ގަން އިންޓަނޭޝަން އެއާޕޯޓުގެ ކޮންސަލްޓެންސީގެ މަސައްކަތް ކުރުމަށް ގަމަށް ދިޔަ އިންޑިއާގެ ޓީމް އެއާޕޯޓު ބަލާލަނީ- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
05 އެޕްރީލް 2021 - 22:13
ސ. ގަން އިންޓަނޭޝަން އެއާޕޯޓު ތަރައްގީ ކުރުމަށް ކޮންސަލްޓެންސީގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެންމެ ބޮޑު އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގަ އެވެ. މި މަޝްރޫއުގެ ކޮންސަލްޓެންސީގެ މަސައްކަތް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގެ ޓީމެއް މިހާރު ވަނީ ގަމަށް ގޮސްފަ އެވެ.
މި މަޝްރޫއުގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޑޮމެސްޓިކް ޓާމިނަލަކާއި ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް އިމާރާތް ކުރާނެ އެވެ. މިހާރު ބޭނުންކުރާ ޓާމިނަލް، އިންޓަނޭޝަން ޓާމިނަލަކަށް ބަދަލުކޮށް، އެ ތަނުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ލައުންޖުތައް ހަދާނެ އެވެ.
އިންޑިއާގެ ޓީމް އެއާޕޯޓުގެ ޓާމިނަލްތެރެ ބަލާލަނީ- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ގަން އެއާޕޯޓަށް ދިއުމަށް އިތުރު މަގެއް ހެދުމާއި ކާގޯ ވަސީލަތްތައް ތަރައްގީކޮށް، އެއާޕޯޓުގައި ސޯލާ ޕެނަލް ހަރުކުރުމާއި އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ގަން އިންޓަނޭޝަން އެއާޕޯޓަކީ ދެކުނުގެ މައި ދޮރޯށި ކަމަށް ވާއިރު، އެތަން ތަރައްގީ ކުރުމަކީ ދެކުނުގެ ތަރައްގީ އަށް މުހިންމު ކަމެއް ކަމަށެެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ޓޫރިޒަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީވެ، ދެކުނު އިގްތިސާދު ފުޅާކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ލަފާކުރާ ގޮތުގައި ގަން އެއާޕޯޓުގެ ކޮންސަލްޓެންސީގެ މަސައްކަތް ނިމި އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކޮޅު ފެށޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 April 2021
ވަޅަށް ވެއްޓުނު ބަކަރި ނަގާން މާލޭމީހުން ސައްލާކުރި ގޮތަށް ގޭންއެއަރޕޯޓް ޑިވޮލޯޕްކުރާނެ ގޮތުގެ ސާވޭ ހަދާން އެމީހުނަށް ދޫކޮށްގެން އަހަރުމެން ތިބޭނެ ކަމެއްނެތް. # ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތް ހަމަހަމަ އުސޫލުން މިސިޓީގެ ރައްޔަތުނާއިވެސް ޙިއްސާކުރާންޖެހޭނެ. އެކަމަށް ކައުންސިލާއި ޤާނޫނުހަދާ މަޖިލީހަށް ސިޓީގެ ރައްޔިތުން ހޮވާފައިވާ މެންބަރުން ވަކާލާތުކޮށް "މާލެ ނޫން އެހެން ގޮތެއް ހޯދަން" ފާޅުގައި ތެދުވެ އަޑު އުފުލާންޖެހޭ ވަގުތު އަތުވެއްޖެ.
ނުކިޔަވާ.
06 April 2021
އައްޑޫ މީހުން ހީކުރަނީ އެތަނުގައި ރަންވޭއެއް އޮތީމާ ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށް. މޯލްޑިވިއަން ނުޖެހޭ ތިތަނަށް ކޮންމެހެން ދަތުރު ކުރާކަށް. ތިއަށްވުރެން ރަނގަޅު ވާނެ ހަނިމާދުއަށް ދަތުރު ކުރިޔަސް. އައްޑޫ މީހުން ތިބޭ ސްރީލަންކަން ގައި ދަތުރު ކުރާން. ކަލޭމެނަކާއި ހެދީ ތިތަނަށް ސްރީލަންކަން ގަދަ ކުރީ. އެކަން ނުކުރި ނަމަ މިހާރު ގަމުން ބޭރަށް މޯލްޑިވިއަން އުދުހޭނެ.
ތައްކާނުބޭ.
