ދުބާއީގެ ވެރިޔާގެ ދަރިކަނބަލުން ޕްރިންސަސް ލަތީފާ. --ފައިލް ފޮޓޯ
21 އެޕްރީލް 2021 - 14:14
ޖެނީވާ (އެޕްރީލް 21) - ދުބާއީގެ ވެރިޔާގެ ދަރިކަނބަލުން ޕްރިންސަސް ލަތީފާ އަލް މަޚްތޫމް ދިރިހުރި ކަމުގެ ހެކި ދެއްކުމަށް އދ. އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އަނެއްކާވެސް އެދިއްޖެ އެވެ.
ޕްރިންސަސް ލަތީފާ ތުހުމަތުކުރައްވާ ގޮތުގައި އޭނާގެ ބައްޕަ ވަނީ ދުބާއީގައި އޭނާ ރަހީނުކޮށްފަ އެވެ. އެ ގޮތަށް ރަހީނުކޮށްފައި ބަހައްޓާފައި ވަނީ ދުބާއީން 2018 ވަނަ އަހަރު ފިލަން އުޅުނު ފަހުން ކަމަށް ވެސް ލަތީފާ ވިދާޅުވެފައިވެ އެވެ.
މީދެ ދެ މަހެއްހާ ދުވަސް ކުރިން، ވަރަށް ސިއްރުން ފޯނުން ވީޑިއޯއެއް ނެގުމަށް ފަހު ބީބީސީއާ ލަތީފާ ވަނީ އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. ޕްރިންސަސް ލަތީފާ އެ ވީޑިއޯގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ފުރާނައާ މެދު މިހާރު ވަނީ ބިރުހީވެފަ އެވެ. އަދި އޭނާގެ ބަހައްޓާފައިވާ ވިލާ ވަނީ ޖަލަކަށް ބަދަލުވެފައި ކަމަށް ވިދާޅުވެ އެވެ.
ޖެނީވާގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ވީހާ ވެސް އަވަހަކަށް ލަތީފާ ބަންދުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.
ދުބާއީގެ ޝާހީ އާއިލާ އިން ކުރިން ބުނެފައި ވަނީ ލަތީފާ ހުރީ ރައްކާތެރިކަމާ އެކު ހެޔޮ ހާލުގައި ކަމަށެވެ. ޝާހީ އާއިލާ އިން އެ ގޮތަށް ބުނެފައި ވަނީ ލަތީފާ ދިރިހުންނެވިކަން ސާބިތުކޮށްދޭން އދ. އިން ކުރިން ގޮވާލުމާ ގުޅިގެންނެވެ.
ރަހުމަތްތެރިންތަކެއްގެ އެހީއާ އެކު ޕްރިންސަސް ލަތީފާ ވަނީ ފެބްރުއަރީ 2018 ގައި ދުބާއީން ފިލަން މަސައްކަތް ކުރައްވައިފަ އެވެ.
"އަޅުގަނޑަށް ދަތުރު ކުރުމުގެ ހުއްދައެއް، ދުބާއީން ބޭރަށް ދިއުމުގެ ހުއްދައެއް ނޯވޭ،" އެފަހަރު ފިއްލެވުމުގެ ކުރިން ޕްރިންސަސް ލަތީފާ އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވެ އެވެ.
ފިއްލަވައިގެން ވަޑައިގެން އިންޑިއާ ކަނޑުގައި ބޯޓެއްގައި ހުންނަވަނިކޮށް ކޮމާންޑޯ އިން ގޮސް ޕްރިންސަސް ލަތީފާ ވަނީ ހައްޔަރުކޮށްގެން ދުބާއީ އަށް ގެންގޮސްފަ އެވެ. އޭގެ ފަހުން އެކަމަނާ ހުންނަވަނީ ދުބާއީގަ އެވެ.
ޕްރިންސަސް ލަތީފާގެ ބައްޕާފުޅު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް އަކީ ދުނިޔޭގައި އެންމެ މުއްސަނދި އެއް ލީޑަރެވެ. ދުބާއީގެ ވެރިޔާގެ އިތުރުން ޝެއިޚް ރާޝިދަކީ ޔޫއޭއީގެ ނައިބް ރައީސް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެނެޑީ
25 April 2021
ދުބާއީގެ ވެރިޔާއޭ ހެހެހެ ދުބާއީއަކީ ޕްރައިވެޓް ކުންފުންޏެއްތަ؟ އާނ ދެން އާއިލީ ކުންފުންޏެއްހެންދޯ އަރަބި ގައުމުތަކުގެ ވެރިކަން ހިންގަނީ
ރަހީ
23 April 2021
ރަހީނުކުރެވިފައިވާނަމަ އެއީ އެންމެ ފެންވަރުމަތިކޮށް މިހާތަނަށް ރަހީނުކުރެވިފައިވާ ކަމަނާ..
އަލިފުދާލު
23 April 2021
އަސާންޖް ދިރިހުރިތޯވެސް ބަލާލަދޭތި. އެވެސް އެމެރިކާ ވަރަށް ބިރުގަންނަ މީހެއް.
ޙިނި
21 April 2021
މި ޝާހީ އާއިލާތައް ޒަމާނީ 21 ވަނަ ގަރުނައް ގެންނަން ވެއްޖެނު. މި ކަމަނާ ރަހީނުކޮއް ހައްޔަރުކުރީ އިންޑިޔާ ކަންޑުގެ ސިފައިން، މި އިންޑިޔާ މީހުނާ ދޭތެރޭ ފިޔަވަލުނާޅަނީ ކީއްވެތަ
އަހުމަދު 1
22 April 2021
އިންޑިއާ ކަނޑުގެ ސިފައިންނޭ އެބަ އިންތަ ލިޔުމުގައި.
ވަހިސު
23 April 2021
އަރަބި ގައުމުތަކުގެ ޝާހީ އާއިލާތަކުގެ މީހުން އަތު ޖައްސައިގެން ވެރިކަން ޚަރާބުކޮށްލަން ޔަހޫ ދީން ވަރަށް މަސައްކަތް ކުރޭ. މިލަތީފާއަށް މި ދުނިޔެމަތިން ލިބެން ނެތީ ކޮން ނިއުމަތެއް. އެކަމަކު ވެސް އެއުޅެނީ ޔަހޫ ދީއެއްގެ އަވާގައި ޖެހިގެން ނުނެއްޓިގެން ކ