02 އެޕްރީލް 2021 - 18:21
ފެނަކަ ކޯޕަރޭޝަންގެ ފެން މީޓަރުން ކަސްޓަމަރުންގެ އަތުން ނަގާ 30ރ. އެ ކުންފުނިން މާފުކޮށްދީފި އެވެ.
އައްޑޫގެ އަވަށްތަކެއްގެ ނަރުދަމާ ނިޒާމު ނިންމައި އެ މަޝްރޫ ހިންގައި ބެލެހެއްޓުން ފެނަކައާ ހަވާލުކުރަން އެމްޓީސީސީން މިއަދު ހަވީރު ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ސަޕްލައި ފެން މީޓަރުން ނަގާ 30ރ. ކަސްޓަމަރުންނަށް މާފުކޮށް ދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަމަށެވެ.
"ފެނުގެ ނިޒާމު ގުޅުމާއެކު، މީޓަރަށް ނަގަމުން އައި ތިރީސް ރުފިޔާ ރައީސް މިއަދު ވަނީ ފެނަކަ ހުރިހާ ކަސްޓަމަރުންގެ އަތުން ނެގުން ހުއްޓާލަން ނިންމައި އެކަން މާފުކޮށްދެއްވާފައި،" ސައީދު އިއުލާން ކުރެއްވި އެވެ.
ފެން މީޓަރުން ނަގާ 30ރ. ނުނެގުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވެމުން އަންނަ ވާހަކަ ފެނަކަ އިން އެންމެ ފުރަތަމަ ބުނެފައި ވަނީ 2019 ގަ އެވެ. އެ ވާހަކަ އެ ކުންކުނިން ފުރަތަމަ ދެއްކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އައްޑޫގެ މެނިފެސްޓޯ އެކުލަވައިލުމަށް ޖެނުއަރީ 25، 2019 ގައި އެމްޑީޕީން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރޭގަ އެވެ.
#Live Completion ceremony of sewerage facilities at S. Feydhoo, S. Maradhoo and S. MaradhooFeydhoo.https://t.co/Cc3EcCYbBw
— MTCC Plc (@MTCCPlc) April 2, 2021
އެކަމަކު، އޭގެ ފަހުން ފެށިގެން އެކަމުގެ މަޝްވަރާތަކެއް ކުރިއަށް ގެންދާތީ މިހާތަނަށް އިތުރު ވާހަކަތަކެއް ނުދެއްކެވެ އެވެ.
އައްޑޫގެ ހުރިހާ އަވަށަކަށް ސަޕްލައި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކުންފުނީގެ އެމްޑީ ސައީދު މިއަދު ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ފެނުގެ ނިޒާމު މި ވަގުތު އޮތީ އިތުރަށް އަޕްގްރޭޑް ކުރަން ޖެހިފައި ކަމަށެވެ. އެހެންވެ ކެޕޭސިޓީ އިތުރުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އަވަށްތަކުގެ 1،280 ޓަނުގެ ކެޕޭސިޓީ 14،000 ޓަނަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ މި އަހަރުގެ ތެރޭގައި މި މަސައްކަތުގެ ދަށުނަ ހަތްހާސް ޓަނުގެ ސްޓޯރޭޖް ޓޭންކް ހެދުމުގެ މަސައްކަތް ފަށާނެ،" ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުހު
03 April 2021
ސައިކަލްތަކުގަ އިސްޓިކާ ޖަހައިގެން ތިކަން ހައްލުކުރާނީ. ކޮންމެ ގެއަކަށް 2 އިސްޓިކާ
ޝަފީރު
03 April 2021
މާފު ކުރުމަކީ ދައްކަން ޖެހިފައިހުރިފައިސާއެއް ދައްކަން ނުޖެހޭނެކަމަ ހަމަޖައްސައިދެއްވުން. ލައިންފީގެ ގޮތުގައި ކޮންމެ މަހަކު ނަގުންގެންދިޔަ 30 ރުފިޔާ ނުނަގާ ގޮތަށް ހަމަޖެއްސުމަކީ އުޞޫލަށް ބަދަލު ގެނެސްދެއްވުން. މިއަށްމާފުދިނުންކަމަކަށް ނުކިޔާނެ. ދިވެހިބަސް ނޭނގެނީތަ . ނޫނީ ކަންކަން އޮޅުވާލަނީތަ
ށަވިޔަނި
03 April 2021
އައްޑުއަށް މިއޮތީ މޫސުން އައިސްފަ. ވާހަކަތައް ދައްކާ މޫސުން. ވަރަށް ހަލުވިކަމާއެކު އަނގައިން ޕްރޮޖެކްޓްތައް ކުރިއަށްދާ މޫސުން.
ކިނބޫ
03 April 2021
ދެން އޭގެ ދެތިން ގުނަ ބިލަށް ލީމަ އެހެރީ އޯގާތެރި ސަރުކާރު ހަބޭސް ވެފަ! ހުވާ މިބުނީ ހިޔަޅުވާން އުޅެ އެކަންވެސް ކުރަން ނޭނގުނު ބައެއް.
އިހްލާސް މުހައްމަދު
03 April 2021
ވޯޓް ފަދަ ކަންކަމާ ނުގުޅޭ ގޮތައް ޕުލޭންކޮށްގެން ދެމިހުންނަގޮތަކަށް މިފަދަ ކަންކަން ކުރަން ދަސްކުރަންވެއްޖެ....އަދި އާމުން މިފަދަ މަޅިތަކަށް ހެއްލުމުން ދުރުވާންވެއްޖެ.
