ޚަބަރު / ތ. ވޭމަންޑޫ

ތ. އަތޮޅުގައި ކޮވިޑް ބާރަށް ފެތުރެނީ! ހާލަތު ވަރަށް ގޯސް

ތ. އަތޮޅުގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ ވޭމަންޑޫގެ އަތިރި މަތި. އެރަށުގެ ހާލަތު ގޯސް

ތ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޮވިޑް-19 ފެތުރިފައިވާއިރު، ކޮންމެ ދުވަހަކު ވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، އަތޮޅުގެ ހާލަތު ގޯސްވެއްޖެ އެވެ.

ތ. އަތޮޅުން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ މި މަހުގެ ނުވަ ވަނަ ދުވަހު ވޭމަންޑޫންނެވެ. އެއީ އެ ރަށުން ބަލިވެގެން މާލެ ގެނައި މީހެއްގެ ގައިންނެވެ. އޭގެ ފަހުން އެ ރަށުގައި ކޮވިޑްގެ ހާލަތު ގޯސްވެ، އިއްޔެ ހަވީރުގެ ނިޔަލަށް 84 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

ވޭމަންޑު އަކީ އަތޮޅުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ދަތުރު ކުރާ މައި ރަށަށް ވުމުން، އެ އަތޮޅުގެ ހަ ރަށަކަށް މިހާރު ބަލި ވަނީ ފެތުރިފަ އެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯހީ ކިނބިދޫގަ އެވެ.

އެންމެ ފުރަތަމަ ދުވަހު ވެސް ކިނބިދޫން ކޮވިޑްގެ ހަ ކޭސް ފެނުނެވެ. މިހާރު އެ އަދަދު ވަނީ 30 އަށް އަރައިފަ އެވެ. އޭގެ އިތުރުން އެ އަތޮޅު ވިލުފުށީގައި 16 މީހަކު، އޮމަދޫގައި ތިން މީހަކު އަދި މަޑިފުށީގައި ދެ މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ހިރިލަންދު އާއި ގާދިއްފުށީގައި ކޮވިޑްގެ ބަލި މީހަކު އެބަހުއްޓެވެ.

ކޮވިޑްގެ ސަބަބުން އެ އަތޮޅުގެ ހަތް ރަށަކަށް މިހާރު ވަނީ އަރާ ފޭބުން މަނާކޮށްފަ އެވެ.

ކޮވިޑާ ހެދި ރޯދަ މަހު ބޮޑެތި ދަތިތަކެއް

ތ. އަތޮޅު ކައުންސިލް މެމްބަރު އާދިލް އިބްރާހިމް ވިދާޅުވި ގޮތުގައި ވޭމަންޑޫގެ އާބާދީގެ ބޮޑު ބައެއް މިހާރު ތިބީ ކަރަންޓީނު ވެގެންނެވެ. ގިނަ ގެތަކަކަށް ވަދެ ނިކުތުން މަނަލެވެ. ރަށަށް އަރާ ފޭބުން މަނާކޮށްފައި އޮތުމުން، މަސްވެރިކަން ނުކުރެވި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

"މި އަތޮޅު އޮފީހުގައި ވެސް އުޅޭނެ ޖުމްލަ 30 މީހުން. އެކަމަކު ކޮވިޑާ ހެދި ކަރަންޓީނު ވާން ޖެހުމުން އޮފީހަށް ނިކުމެވޭ ގޮތަށް ތިބީ ވެސް އެންމެ ދިހަ މުވައްޒަފުން،" 1،200ގެ އާބާދީއެއް އޮންނަ ވޭމަންޑޫގެ ހާލަތު ސިފަކޮށްދެއްވަމުން އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޭމަންޑޫ ކްލަސްޓާ އެހާ ބޮޑުވީ، އެ ރަށުގައި ބަލި ފެތުރިފައި އޮއްވާ، އަތޮޅުގެ ގިނަ ބަޔަކު، ރޯދައަށް ބޭނުންވާ ތަކެތި ހޯދުމަށް އެ ރަށަށް ދަތުރުކުރުމުންނެވެ. ވޭމަންޑޫގައި ބަލި އުޅޭކަމެއް އޭރު މީހުންނަކަށް ނޭނގެ އެވެ.

ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ހުންނަ އަތޮޅުގެ ހަބު ބަންދުވުމުން، އެހެން ރަށްތަކަށް ވެސް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފަ އެވެ.

ކިނބިދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ ރަށުގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރިފައި އޮތް އިރު، ރަށުގެ ގިނަ ގެތައް ހުރީ ބަންދުކޮށްފައި ކަމަށެވެ. އެއީ ބަލި މީހަކާ ގުޅުން އޮވެގެން، ހޯމް ކަރަންޓީނު ވާން ޖެހިގެންނެވެ. ބޭނުންވާ ތަކެތި ނުހޯދި، ބައެއް ޒަރޫރީ ބޭނުންތައް ވެސް ނުފުއްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުގެ ހާލަތު މި ވަގުތު ވަރަށް ގޯސް" އޭނާ ވިދާޅުވި އެވެ.

"ބޮޑަށް މިއުޅެނީ ޑައިރެކްޓު ކޮންޓެކްޓުން. އެކަމަކު އެހެން ގޮތްގޮތުން ވެސް މީހުން އެބަ އާދޭ ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަކަށް ދައްކަން. އަދަދުތައް ހަމަ އިތުރުވަމުން ދަނީ،"

އަތޮޅު ކައުންސިލުން ވެސް އަދި ރަށްތަކުގެ މީހުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު، އެ އަތޮޅުގައި ޓެސްޓު ކުރެވޭނެ ގޮތެއް ނެތުމެވެ.

އާދިލް ވިދާޅުވީ ބައެއް ސާމްޕަލްތަކުގެ ނަތީޖާ ތިން ހަތަރު ދުވަސް ފަހުން ވެސް ލިބޭ ކަމަށާއި އެއީ ރަށްތަކަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ. ސާމްޕަލް ނަތީޖާ ލިބުން ލަސްވާ ވަަރަކަށް، ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ރާއްޖޭގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯހެވެ. އިއްޔެ ވެސް ބަލި ޖެހުނު މީހުންގެ އަދަދު 200އަށް ވުރެ އިތުރުވެފައިވާއިރު، އޭގެ ތެރެއިން 70 މީހުންނަކީ ރަށްރަށުން ބަލި ޖެހުނު މީހުންނެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 90%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޯއިޓްއޯލް

19 April 2021

ވާއެއް ނުވާއެއް ނޭނގުނަސް، ކަމެއްގެ އަލިފެއް ބާއެއް ވަކިކުރަން ނޭނގުނަސް ކޮމެންޓުކުރަން ވީމަ ހައްޓަކު ހެއެއް ނުހުންނާނެ ބައެއް މީހުން. މިރާއްޖޭގަ ތިބި ޑޮކްޓަރުންނާ ސިއްހީ މާހިރުންގެ ބަސް ދޫކޮށް އަހަރެމެން އަހަންވީ މި ތާ ކޮމެންޓުކޮށް ގަދަ ބަސް ބުނަން ތިބޭ ރޯނު އެދުރުން ތަކެއްގެ ބަސް ތަ؟ ނުވާނެ އެހެންނެއް. ނުރައްކަލަކަށް ވަނީ މީހުން މަރުވީމައެއް ނޫން. މީހުން މަރުވެ، ކޮންޓްރޯލުން ނެއްޓުނީމަ އެއޮ ތީ ނުރައްކާ ފަހަނައަޅާ ކާރިސާއަކަށްވެފަ.

The name is already taken The name is available. Register?

ބިކާރީ

19 April 2021

ދެން ތިބޭ އަމިއްލައަށް ގޭބަންދުވެގެން މުޅި މޫނުގަ ފޮތި އަޅައިގެން ހުރިހާ ކަމަކުން މަހުރޫމް ވެގެން ޙުދު ތިމާއަށްވެސް ޖެހުނުކަން ނޭނގޭ ބައްޔެއްގަ.

The name is already taken The name is available. Register?

