ޚަބަރު / ވަޒީފާއާބެހޭ ޓްރައިބިއުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިދާރީ ދެ ހިންގުންތެރިން ވަޒީފާއިން ވަކިކޮށްފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިދާރާ

މުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކައުންސެލާ ޖެނެރަލް އާލިޔާ ހަނީފާއި ޗީފް އެޑްމިނިސްޓްރޭޓާ އަބްދުލްއަޒީޒް އަހުމަދު މަގާމުން ވަކިކޮށްފި އެވެ.

އެ ދެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ވަޒީފާއާ ބެހޭ ޓްރައިިބިއުނަލުން ބުނީ އެ ދެ މީހުން ވަޒީފާއިން ވަކި ކުރީ ޑިސިޕްލީން މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެ އިދާރާގެ ހިންގުމުގެ އެންމެ އިސް ދެ މުވައްޒަފުންނާ ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުން ބައްލަވައިފަ އެވެ. އަދި އެ މައްސަލަ ބެއްލެވުމަށްފަހު ހަތް މެންބަރުންގެ އިއްތިފާގުން ނިންމެވީ އެ ދެ މީހުން މަގާމުން ވަކި ކުރާށެވެ.

އާލިޔާ އާއި އަޒީޒް މަގާމުން ވަކި ކުރި އިރު އެ ދެ މީހުން ކައުންސެލް ޖެނެރަލްް ކަމާއި ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމުގައި އަދި ވީ މަހެއްހާ ދުވަހެވެ. އެހެންކަމުން މަގާމުން ވަކި ކޮށްފައިވަަނީ ޕްރޮބޭޝަން މުއްދަތުގަ އެވެ. މީގެ ކުރިން އާލިޔާ ހުރީ ރަޖިސްޓްރާގެ މަގާމުގަ އެވެ. އަދި އަޒީޒް ހުރީ އެޑްމިނިސްޓްރޭޓާ އެންޑް އެޗްއާރް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމާއި ކައުންސެލް ޖެނެރަލްގެ މަގާމު އުފައްދައި މުސާރައަށް 37،000ރ. ލިބޭ ގޮތަށް އެ ދެ މަގާމު އުފެއްދީ ވެސް އާލިޔާ އާއި އަޒީޒަށް ޓާގެޓްކޮށްގެން ކަމަށް އެ އިދާރާގެ ބައެއް މުވައްޒަފުން ތުހުމަތު ކުރެ އެވެ. މިގޮތަށް މުވައްޒަފުން ބުނާ އެއް ސަބަބަކީ އެ ދެ މަގާމަށް އިންޓާނަލްކޮށް ހުޅުވައިލި އިރު އެ ދެ މަގާމަށް ޝަރުތު ހަމަވާ އެ އޮފީހުގައި ތިބީ ވެސް އެ ދެ މުވައްޒަފުން ކަމަށްވާތީ އެވެ.

14 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިބޫ

01 April 2021

ތިޔަތަނުގެ ރައީސާ ޢަކީ މުޅިތަނުގެ ހަލާކު. އޭނާގެ ސަބަބުން ޓްރިބުނަލް އޮތީ ކޯމާގަ. ކަމެއް ނޭނގޭތާ މީހަކު ކިޔާ އެއްޗެއް އަޑުއަހަނީކީވެސް ނޫން

The name is already taken The name is available. Register?

ދަރަނި ދަންތުރަ

29 March 2021

އެމް ޑީ ޕީ އިން ގައުމު ދަވާލައިފި ރީނދޫ ގުރޫޕު ވެރިކަމަށް އައްނަ ކޮށްމެފަހަރަކު ގައުމު ދަވާލާ ހުސްވަގުން

The name is already taken The name is available. Register?

ވިކްޓިމް

29 March 2021

ލައްކަ ދުވަސްވެއްޖެ ތިތަން އަމިއްލަ ކޮށްގެން އުޅޭތާ، މުވައްޒަފުންނާ ދިމާއަށް ހިތަށް އެރި އެއްޗެއް ކީއިރު ހިތަކަށް ނާރާ ތިމާއަށް މި ދުވަސް އަތުވެދާނެކަމެއް. އޭރު ހިތަކަށް ނާރާ ތިތާ ތިބި މެންބަރުން މަގާމު ދިފާޢުކުރަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަމެއް.

The name is already taken The name is available. Register?

