ބަޔަކު ދިރާގު ޓީވީ ބަލަނީ--
23 މާޗް 2021 - 11:36
ދިރާގު ޓީވީ ގުޅައި ދިނުމާ އެކު ޖޯއި ބޮކްސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ކަނެކްޝަން ގުޅައިދޭނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ލިބޭ ގެތަކަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ ނިޔަލަށެވެ.
ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ މީހުންގެ މެދުގައި ލަކީޑްރޯއެއް ވެސް ކުރިއަށްދާނެ އެވެ. މި ލަކީޑްރޯއިން ހޮވޭ 20 މީހަކަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ ހިލޭ ބަލައިލެވޭނެ އެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ މެދުވެރިކޮށް 100 އަށް ވުރެ ގިނަ ޗެނަލް ބަލައިލެވޭނެ އެވެ.
ދިރާގުން ވަނީ މި ހިދުމަތް ރާއްޖޭގެ 77 ޕަސެންޓް ގޭބިސީތަކަށް ދޭން ފަށައިފަ އެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނުލިބޭ ރަށްތައް ވެސް ހިމެނެ އެވެ. އެ ރަށްތަކަށް މި ހިދުމަތް ދެނީ ލޯކަލް އޮޕްރޭޓަރުންނާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މނމ2021
23 March 2021
ކަމުދާ ޗެނަލެއް ނެތް. ބޭކާރު އެއްޗެހި ގިނައީ، ތެދެއް ޗެނަލު ގިނަ (ތަމަޅަ މަލަޔާޅަމް ހިންދީ) ކުޑަކުދިންގެ ޗެނަލްތައް ހިންދީ ބަހުން. ޕްރިމިއަ ލީގެއް ނެތް. ވީމާ އަގު ބޮޑަސް މީޑިއާނެޓް ކަމުދޭ
މިސްޓަރ ޓޭ
23 March 2021
ޑިސްކަކްޓް ވުންވެސް ހިލޭ
ބަރަވެލި
23 March 2021
ތިއިޝްތިހާރުތަކެއް ކުރުމަށްވުރެ މިހާރު އެޕްލައިކޮށްފަ ތިބި މީހުންނަށް އަވަހަށް ގުޅައިދެވޭތޯ އުޅެބަލަ.. އިންޓަނެޓްލާން އެޕްލައިކުރީމަ މިބުނަނީ އެއްމަސްވާނެޔޯ ކަނެކްޓްކުރަން.. ޚިދުމަތް ގުޅައިދިނުން މިހާ ސްލޯކޮށް އުޅޭއިރު އިންޓަނެޓުގެ ސްޕީޑް ހުންނާނީ ކިހިނެއްތޯ؟؟