މުސާރަ ނުލިބޭ މައްސަލައިގައި ބިދޭސީން މުޒާހަރާކުރަނީ- މީގެ ކުރިން ވެސް މުސާރަ ނުދޭ މައްސަލަތަކުގައި ބިދޭސީން މުޒާހަރާކޮށްފައިވޭ- ފޮޓޯ: މިހާރު
22 އެޕްރީލް 2021 - 01:07
މުސާރަ ނުދޭތާ ހަތަރު މަސް ދުވަަސް ފާއިތުވެއްޖެ ކަމަށް ބުނެ، ބިދޭސީންތަކެއް މިރޭ މާލޭގައި އިހުތިޖާޖުކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އިހުތިޖާޖު ކުރަމުން އަންނަ ބިދޭސީންނަކީ އެސްޓޯނިޝް ކްލީނިން ކޮމްޕެނީގެ ނަމުގައި ހިންގަމުން އަންނަ ތަނެއްގައި މަސައްކަތް ކުރާ ބައެކެވެ. އެގޮތުން 180 އެއްހާ މީހުންނަށް މުސާރަ ނުދޭތާ ހަތަރު މަސް ދުވަަސްވެފައިވާ ކަމަށް މުޒާހަރާ ކުރާ މީހުންގެ ތެރެއިން ބައެއް މީހުން ބުނެ އެވެ.
އެ މީހުން ބުނީ މުސާރަ ނުދޭތީ އަނބުރާ ބަންގްލަދޭޝް އަށް ދާން ބޭނުންވެގެން އެ ވާހަކަ ބުނުމުން ވެސް ކުންފުނިން އެންގީ އަމިއްލަ އަށް ދިއުމަށް ކަމަށެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި އެ މީހުންނަށް ޗުއްޓީއެއް ނުދީ މަސައްކަތް ކުރުވާތާ ވެސް ހަ އަހަރުވެއްޖެ އެވެ.
މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކަރަންކާ މަގުގައި ބިދޭސީންތަކެއް އިހުތިޖާޖު ކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވަމުން އަންނައިރު މީގެ ކުރިން ވެސް ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަތައް ފެންމަތިވެ ބޮޑެތި ހަމަނުޖެހުންތައް ހިނގައިފައިވެ އެވެ. އަދި މިފަހުން ހުޅުމާލޭގައި ބިދޭސީން އިހުތިޖާޖުކުރުމުން އެ ސަރަހައްދަށް ދިޔަ ފުލުހުންނާއި އެ މީހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގައިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްޓުވާ.
22 April 2021
ބްނގަލްދޭޝް މީހުން އެޑްވާންސް ވީސާނެތި ރައްޖެ އުއުން މުޅިން މަނާ ކުރާންވެއްޖެ ނޫންތޯ. މިހާރު މިކަންތަކާއި ހުރެ ޤައުމު ހަލާކުވެގެންދަނީ.
އޮނަރަބްލް އަފީފު ދީދީ
22 April 2021
އީޔޫގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އަދި އަވައްޓެރި އިންޑިޔާ، އާއި ލަންކާ ނޫން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެނާދެވޭގޮތަށް އިމިޤްރޭޝަން ޤާނޫނަށް ބަދަލު ގެނައުމަށް ޤައުމީ ސަލާމަތާއިބެހޭ ފަރާތްތަކުން މަޖިލީހުގައި އެދެންވެއްޖެ ނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
22 April 2021
އެންމެފުރަތަމަ ކުރާންވީކަމަކީ ހިތުހުރިގޮތަކަށް ބިދޭސިންއެތެރެކުރާންއޮތް ފުރުސަތުހަނިކޮށް ޔޯރަޕިއަންޔޫނިއަންގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އަދި އަވައްޓެރި އިންޑިޔާ، އާއި ލަންކާ ނޫންޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓްހޮލްޑަރުންނަށް އެޑްވާންސް ވީސާ ނެތި ރާއްޖެ ނާދެވޭގޮތަށް ހެދުން.
