އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެ ރަށުގެ ފެރީ ޓާމިނަލުގެ ބިންގާ އަޅުއްވަނީ-- ފޮޓޯ: އެމްޓީސީސީ
07 އެޕްރީލް 2021 - 20:29
އެމްޓީސީސީން ހއ. ހޯރަފުށީ ފެރީ ޓާމިނަލްގެ ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި ޓާމިނަލަކީ ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގައި އަޅާ ޓާމިނަލެކެވެ. މި ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގައި 41 ޓާމިނަލް ހަދާނެ އެވެ.
ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އާ ފެރީ ނިޒާމް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކަނޑު ދަތުރުކުރުމުގައި މިހާރު ބޭނުން ކުރަމުންދާ ފެރީގެ ނިޒާމްގައި ހުރި މައްސަލަތައް ބަލައި، އެކަންކަމަށް ހައްލު ލިބޭ ގޮތަށް ކަމަށް އެމްޓީސީސީން ބުންޏެވެ. މި ނިޒާމާ އެކު ދަތުރުތައް ތިން ގުނަ އަވަސް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ނެޓްވޯކުގައި ބޭނުންކުރާނީ ސީދާ މިކަމަށް ފަރުމާކޮށްގެން އަލަށް ބަންނަ ފެރީތަކެވެ. އެމްޓީސީސީން ބުނިގޮތުގައި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކުރާނީ ދިގު ދަތުރުތަކަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ވެސް ފެރީތަކުގައި ގާއިމްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިރަށް މީ ރަންރީނދޫ ރަށެއް
08 April 2021
މިހާރު 13 ގޮނޑިވެސް ރަށްވެހި ފަތިސްއަށް ޔަޤީންވެ ނިމިފަ އޮތީ އެންމެނަށްވެސް އެނގޭ ބަޅު ރުކަކުން ތެދުގުޅިއެއް ނުނެގޭނެ ކަން
ހޯރަ ވީކްލީ
07 April 2021
މިފަހަރުވެސް ހޯރަފުށީގެ އަގްލަބިޔަތު ލިބޭނީ އެމްޑީޕީއައް ތަރައްގީ އޮވީ އެމްޑީޕީއާއެކީ ކުރިއައް ގޮސްގެން
+++++85000
07 April 2021
ދާއިރާގެ މެމްބަރުން މިގޮތަށް ވޯޓާ ދިމާކޮށް ދާއިރާއަށް ދަތުރުކުރުމަށް ރައްޔިތުންގެ ފައިސާއިން ދައުލަތުން ޚަރަދު ހަމަޖެއްސުމަށް މަޖިލީހަށް މަޖިލީގެ ރައިސް ހުށަހެޅި ހުށަހެޅުން ބަލައެއް ނުގަނެވޭ.
1235
07 April 2021
ދައުލަތުގެ ޚަރަދަކު ނޫން