ކިންގް ސަލްމާން މިސްކިތުގެ އެތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 އެޕްރީލް 2021 - 11:12
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަށް ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް މި ރޯދަ މަހަށް ވެސް ނުހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްގެން އިމާރާތް ކޮށްފައިވާ އެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތްތައް ނިންމިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ އެތައް ކުރިން އެތައް ފަހަރަކު މި ސަރުކާރުން ބުންޏަސް، މިހާތަނަށް އައި އިރު އެކަން ކާމިޔާބު ވެފައެއް ނުވެ އެވެ.
ރައީސް އޮފީހުގައި މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މި މަހުގެ 13 ގައި ފަށާ މި ރޯދަމަހަށް ވަގުތީ ގޮތުން މިސްކިތް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވިއަސް ރަސްމީކޮށް ނުހުޅުވި ލަސްވަނީ ސައުދީ އަރަބިޔާގެ އިސް ބޭފުޅުންނަށް ވަޑައިނުގެންްނެވިގެން ކަަމަށް އެ މަނިކުފާނު އޭރު ވިދާޅުވި އެވެ.
އެކަމަކު، އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި ރޯދަމަސް ފެށުމުގެ ކުރިން ވެސް މިސްކިތް ހުޅުވަން ތައްޔާރުނުވެވޭނެ ކަމަށެވެ.
"އަދި ވެސް ނުނިމޭ ބައެއް ކަންތައްތައް ހުރީމާ މި ރޯދަ މަހަށް ވެސް މިސްކިތް ނުހުޅުވެނީ،" އޮފިޝަލް ވިދާޅުވި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.
މި ރޯދަމަހަށް މިސްކިތް ނުހުޅެވޭނެ ކަމަށް މިނިސްޓްރީން ބުންޏަސް މިސްކިތުގެ 12 މަގާމަކަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އެއީ މަސައްކަތު ވަޒީފާއަ ށް 10 މީހަކާއި އައިޓީ ޓެކްނިޝަން އަދި ޓެކްނީޝަންގެ މަގާމަށް މީހެކެވެ. އެ ވަޒީފާތަކަށް އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިިމަތިލެވޭނެ ކަމަށެވެ.
މިސްކިތުގެ އިމާރާތުގައި، ނަމާދުކުރާ ތަނުގެ އިތުރުން ކުއްޔަށްދޭ ހޯލުތަކާއި މީޓިން ރޫމުތަކެއް ހަދާފައި ވެ އެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތަކީ، ސީދާ ކުރީގެ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ސައުދީގެ ރަސްގެފާނު ދެއްވި އެހީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
06 April 2021
ހަދަހާވާ ނެގެޓިވް ކޮމެންޓްސް ގިނައޭ. މިހާރު.ކޮމް މިއީ ކިހިނެއްވާކަމެއްތަ އަނެއްކާ
ދަރަނި ދަންތުރަ
05 April 2021
މިވެރިންނަށް ދެންކޮންކަމެއްކުރެވޭނީ ނިމިފަހުރި މިސްކިތެއް ނުހުޅުވުނު ، އަދިވެސް ރައްޔިތުންނަށް ވައުދު ވަމުން މުޅިރާއްޖޭގަ ދުވަނީ ހަޔާތްވެސް ކުޑަދޯ މި އެމް ޑީ ޕީ ކޮބައިތަ ނާދިރާ ....
ޖޯން
05 April 2021
މިސްކިތް ހުރީ ނިމިފަ ކުރަން ޖެހޭ އިތުރު ކަމެއް ނެތް. ނުހުޅުވެނީ 2 ކަމަކަށް. މިސްކިތުގަ ހުރި ސައުންޑް ސިސްޓަމާ ދެން ހުރި ސާމާނާ ކުޅެގަންނަން އެގޭ މީހެއް ނެތް ކަމަށްވަނީ. އެކަމަށް ޓްރެއިން ކުރާނެ ޓެކް ހޯދަން އިއުލާނު ކުރީ އަދި އެ. ދެން އެކުދިން އެދަސްކޮށްގެން އައިމާ ކަމަށްވަނީ ހުޅުވަނީ. މި މީހުން ހަމަ ސުލޮލީ. ދެން ސައުދީ ބަޔަކު އަންނަން ޖެހެޔޯ ރަސްމީކޮށް ހުޅުވަން. ވެދާނެ އެއްބަސްވެފަ އޮތްގޮތް ކަމަށްވެސް. ސައުދީ އަކީ ވެސް ދެއްކުންތެރި ބައެއް ނިކަން
މަހޭ
05 April 2021
އަޅެ މީހަކު އަޖާއިބު އަންތަރީހެއް ނުވާނެތަ؟ މީ މީހަކު ބިނާކޮށްފަ ރިބަންފަށް ކަނޑާލަން (ގާޓްގަނޑަކަށް) އެކަނި ޖެހުނު ތަނެއް. ތިން އަހަރަށް ހަނދުބެލި އިރު މިކަން ނުވިބަޔަކަށް ކުރެވޭނެ އިތުރުކަމެއް އެރުވޭނެތަރިޔެއް ފަތިހެއް ނޯންނާނެ
ސިފާ
05 April 2021
ރައީސް ޔާމީން ކަންކަން ކުރިޔަސް މިމީހުންނަށް މިކަމެއްނުވާނެ.
