކްސްފޯރޑް ވެކްސިން އައުޓް ޗައިނާ ވެކްސިން އިން އޮކްސްފޯރޑް ވެކްސިން އައުޓް ޗައިނާ ވެކްސިން އިން އޮކްސްފޯރޑް ވެކްސިން އައުޓް ޗައިނާ ވެކްސިން އިން އޮކްސްފޯރޑް ވެކްސިން އައުޓް ޗައިނާ ވެކްސިން އިން އޮކްސްފޯރޑް ވެކްސިން އައުޓް ޗައިނާ ވެކްސިން އިން އޮކްސްފޯރޑް ވެކްސިން އައުޓް ޗައިނާ ވެކްސިން އިން
ށަވިޔަނި
20 March 2021
ތިވެކްސިން ޖެހިމީހުންނަށްވާވަރަށް ހޯދަން އެބަޖެހޭ. މިކަހަލަ ހާލަތަކަށް ނުބަލާ ލިބުނުހާ ވެކްސިން ޖަހާ ހުސްކުރީމަ ގޯހީ. ލިބުނު ވެކްސިންގެ ހާފް ޖެހިނަމަ ޗައިނާ އަދި ރަޝިއާ އިންވެސް ގެނެވޭނެ.
1234
20 March 2021
ކޮވިޝީލްޑްގެ ދެވަނަ ޑޯސް ނުލިބިއްޖެއްޔާ އަހަރަމެން އަނެއްކަވެސް ޖެހޭނީ ޗައިނާވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރަންދޯ؟ އަެރުވެސް ބުނިން ޗައިނާ ވެކްސިން ޖަހާށޭ.. މިހާރު ފުރަތަމަ ޑޯސް ބޭކާރު އެއްޗަކަށް މިވީ؟
ޙަމް777
20 March 2021
އަވަހައް ޗައިނާ ވެކްސިން ބަލާގޮސް ގެނޭ. އިންޑިޔާ އެކަންޔެއް ނޫން ވެކްސިން ހަދަނި. ބައިނަލް އަގުވާމީ ސައިންޓިސްޓުންގެ ޕީރިވިއު ބުނާ ގޮތުން ރަޝިޔާގެ ވެކްސިނަކީ 90% އެފިކަސީ ހުރި ކޮލިޓީ ވެކްސިނެއް. މިތަނުން ވެސް ލިބޭތޯ ބަލާ.
ކައުންސެލަރު
20 March 2021
އުނހު. ކަމަކުނުދާނެ. އިންޑިޔާ ވެކްސިންނޫނީ ޖަހައިފިއްޔާ ގައުމީ ސަލާމަތަށް ނުރައްކާވެދާނެނޫންތޯ؟