06 April 2021
މާލޭގައި ކުރާންޖެހޭ ހުރިހާ ކަމެއް ދަނީ ބަރާބަރަށް ކުރަމުން. 300މ ޑޮލަރުގެ ބުރިޖަށްފަހު 800މ ޑޮލަރުގެ ބްރިޖް އަޅާން ވަނީ ތައްޔާރު ވެފައި. ރީއްޗަށް ހަދާފައި އޮތް މަގު މާލޭ ބޭފުޅުންނަށް ކަމުނުދާތީ އަނެއްކާވެސް އަލުން މަގު ހަދާން ތައްޔާރު ވެއްޖެ. އެކަމަކު އައްޑޫގައި ކަމެއް ކުރަންޏާ ދިރާސާ ކުރަން 5 އަހަރު ޕްލޭން ހަދާން 5 އަހަރު އެކަމަކީ ވައިބްލް ކަމެއްތޯ ނަލާން 5 އަހަރު އިންވެސްޓް ކުރާނެ ބަޔަކު ލިބޭތޯ ބަލާން 5 އަހަރު މިހެންގޮސް 50 އަހަރު ނަގާނެ.
އޮނަރަބްލް އަފީފު ދީދީ
06 April 2021
އިތުރު އެއްވެސް ޙަރަދެއްނުކޮށް އަދި މިހާރުއޮތް ވަރަށްވުރެން ބޮޑު ތަރައްޤީއެއް ނުކޮށްވެސް ގޭންއެއަރޕޯޓްގެ ބޭނުންކުރެވިދާނެ. # މިގޮތުން މޯލްޑިވިއަން ފްލީޓަށް ދައުލަތުން ހޯދާދޭން އުޅޭ އެއަރބަސް A-330 ގެ ބޯޓްތައް ޗައިނާގެ މަންޒިލް ތަކަށާއި ޑްބާއީ ސައުތު އެފްރިކާ އަށް ދަތުރު ކުރާނީ މާލެ ގޭން އަދި ރިޓާރން ވާއިރު އަންނާނީ ގޭން މާލެ މި ރޫޓުން ކަމަށް ހަމަޖައްސައި މިދަތުރު ތަކުގައި ދެކުނުގެ ރިސޯޓްތަކަށް އައިސް ގޮސްވާ ފަތުރުވެރިންނަށް ފުރުސަތު ދެވިދާނެ.
ޒާހިރުބެ.
06 April 2021
އަހަރުމެން ކިތަންމެ ފަހަރަކު ތިޔަ ގޮތަށް ޗައިނާ ރޫޓް ބަދަލު ކުރާން ހުށަހެޅިން. ނަމަވެސް ބޯޑްގައި ތިބި މާލޭގެ ބޭފުޅުން އެކަން ކުރާކަށް އެއްބަހެއްނުވި. އެމީހުން ބުނަނީ އައްޑުއަށް ކުރާ ދަތުރު ތަކުން ލިބޭނީ ގެއްލުން ކަމަށް. އެކަމަކު މިހާރުވެސް މާލެއިން ބޭރަށް ކުރާ ގިނަ ދަތުރު ތަކުން ވެސް ވަނީ ހަމަ ގެއްލުން. މާލެއިން އައްޑުއަށް އެއަރބަސް ބޮޑު ފްލައިޓް ބާއްވައިގެން ކުންފުންޏަށް ރަނގަޅު އާމްދަނީ އެއްލިބޭނެ. އެކަންވެސް ކުރާކަށް މިމީހުން ނޭދޭ.
ފޭދޫ ހަސީނާ
06 April 2021
އައްޑޫ ރޮލާ ކާލަން އުލޭ ބައެއް. ކަލޭމެން އައްޑުއަށް އެއްވެސް ކަމެއް ކޮށްނުދޭނެ. ލާމަރުކަޒީ އޭ ކިޔާފައި ތިއުޅެނީ ރާއްޖޭގެ ރަށްތައް ފަޅިކުރާނެ ގޮތެއް ހޯދަންވެގެން.
