01 އެޕްރީލް 2021 - 18:15
ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫ އާއި ފުވައްމުލައް ހިމެނޭ ފުލުހުންގެ ސައުތު ޑިވިޝަން ކޮމާންޑަރަކަށް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު އާތިފް ހަމަޖައްސައިފި އެވެ.
ހިތަދު އަށް އުފަން އާތިފަކީ ދުވުމާއި ފެތުމުގެ ދާއިރާ އިން ރާއްޖޭގައި ވަރަށް މަގުބޫލު ޝަހުސިއްޔަތެކެވެ. އޭނާ ފުލުހުންގެ ސައުތު ޑިވިޝަންގެ އިސް ވެރިޔާގެ މަގާމާ ހަވާލުވުމާ ގުޅިގެން މިއަދު އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކުރެއްވި އެވެ.
އެ ބައްދަލުވުމާ ބެހޭ ގޮތުން އާތިފު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލަކީ ފުލުހުންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ކައުންސިލެއް ކަމަށާއި އރ ކަމަށްޓަކައި ޝުކުރު ވެސް އަދާކުރައްވާ ކަމަށެވެ. އަދި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އާ ކޮމާންޑަރާ އެކި ބޭއްވި ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ކޮވިޑް-19ގެ ހާލަތު އައްޑޫގައި އިތުރަށް ގޯސްނުވެ މިހާތަނަށް ހިފަހެއްޓުނީ ފުލުހުންނާއި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އައްޑޫގެ ތިން ޕޮލިސް ސްޓޭޝަނަށް އައްޔަންކުރި ކުރެއްވުނު ކޮމާންޑަރުންގެ ދަށުން ފުލުހުން ކުރި މަސައްކަތަކީ ނަމޫނާ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އަވަށްތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ފުލުހުންނާއި ކައުންސިލުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮންމެ އަވަށެއްގައި ވެސް މިހާރު މުނިސިޕަލް އިންސްޕެކްޓަރުން ތިބޭކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ މުނިސިޕަލް އިންސްޕެކްޓަރުންގެ ސަބަބުން މިހާރު އެކިއެކި ކަންކަމުގައި ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބެމުން އަންނަ ކަމަށެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަން
ސޯބެ ވިދާޅުވި ގޮތުގައި ގާނޫނުގެ ތެރެއިން ފުލުހުންނާ އެކު ކައުންސިލާއި އެހެނިހެން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިއަދުގެ ބައްދަލުވުމުގައި އައްޑޫގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފުލުހުން ކުރާ މަސައްކަތްތަކަށް ކައުންސިލުން ދޭ އެއްބާރުލެއްވުން ފާހަގަކޮށް، ސައުތު ޕޮލިސް ޑިވިޝަންގެ ފަރާތުން ކައުންސިލަށް ހަނދާނީ ފިލާއެއް ދީފައިވެ އެވެ.
ފުލުހުންގެ ސައުތު ޑިވިޝަން ކޮމާންޑަރަކަށް އެންމެ ފަހުން ހުންނެވީ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަމީން އަބްދުލް ގައްޔޫމެވެ.
އައްޑޫގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށްފައިވާ އަވަށްތަކަކީ ހިތަދު އާއި ގަމާއި ހުޅުމީދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިކިމަސް
02 April 2021
އާތިފް އަކީ އައިޓީ ދާއިރާއިން މާސްޓަރސް އަދި އައިޓީ ޕއޮރެފެޝަނަލް ސަޓިފިކެޓް ތަކެއްވެސް ހައްދަވާފައިވާ ބޭފުޅެއް، ދުވުންތެރިއެއް، ފެތުންތެރިއެއް، ފްރީ ޑައިވަރއެއް، ސްކައި ޑައިވަރއެއް، އަދި މޮޅު ފޮޓޯގްރަފަރއެއްގެ އިތުރުން ހިންގުމުގެ ދާއިރާގައި ތަޖުރިބާހުރި ބޭފުޅެއް.
އެއްބެ
02 April 2021
ވަރަށް އަޚްލާގް ރަނގަޅު ބޭފުޅެއް އާތިފް އަކީ
ދަންނަ މީހާ
02 April 2021
ރާއްޖޭގެ އެންމެ ބޮޑު ދެސިޓީ ބެލެހެެއްޓުމަށް އެކަކު އައްޔަން ކުރުމަކީ އެހާ ހަމަޖެހޭ ކަމެއް ނޫން، މިއީތޯ ލާމަރުކަޒީ ކުރުމަކީ؟
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
02 April 2021
ތިޔަށް މިގައުމުގައި ކިއާ އުޅެނީ ( އެ ހެ ލު ން ) އިންފޮމޭޝަން ޓެކްނޮލޮޖީން މަތީ ތައުލީމާ ޕޮލިސް ތަޖުރިބާކާރު ބޭފުޅެއް އޮތޮޅުތެރަށް.
އޮނަރަބްލް އަފީފު ދީދީ
01 April 2021
އާތިފް އަށް މަރުޙަބާ ދަންނަވަން. މަޤާމްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުވަޔާއި އެއްގޮތަށް "އިޙްލާސްތެރިކަމާއި ތެދުވެރިކަންމަތީގައި ސާބުތުވެ ހުންނަވާނެކަމަށް" ދެކެން. # ދެކުނުގެ ފުލުސް ފައުޖަކީ ކ.އަތޮޅު މާލެއިން "ޗުއްޓީ ހަދާލަން އަންނަ ކުދިބައެއް" ކަމުގައި އޮތް އޮތުމަށް ނިމުންގެނެސް ފަސްޖެހުމެއްނެތި ރައްޔިތުންނަށްލިބެންޖެހޭ ޤާނޫނީރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފުލުހުންދެމިތިބިކަން ރައްޔިތުނަށް ޤަބޫލުކުރެވޭވަރަށް ކަންކަމަށް ބަދަލުގެންނަވާ.
ބުރުވާލިބާގިރުގެ ސިޔާސީ މާވަހަރު
01 April 2021
ދެން ޕޮލިސް ދުވެލާދައްކާލާނެ އިނގޭ އެކޮޅުމަތީގާ. އެކަމަކު މިވީގޮތުން އިހުނަށްވުރެ މިކޮޅުމަތި ސުލޯވާނެ.