އެޕަލްގެ "ސްޕްރިންގް ލޯޑެޑް" އިވެންޓް އޮންނާނީ 20 ގައި.
15 އެޕްރީލް 2021 - 08:41
މި މަހުގެ 20 ގައި އުފެއްދުންތަކެއް ނެރެން އިވެންޓެއް ބާއްވާނެކަން އެޕަލް އިން ސިއްރުކޮށްގެން އުޅެނިކޮށް ކުންފުނީގެ ވޮއިސް އެސިސްޓަންޓް ސިރީ އެކަން ފަޅާއަރުވާލި ފަހުން އެޕަލް އިން އިވެންޓް ކަވަރުކޮށް ދީފި އެވެ.
އެޕަލް އިން ބުނީ "ސްޕްރިންގް ލޯޑެޑް" ގެ ނަމުގައި ބާއްވާ އިވެންޓް އޮންނާނީ ކޮވިޑް-19އާ ހެދި ވާޗުއަލްކޮށް ކަމަށެވެ. މި އިވެންޓްގެ ވާހަކަ އެޕަލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޓްވިޓާގައި ހިއްސާކުރެއްވީ ވީޑިއޯއަކުންނެވެ.
So excited for this one! Only seven more days. 👀 pic.twitter.com/PVJFcESqh8
— Greg Joswiak (@gregjoz) April 13, 2021
އިވެންޓް މި މަހު 20 ގައި އޮންނާނެކަން ކުންފުނީގެ ވެބްސައިޓްގައި އިއުލާންކޮށްފައިވެ އެވެ. އެކަމަކު އިވެންޓާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ.
ނަމަވެސް ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިވެންޓްގައި އާ އައިޕެޑާއި އައިމެކާއި އެއާޓެގްސް ލޯންޗްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާއްކޫ
15 April 2021
އެހެންތަ؟ ދިވެހިން ލޯނު ނަގައިގެންވިޔަސް ގަންނާނެ އާ އުފެއްދުންތައް ހާމަކުރާ އިވެންޓް މިއީ!