ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ ވައިޓް ހައުސްގައި ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުންނާ ބައްދަލު ކުރައްވަނީ. ފޮޓޯ:ވައިޓް ހައުސް
16 ނޮވެމްބަރ 2016 - 13:17
ވޮޝިންޓަން (ނޮވެމްބަރު 16) - އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ އަކީ "ރާމާމަކުނެއް" ގޮތަށް ސިފަކުރި ވެސްޓް ވާޖީނިއާގެ ކުޑަ ޓައުނެއްގެ މޭޔަރަށް ފާޑުކިޔުންތައް އަމާޒުވެ، އެންމެ ފަހުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.
އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކުރުމާ ގުޅިގެން ވެސްޓް ވާޖީނިއާގެ ކްލޭ ކައުންޓީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޑިރެކްޓަރު ޕަމެލާ ރަމްސީ ޓޭލާ ވަނީ ރީތި ފަސްޓް ލޭޑީއެއް ވައިޓް ހައުސް އަށް އަންނާތީ އުފާ ކުރާ ކަމަށް ފޭސްބުކުގައި ބުނެފަ އެވެ. އަދި އުސް ފައިވާނުގައި ހުންނަ ރާމާމަކުނެއް ފެނިފެނި ފޫހިވެއްޖެ ކަމަށް ވަނީ ބުނެފަ އެވެ. ޕަމެލާގެ ޕޯސްޓަށް ތާއީދުކޮށް ކްލޭ ކައުންޓީގެ މޭޔަރު ބިވަލީ ވޭލިން ކޮމެންޓް ކުރުމުން އޭނާ އަށް ވަނީ އިންތިހާށް ފާޑު ކިޔުން އަމާޒުވެފަ އެވެ. މި ކޮމެންޓް ފަހުން ޑިލީޓް ކުރި ނަމަވެސް އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ އިސްތިއުފާ އަށް ގޮވާލާ ވަނީ ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފަ އެވެ.
ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ.
މޭޔަރު އިސްތިއުފާ ދިން ކްލޭ ކައުންޓީގެ ކުޑަ ޓައުނުގައި އުޅެނީ 491 މީހުންނެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ބޯ ހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އެ ކައުންޓީގެ 98 ޕަސެންޓަކީ ދޮން މީހުންނެވެ.
ޓޭލާ ފަހުން ވަނީ އޭނާގެ ކޮމެންޓަކީ ނަސްލީ ގޮތުން ދިމާކުރަން ކުރި ކަމެއް ނޫން ކަމަށް ބުނެ މައާފަށް އެދިވަޑައިގެންފަ އެވެ. ވެސްޓް ވާޖީނިއާގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ބެލިންޑާ ބައިފޯ ވެސް ފަހުން ވަނީ އެ ސްޓޭޓުގެ ރައްޔިތުންގެ ފަރާތުން މިޝޭލްގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. ރިޔާސީ އިންތިޚާބުގައި އެ ސްޓޭޓުގެ 68.7 ޕަސެންޓް މީހުން ވޯޓު ދީފައި ވަނީ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޫރު
17 November 2016
މިއީ ހުޅަނގުގެ ނާތަހުޒީބް ސިފަތައް، ﷲ ސުބުހާނަހޫ ވަތާލާ ކޮންމެއިންސާނެއްވެސް ހައްދަވާފައިވަނީ އެންމެފުރިހަމައަށް އަދި އެންމެރީތިކޮށް. އެއްބަޔަކަށް ދޮންވީމަ ރީތިވާއިރު ކަޅަކީވެސްް ވަރަށްރީތި ކުލައެކެވެ. ހުރިހާ މާއްދީ ސާމާނު ތަކުގައި ގިނއިން ޖައްސާފަ ހުންނަނީ ކަޅުކުލައެވެ، އާންމުކޮށްބޭނުންކުރާ ހުރިހާ ކޮމްޕިއުޓަރާއިމ ކީބޯޑްތަކުގެ ކުލައަކީ ކަޅެވެ. ސަހަރޯއެވެ، އެއްވެސްމީހަކު އަނެކާގެ ސޫރައަށް މަލާމާތްނުކުރަމާތޯއެވެ.
އިބިރިހިންބެއްޔާ
17 November 2016
ކޮން ޑިމޮކްރެސީއެކޭ؟ ތިޔަކިޔާ އެލެކްޓޯރަލްކޮލެޖް ވޯޓިންގ ސިސްޓަމަކީވެސް ދޮންއިގިރޭސި ނޫން މީހުންގެ ވޯޓުގެބާރު ކަޑުވަން ރޭވިފައިވާ ސިސްޓަމެއް. އެކަމަކު އަނގަހުޅުވާފައި ޑިމޮކްރެސީއޭ ކިޔާނެ.
!!!
17 November 2016
ބޭރު ޤައުމުތަކުގަ އެކަންޖެއްނޫން، ރާއްޖޭގަވެސް ތީ އާންމުކަމެއް!
ނުރަބޯ
16 November 2016
މާ ޑިމޮކްރެޓިކް ވެގެން އުޅުނަކަސް ބޭރުގެ ބައެއް ގައުމުތަކުގައި ނަސްލީ ތަފާތުކުރުންތައް ވަރަށް ބޮޑެވެ.
ރިގްމާ
16 November 2016
މުސްކުޅި ސާރިދޯޅިއެކޭ ކުރީގެ ރައީސްއަކަށް ނިސްބަތްވާހެން މިހާރުގެ ރައީސް ބުނެފައިވޭ. ތާޢީދު ކުރާ މީހުންނަށް ހަމަ ވަރަށް އޯކޭ މިކަންކަންވެސް.
ޏ އައިކު
16 November 2016
"ހޫނު ފެނަށް" މިބަހުގެ މާނަ ކޮއްމެވެސް މީހަކު ބުނެދީ ބަލަ.
ހަހަހަހަ
17 November 2016
މަވެސް ހީކުރީ މީހަކު ހޫނުފެނަށް ލައިގެން އުޅެނީކަމަށް
އަލިތައްކާނު
16 November 2016
މިތަނުގެ ބައެއްވެރިންވެސް އިދިކޮޅު މީހުންނަށް ނިސްބަތްކޮށް ތިޔަޒާތުގެ ހަޑިހުތުރު އެއްޗެހި ކިޔާ... އެމީހުންދަނީ އެއްދުވަހުން އަނެއްދުވަހަށް ބާރުގަދަވަމުން އިންސާފުގެ އެހީގައި....
ކެލިބަރ
17 November 2016
މަހީކުރީ މީހަކު އަނދާ ހުލިވީ ކަމަށް