ބޮޑު ދޮގެއް

29 March 2021

ތިކަނޑައެޅިގެން ބޮޑު ދޮގެއް!

The name is already taken The name is available. Register?

ކުލަކުލަ

29 March 2021

ހާދަހާ ހަޑިއެކޭ މިސަރުކާރުން ތިހާވާ ނަގަނީ ސިޔާސީ ކުލަޖެހިފައި ތިބި މީސްމީހުން މިކަލަ މަގާމުތަކަށް ލާއިރުވެސް ވިސްނާލަން އެބަޖެހޭދޯ

The name is already taken The name is available. Register?

އާދަނު1960

29 March 2021

އެހެން ތަންތަނުގެ ވަޒީފާއާ ބެހޭ މައްސަލަތައް ބަލަން ރާއްޖޭގައި ހުރި ޓްރައިބިއުނަލް ގެ ހާލު ތީ. ދެން ވިސްނާ އެހެން އޮފީސްތަކުގެ ހާލު.

The name is already taken The name is available. Register?

މިހާލަތު

29 March 2021

ތިއީ ވަޒީފާއާ ބެހޭ ޓްރައިބިއުންލްގެ ހާލަތު ދެން ވިސްނާލާ ސަރުކާރު އެހެން މުއައްސަސާތަކުގެ އިސްވެރިންގެ ދުއްޕާނާއި، އެތަން ތަނުގައި އުޅޭ ސްޓާފުންނަށް ޖައްސާނެ ހާލު

The name is already taken The name is available. Register?

ޭއެކްސް

28 March 2021

ބޯން އުޅުން ބޮނޑި ބޮވިފަ ތިތިބީ!

The name is already taken The name is available. Register?

ފާތުމަތު

28 March 2021

ފެންވަރުނެތަސް ބޮޑެތި މަގާމުތައް ބޭނުންވަންޏާ ވާނޭހާ ހައެތި ތިވީ. ޢަޒީޒު ނުލާނެ މީހަކު އާދައިގެ މަގާމަކަށްވެސް. ޢޭނާ ތިހާ ބޮޑު މަގާމެއް ދިން ސަބަބު ބަލަން ޖެހޭ .

The name is already taken The name is available. Register?

ވަހީދު

28 March 2021

ސުވާލަކީ އެދެމީހުން މައްސަލަ ހިފައިގެން ދާނީ ކޮންތާކަށްހޭ؟

The name is already taken The name is available. Register?

ޢަސްލަމް

28 March 2021

ވަޒީފާއާއި ބެހޭ ޓްރައޮބިއުނަލްގެ ހާލަތު. ތަނުގައި އާދަޔާ ޚިލާފު ނުބައި ކަމެއް ހިނގަމުން ދާކަން އެނގެނީ ވިދިވިދިގެން 3 ރަޢީސުންނާއި އެތައް ޑިރެކްޓަރުން ތަނުން ބުރައިގެން ދިއުން. މިއީ ކޮންމެ ގޮތަކަށް ހިގިޔަސް އާދައިގެ ކަމަކަށް ނުވާތީ ސީރިއަސް ކޮށް ބަލަންޖެހޭ ކަމެއް. ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ އެއްވެސް އަގެއް ނެތީބާ؟

The name is already taken The name is available. Register?

ޢާލިޔާ

28 March 2021

ޢާލިޔާއަކީ ތިޔަ ޓްރައިބިއުނަލްގެ ހަލާކު.ކިތައް މުއައްޒަފުން އޭނާގެ ޢުދަގުލާހެދި ވަކިވެއްޖެ ތިތަނުން. ޢާލިޔާ ތިތަނުން ބޭރު ކުރުމަކީ ޓްރައިބިއުނަލްއަށް ލިބުނު ކުރިއެރުމެއް. ޢަބަދުވެސް މުއައްޒަފުން އޭނައަށްވުރެ ކުރިއަރާފާނެތީ ބިރުން އުޅޭ މީހެއް ތިއީ.

The name is already taken The name is available. Register?

ކަލޯ

28 March 2021

ތެދެއް މީނާއަކީ ޓރައިބުއުނަލުގެ ރައީސާ ބުނެގެން ވަރަށް ޖަރީމާ ހިންގާފައިވާ މީހެއް. އަދި މުވައްޒަފުންނަށް އެއްގޮތަކަށްވެސް އަޅާލާ މީހެއަނޫން. ގިނައިން އުޅޭނީ ޗުއްޓީގައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454