ދަރުމަވާނެ
05 April 2021
ފަރީދީ މަގު ފެންޓަސީ ކުރިމަތިން ހުރި މިސްކިތްވެސް މިސަރުކާރައި ގުޅުން ބޮޑުބަޔަކު ނަގައި ނުނިންމަ ހުންނަތާ ދެއަހަރުވީ އިސްލާމިކް މިނިސްޓްރީން އެހީވެގެން ކީވާނީ އެމިސްކިތްވެސް މިރޯދައަށް ނަމާދު ކޮށްލެވޭ ވަރު ކޮށްލިއްޔާ ދަރުމަވާނެ
ބޮޑުމީހާ
05 April 2021
ނިމިފައި ހުރި 7000 ފްލެޓެއް ދެވުނީކީނޫން، ނިމިފައި އޮތް ރަންވޭއެއްގެ ބޭނުން ހިފުނީކީ ނޫން، ނިމިފައި ހުރި ދަރުމަވަންތަ ހޮސްޕިޓަލެއް ހިންގުނީކީ ނޫން، ނިމިފައި ހުރި މިސްކިތެއް ހުޅުވުނީކީ ނޫން، ރައީސްކަން ދެވިއްޖެ، 65 ގޮނޑި ދެވިއްޖެ، ކައުންސިލް އިންތިހާބު ނުބާއްވަނީސް އެތައް ގޮޑިއެއް ލިބިއްޖެ! ވީކަމެއް ހަރާން! އަދިވެސް ރަށްވެހިފަތިހަށް ވޯޓް ދޭތި
ދޮންބެއަލީ
05 April 2021
ސަލްމާނު މިސްކިތް ނުހުޅުވޭ...7000 ފުލެޓް ހަވާލު ނުކުރެވޭ...ދަރުމަވަންތަ ހޮސްޕިޓަލް ނުހުޅުވޭ..މޯގޭޖް ކުރެވޭ....އެއަރ ބަސް ޖެއްސޭ ރަންވޭ ނުހުޅުވޭ....ސީޕުލޭން ޓާރމިނަލް ނުހުޅުވޭ...އަޅެ މީހަކު ހަދާފަ ދިނީމަ ހުޅުވާލެވޭވަރު އިންތިޒާމް ހަމަނުޖެއްސޭ ބަޔަކަށް ވޭނެކަމެއް ކޮބާ؟ ރައްޔިތަކަށް ވީކަމެއް ހަރާމް..މިއުޅެނީ މަޖްލީހުގައި ޖިމް ހަދާ...މަޖާކުރާ ޖަގަހަ ނޭޅިގެން...ހުރިހާ ބާރެއް ލިބި ޗޮކުން މިދަނީ...އަނގައެއް އޮތަކަސް ވެރިކަމެއް ނުވާނެ..
ސަހަރޯ
05 April 2021
ކޮންކަމަކަށްތޯ ދެން މިސަރުކާރު ރަގަޅުވާނީ ތިޔަހަރީ އެންމެމާތް އަޅުކަމާގުޅޭ ކަންކަމުގައިވެސް ކަންކަން ކުރަމުންދާގޮތް ﷲގެ މިބައި މިހުންގެ އަމަލުތަކާމެދުގައި ރަގަޅު ނިންމުމަކުން ނިންމަވާށި ސ
ފަސްފަހެތި
05 April 2021
މިމީހުން ހިތުން މިތިބެނީ މިސްކިތް ހުޅުވަން ސައުދީ ރަސްގެފާނު ވަޑައިގަންނަވާނެ ކަމަށް. މަހުވާ 100 އަހަރު ވިޔަސް ރައީސް ޔާމީން ޖަލުގަ އޮއްވާ ސައުދީ ރަސްގެފާނު ވަޑައިނުގަންނަވާނެކަން.