ރައީސް އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުކަމަށް ވަނީ އިއުލާނުކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 މާޗް 2021 - 19:05
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ފަސް އަހަރަށް އައްޔަންކުރާ މަގާމަށް ކުރިމަތިލުމަށް ފޯމު ބަލައިގަންނާނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 1:30 އަށް ކަމަށެވެ.
އެކަމަށް އެދޭ ފޯމު ރައީސް އޮފީހުން އަދި ،www.presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ އެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒު މޫސާ އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެގޮތަށް ނިންމެވީ އޮންލައިން ނޫހެއް އުފެއްދުމަށެވެ. ފިޔާޒު އިސްވެ ހުންނަވައިގެން އެ ނޫސް އުފެއްދުމުގެ މަސައްކަތް ފަށާފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
މީގެ 21 އަހަރު ކުރިން ނޫސްވެރިކަން ފެއްޓެވި ފިޔާޒު، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރެއްވީ އޮކްޓޯބަރު 31، 2019 ގަ އެވެ. އޭނާ ވަނީ އާފަތިސް ނޫހާއި "ހަވީރު"ގެ އިތުރުން ރާއްޖެ ޓީވީގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޫންޖުލޢި
23 March 2021
ތީގެން ތާކަށް ރަނގަޅު މީހަކު ކުރިމަތި ނުލާނެ. މިހާރު ކޮމިސަންތަކުގެ ފެންވަރު ދަށް. އޭސީސީ އޮތީ ވަރަޢް -ހާލުގަ
ފާއިޒާ
22 March 2021
ތިޔަ މަގާމުތަކުގެ އަގެެއް މިހާރަކު ނެތް. ތިޔަ މަގާމްތަކަށް ހޮވާނީ ސިޔާސީ މީހުންގެ ތާއީދު އޮންނަ މީހުން. ކޮންމެހެން ގާބިލް މީހެއްވެސްނޫން.، ތިޔަ މަގާމަށް ލާނެ މީހަކު ވަނީ މިހާރު ކަޑައަޅާ ނިންމާފަ.
ސަމްސުންނިސާ
22 March 2021
ތިތަނަށް ރަނގަޅުވާނެ ކޮންމެސް ކޮމިޝަނަކުން އެހެލާފާހުރިމީހެއް.