ަަޭނުރައްކާ

19 April 2021

ތިހަބަރަކުން ނޭނގު ނުރައްކާ ތިކިޔަނީ ކޮން ކަމަކަށް ކަމެއް. ނޭފަތުގެ 5 އިންޗި އެތެރެއަށް ކަފަބުރެއް ބާނައިގެން ތިބުނާ ޕޮސިޓިވެއް ވީމަ އެ ޕޮސިޓިވް ވީ މީހާ އަށް ނުވެސް އެނގޭ. ނުރައްކަލަށް ވާނީ ގިނަބަޔަކު މަރުވުން ނުވަތަ ބަލިވެ އެޑްމިޓް ކުރަން ޖެހުން. އަމިއްލަ އަށް ގޭ ބަންދުވެ, މޫނުމަތީ ފޮތި އޮޅާ ގަައި ދުރުކޮށް ގެން އަތް ދޮންނާށޯ ކިޔާ ރައްޔެތުން ބިރު ގަންނަވަން އުޅޭނެ ކަމެއް ނެތް.ދުވާލަކު 3000 ޓެސްޓު, ޓެސްޓެއް 1000 ރުފިޔަާ. ދުވާލަކު 3 މިލިއަން ރުފިޔާ. ހަމައެކަނި ކަފަބުރެއް ހަރަދު. މި ވާ އެތި އެބަ އެނގޭ. ބައި އެޅޭ ބަޔަކު މި ބިރުވެރިކަން މިގޮތުގަ ދަމަހައްޓަން ކުރެވުނު މަސައްކަތެއް ކުރާނެ.މިބޮޑު ދޮގު ފެތުރުމުގެ އެންމެ ބޮޑު ދައުރެއް ކުޅެނީ ނޫސް ވެރިން. ބައްޔެއް ވެއްޖިޔާ ޖެހޭ މީހާ އަށް ބައްޔެއް ޖެހުނު ކަން އެނގެން ވާނެ. ހަމަ އެކަނި ނޭފަތުގެ 5 އިންޗި އެތެރެ އަށް ބާނާ ކަފަބުރަކަށް ނޫން އިނގެން ވާނީ.

The name is already taken The name is available. Register?

ާާހާލަތު

19 April 2021

ހާލަތު ގޯސް ވުމަކީ ގިނަބަޔަކު މަރުވުން ނުވަތަ އެޑްމިޓް ކުރުން. ޕޮސިޓިވް ވިޔަކަސް ހާލަތު ގޯހެކޭ ނުބުނެވޭނެ. އެހެން މިބުނީ ތި ޕޮސިޓިވް ވާ މީހުން ނަކަށް ނުވެސް އެނގޭ ބަލި ޖެހުން ކަން ވެސް. މިހާރު މާލޭ މީހުން ބިރު ނުގަންނާތީ ކޮންމެވެސް މުންޖެކޭ ކިޔައިގެން އަތޮޅުތަކުގެ މީހުން ބިރު ގަންނަވަނީ. ޓެސްޓު ކޮއްލާނެ ސާމްޕަލް ކޮޅެއް މާލެ އިން މިހާރު ނުލިބޭ. ދުވާލަކު 3000 ޓެސްޓު, ޓެސްޓެއް 1000 ރުފިޔަާ. ދުވާލަކު 3 މިލިއަން ރުފިޔާ. ހަމައެކަނި ކަފަބުރެއް ހަރަދު. މި ވާ އެތި އެބަ އެނގޭ. ބައި އެޅޭ ބަޔަކު މި ބިރުވެރިކަން މިގޮތުގަ ދަމަހައްޓަން ކުރެވުނު މަސައްކަތެއް ކުރާނެ.މިބޮޑު ދޮގު ފެތުރުމުގެ އެންމެ ބޮޑު ދައުރެއް ކުޅެނީ ނޫސް ވެރިން. ބައްޔެއް ވެއްޖިޔާ ޖެހޭ މީހާ އަށް ބައްޔެއް ޖެހުނު ކަން އެނގެން ވާނެ. ހަމަ އެކަނި ނޭފަތުގެ 5 އިންޗި އެތެރެ އަށް ބާނާ ކަފަބުރަކަށް ނޫން އިނގެން ވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454