މޫސާ ކަލޭފާނު
03 April 2021
ތިއީ ވޯޓަށް ޖަހާ ސްޓަންޓް. އަހަރެމެންގެ ވޯޓެއް ނުލިބޭނެ. އަދި ތިހެން މާފުކުރީއޭ ކުރިންވެސް ބުނި. 2 އަހަރު ވީއިރުވެސް ބިލަކަށް އެކަމެއް ނޭގޭ
އަރުތަ
03 April 2021
ނޫން، މާފު ކުރި ވާހަކައެއް ނުބުނެ، އެކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވެމުން އަންނަ ވާހަކަ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އައްޑޫގެ މެނިފެސްޓޯ އެކުލަވައިލުމަށް ޖެނުއަރީ 25، 2019 ގައި އެމްޑީޕީން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރޭގަ ބުނީ، މިހާރު އެބުނީ އެގޮތަށް އެކަން ނިންމި ވާހަކަ، މޫސާ ކަލޭފާނެއްކަމަކު އޮޅުވާނުލައްވާ، ތިހެން ނުހައްދަވާ.
ކަކުނިބޯ
02 April 2021
މިސަރުކާރުން އެއްޗެއްކެޑިއްޔާ އެހެންގޮތަކުން އޭގެ ދެގުނަ ނޫނީ އެއަށްވުރެ ގިނައިން ނަގާނެ، މިސާލު އިމްޕޯރޓް ޑިޔުޓީ އެތަށް އެއްޗަކުން ކަނޑާލިއިރު އިމްޕޯޓް ލައިސަންސް ކަނޑާލާ އޭރު ނަގަމުން އައި ރެވެނިޔު ސްޓޭމްޕް ފީ އަކީ 100ރ އަށް 10ލާރި ސްޓޭމްޕްގަންނަން ނުޖިހޭގޮތަށް 100ރ އަށް 1ރ އަށް އިތުރުކޮށްލީ އެއީ %90 ގެ އިތުރުވުމެއް އެހެންވީމާ އެފޮނިކަޑާ ސުން ޕަރސަންޓުގެތަކެތިން 1 ޕަރސަންޓްގެ ފީއެއްނަގަންފެށީ. ހީވެސްނުވޭ
އަރުތަ
03 April 2021
ކޮން މިސަރުކާރެއް އެސަރުކާރެއް ކޮންސަކަރާތެއް، ހުރިހާ ސަރުކާރުތަކުންވެސް ކުޅެނީ ހަމަ އެއް ގޭމެއް، ސަހަލު އެއްބަޔަކު ނެތް، ހަމަ އެއްގަލުން ފެހިކައިގެން އުޅޭ ބަގަ ތިއުޅެނީ.
އެންމެންގެ
02 April 2021
ރައްޔިތުންގެ ވަކިބަޔަކަށް މާފު ކުރެވެނީ ކީއްވެތޯ؟ ހުރިހާ ރައްޔިތުން ހަމަހަމަ ވާންޖެހޭ!
އަލި
02 April 2021
ކޮބާތަ މާފު ކުރުމަކީ؟. ހައިރާންވެއްޖެ. އެއީ މާފު ކުރާ އެއްޗެއްތަ؟. މަހު ފީ ގެ ނަމުގައި ނަގަމުން އަންނަ ފީ އެއް ނުނަގަން ނިންމީމަ އެކަން އެގޮތަށް އެހަމަޖެހުނީ. އެއީ އެއްޗެއް މާފުކުރުމެއްނޫން. ޢެއީ ފީއެއް ނެގުން ހުއްޓާލުން. ތިހާ މާފު ކުރާހިތް ވަންޏާ ނިމުނު މަހުގެ ބިލް މާފުކޮށްބަލަ. ރައްޔިތުން މިތިބީ މޮޔަވެފަތަ؟.
އަރުތަ
03 April 2021
އާނ ހަމަ މޮޔަވެފަ، ސިގިރެޓް ފޮއްޓަކާ ރެޑްބުލް ދަޅަކަށް ވިކޭމީހުން އުޅެނީ އެހެންވީމަ، ވޯޓުވެސް ދޭނެ، ކަމުނުގޮސްގެން ވޯޓުނުދީ، ކަމުގޮސްގެން ވޯޓު ދޭވަރުގެ މީހަކު އެބައުޅޭތަ، ނުދެންޏާ ނުދީ، އެކަމަކު ކުރިން މިބުނި ދަޅާ ސިގިރެޓް ފޮށި ދިނީމަ ވޯޓުވެސް ދޭނެ، އެވަރިހަމަ ކޮންމެ މީހެއްވިއަސް، މީ ހަޤީޤަތަކީ...........
ޢަބްދުއްސައްތާރު
02 April 2021
މަޝްވަރާ އަށް 2 އަހަރު؟ މިތިބަ ނުބައި މަކަރުވެރި ވެރިންގެ ފުށުން އަޅަމެން ސަލާމަތް ކުރައްވާށި!
އަލޭ
03 April 2021
ވޯޓާ ކައިރިކޮށްލާފަ ނޫންތަ އެކަހަލަ ވާހަކަ އިއުލާންކޮށްލެވޭނީ.