އޮނަރަބްލް އަފީފު ދީދީ
06 April 2021
ޖޫން މަހުގައި ގޭން-ހޮންގކޮންގ ޝެޑިއުލްދަތުރުތައް މޯލްޑިވިއަން ފައްޓާނެކަމަށް ޓްއަރިޒަމް މިނިސްޓަރ ވިދާޅުވިހަދާން އެބަހުރި. # މޯލްޑިވިއަންގެ މިހާރުގެ މެނޭޖިނގް ޑިރެކްޓަރ ގެފަރާތުން ރައްޓެއްސަކު މެދުވެރިވެގެން މިކަންގޮސްފައިވާ ހިސާބަކާއި ޓިކެޓް ވިއްކަން ހުޅުވާލާ އިސްތިހާރު ކުރާއް ފައްޓަނީ ކޮންދުވަހަކުންތޯ ބަލާލުމުން އެގުނީ "ތިއީ އަދި ނުވެސް ދެނަހުރި ވާހަކައެއް" ކަމާއި މޯލްޑިވިއަން އެބުނާ ދަތުރަކަށް ތައްޔާރު ނޫންކަން. މިހިރީ ހީލަތްތެރިކަން ހުރިވަރު.
އާދޭ އިންޑިޔާ.
06 April 2021
އިންޑިޔާ އައިސްގެން ވިޔަސް ގަން އެއަރޕޯޓް ހިންގުމަށް އހަރުމެން އައްޑޫ މީހުން ތާއީދު. މާލޭ ސަރުކާރަށް މިކަން ނުކުރެވޭނަމަ އިނޑިޔާ އަށް އަހަރުމެން މަރުޙަބާ ނުކިޔާންވީ ކީއްވެ؟ އިންޑިގޯ އަކީ ދުނިޔޭގެ އެތައް މަންޒިލަކަށް މިހާރުވެސް ދަތުރު ކުރާ ބަޖޭޓް އެއަރލައިނެއް. އިންޑިގޯ ގަމަށް ދަތުރު ފައްޓައިފިނަމަ މުޅި ސަރަހައްދުގެ އިޤްތިސޯދަށް ސޯލިޙް ބުނާމަދަ ބޫމެއް އަންނާނެ.
އަހުމަދު ހުސޭނު.
06 April 2021
އައްޑޫ ގަން ހިންގަން ނޫޅެ ކަލޭމެން ހުޅުލެ ތަރައްޤީ ވޭތޯ ބަލާބަލަ.
ސަނާ
06 April 2021
މިހާރު އެއޮތީ ގަން އެއަރޕޯރޓް ވެސް އިންޑިއާއަށް ވިއްކާލާފަ. ދެން އެތަނަށް ފްލައިޓެއް ޖެއްސޭނީވެސް އެމީހުންގެ ހުދަ ލިބިގެން ކައްދޫ އެއަރޕޯރޓް ދީފި . ގަން ދިނީ ދެން ދޭނީ ހަނިމާދޫ ހުރިހާ ކަމެއް ހަމަޖެހުނީ. މުޅިރާއްޖޭގެ އިންޑިއާ ހަން ފަތުރަނީ . އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރުއަންނި ނުވެގެން އުޅުނު ކަންތައްވެ ނިމުނީ
ވަރިހަމަ ..
06 April 2021
ކޮން ވާހަކައެއް ދައްކާކަށް. ތިމާމެން އަހަރުމެނަސް ކުރާ ޖެއްސުމާއި އަހަރުމެންނަށް އަޅާފައިވާ ދަތިކުރުން ހަދާން ކޮށްބަލަ. ކަލޭމެނަށްވުރެން ވަކި އެމީހުން ގޯސް ވާނެ ކަމަކަށް ޤަބޫލެއް ނުކުރަން. ހީވަނީ ބޮޑުތަނުން ވިއްޔާ ވާނީ ރަނގަޅުހެން.
ކޫދުން
06 April 2021
ތިމާމެންގެ މަޤުބޫލުކަން އައްޑޫ މީހުންގެ މެދުގައި ކުޑަވަމުންދާތީ ގަމޭ ކިޔައިގެން ހާދަ ވަރެއް އެމްޑީޕ]ީ މީހުން މިކުރަނީ. ބަލަ ގަމަކީ ތިހެން ތަރައްޤީ ވާނެ ތަނެއްނޫން. ގަން ތަރައްޤީ ކުރާން ބޭނުން ނަމަ މާލޭ އެއަރޕޯޓް ތަރައްޤީ ކުރާ ގޮތަށް ބޭރުގެ ލޯނު ނަގައި ފައިސާ ހޯދާފައި ތިކަން ކުރާން އުޅެބަލަ އެންމެން އޮ:ޅުވާ ލެވިދާނެ ކަމަށް ހީނުކުރޭ.