އަލީ ވަހީދު: އޭނާގެ ޕާސްޕޯޓް ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
04 އެޕްރީލް 2021 - 19:43
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު އަމުރު ނެރުނީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އޭނާ އެދިވަޑައިގަތުމުންނެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވިޔަސް، އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ވަނީ ބަލައިގެންފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރުފަހު އެވެ.
ޖިިނާއީ މައްސަލަތައް ދައުވާލިބޭ މީހުންގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭއިރު، އަލީ ވަހީދު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ދަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކު ތަކުރު
05 April 2021
ކޮންމެ ސަރުކާރެއް އަޔަސް "ސިޔާސީ" މީހެއްވީޔާ ކުއްވެރިވެގެން ޖަލަށްލީމަ ބަލިވެގޭ ކިޔާފަ ފިލައުގެންދާ ދިޔުމަށް ނިމުމެއް ގެންނަން ޖެހޭ. ހަމަ ވެރިކަން ބަދަލް ވާއިރަށް އަންނާނެ. ހީވަނީ އަދަބަކީ ހަމައެކަނި އާންމު ރައްޔިތުން ތަންފީޒު ކުރަން އޮންނަ އެއްޗެއްހެން
ައެލޮކޮސް
05 April 2021
މިމީހުން ހީކުރަނީ މިމީހުންޖަހާ ސަކަރާތް ދިވެހިންނަކަށް ނޭގޭކަމަށް،. އިންސާފޭ ކިޔައިގެން އިންސާފުން އެއްކިބާވެ ޖަރީމާހިންގާފަ އެޖަރީމާ ކަވާކުރަން ޖަހާމަޅި ދިވެހިންނަކަށް ނޭގޭނަކަމަށް. މާތްﷲ ދިވެހި ސޯލިޙް ދަރީން މިބައިގަންޑުން މިންޖުކުރައްވާށިއެވެ.އާމީން. މިއަދު މިކޮމެންޓް ނުޖަހައްޗޭ. މާތްﷲ ބިރުވެތިވުމަށްވުރެން ކަލޭމެންބަލަނީ ރައްޔިތުން ހޮވާފައި ތިބި ބިކަ މަކަރުވެރިބަޔަކަށް މަދަދުދީ ބިރުވެތިވުން. މާތްﷲ ކަލޭމެން ކުދިިކުދިސިކުނޑި ސަލާމަތްކުރައްވާށި
ޖަމަލު
05 April 2021
ސްޓާޕްލަސް ގަތަ ފަށަނީ!
ނަޝީދު.
05 April 2021
ޖިންސީ ފުރައްސާރަ ހުއްޓާލާ!
މަނޑޭލާ
04 April 2021
ފަޝައިގެން ކޮންކަމެއްތަ ކުރެވޭނީ.
އަށްގޮދާ
04 April 2021
ސަހާދެއް،.. މިއީ ޖޯކުކަން ބޮޑު ސަރުކާރެއް. އެއްއަތުން ދީފަ އެނެއް އަތުން މިބުނަނީ ނޭގެއޭ...
ރައްޔިތުމީހާން
04 April 2021
މީނަ ފުލުވީތީވިސް މިބުރު އެމްޑީޕީ ކެންޑިޑޭޓަކަށް ވޯޓެއް ނުލާނަން
ދުންކަރސް
04 April 2021
ތިކަމަށް ބެލިޔސް ވޯޓުދޭހިތެއް ނުވޭ. ޤައްދާރު ކަން ބޮޑުކަމާއެވއ..
ދުންކަރސް
04 April 2021
ތިކަމަށް ބެލިޔސް ވޯޓުދޭހިތެއް ނުވޭ. ޤައްދާރު ކަން ބޮޑުކަމާއެވއ.
ކޮރަލް
04 April 2021
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. މިއީ ބޭކާރު ކަމެކެވެ. އަލީ ވަހީދު ނުގެނެވޭނެ އެވެ. އިންޓަރޕޯލް އަށް ހުށަހަޅަން ނުކެރޭނެ އެވެ. އެމައްސަލއިގަ ޒިންމާ ވާ ފަރާތް ތަކާ ދެކޮޅަށް ދައުވާ ކުރަން ނުކެ ރޭނެ އެވެ. އިންތިހާބީ ކަމެކެވެ.