އޮނަރަބްލް އަފީފު ދީދީ
22 April 2021
ރާއްޖޭގައި އުޅޭ ބިދޭސިންގެ މައްސަލަތަކަށް ހައްލުހޯދާ އިމިޤްރޭޝަން ޤާނޫނާއި ޙިލާފު ބިދޭސިން ހުއްޓުވުމަށް
ޑރ ޝުޢައިބު
22 April 2021
ކޮބައިތަ ފައްޔާޒު . މިމީހުންގެ މައްސަލަތައް ޙައްލުކުރަންބުނި މުއްދަތު ފަހަނައަޅައި ނުދަނީތޯ؟ އިސްތިޢުފާ ދޭކަށް ނުވޭތަ؟ ދިވެހި ޤައުމާމެދު ވިސްނާ ފިކުރުކުރާބަޔަކު ހިތާމަކޮށްކޮށް ފިކުރުކޮށްކޮށް ބޯގޯސްވެގެން އަތްފައިން ގޯސްނުހެދި ތިބެވޭކަމަށް ޓަކައި އިންސަނާއަށް ކެތްތެރިކަން ދެވި ﷲ ޝުކުރުކުރަން. މިދުވަސް ފިއްލަވައި މިއުންމަތަށް އަމާން ދުވަސްތަކެއް ﷲ މިންވަރުކުރައްވާނދޭވެ.
އަންނި.
22 April 2021
އިމިޤްރޭޝަން ތެރޭގައި ތިބި މީހުންގެ ކަންކަން ބަލާ ބަޔަކު މިހާރު އެބަތިބިތަ ؟
އޮނަރަބްލް އަފީފު ދީދީ
22 April 2021
ބިދޭސިންއެތެރެކުރާންވެސް ޖެހޭ. އެހެންކަމުން ބިދޭސިންނަށް ވާކްވީސާ ދޫކުރުން ހަރުދަނާކުރާންޖެހޭ. # މިގޮތުން ޕްރޮފެޝަނަލްނޫން ގިންތީގެ ބިދޭސިންނަށް އެންމެގިނަވެގެން (އެކިފަހަރު މަތިން) ވީސާދޫކުރާނީ ޖުމްލަ 10 އަހަރަށްކަމުގައި ޤާނޫނުގައިލިއުމުގެއިތުރަށް އެފަދަ ބިދޭސިންގެއުމުރަކީ 35 އަހަރާއި 60 އަހަރާއި ދެމެދުކަމަށްހަދާންޖެހޭ. އަދި އުމުރުން 18 އަހަޜުންދަށާއި 60 އަހަރުންމަތީގެ ބިދޭސީއަކުގެނައުމާއި މަސައްކަތްކުރުވުމަކީ ޖިނާޢީކުށެއްކަމަށް ކަޑައަޅާންޖެހޭ.
ކައްދަ
22 April 2021
އުމުރުން 60 އަހަރުން މަތީގެ ޕްރޮފެޝަނަލް މީހުނަށް ހުއްދަ ދޭންވާނެ. ޑޮކްޓަރުންނާއި ޓީޗަރުން ފަދަ ފަންނީ މީހުން ބޭނުންވާނެ.
އޮނަރަބްލް އަފީފު ދީދީ
22 April 2021
ތިމާމެނަކީ އިންސާނީއްޔަތުކަން ބޮޑު ހިތް ހެޔޮބައެއްކަމަށް ދެއްކެން ވެގެން އިމިޤްރޭޝަން ޤާނޫނާއި ޙިލާފު މިފަދަ ބިދޭސިންނަށް ކާންދީ ނިދާންދީ އަދި ސިއްރިޔާތުގައި އެމީހުންލައްވާ މަސައްކަތް ކުރުވާފައި އުޖޫރަދޭ މީހުންނަކީވެސް ތިޔަ އެސްޓޮނިޝް ކުންފުނީގެ ވެރިން ފަދަ ނުބައި މަކަރުވެރި އިސްލާމީ އުސޫލު ތަކާއި ޤާނޫނަށްވެސް އިޙްތިރާމް ނުކުރާ ވިޔާނުދާ ބައެއް. # އިމިޤްރޭޝަން ޤާނޫނާއި ޙިލާފުމީހާ ލައްވާ ސައިކަލް ފޮހުވުމާއި ކުނިކޮތަޅު އުކުމަކީވެސް އޭނާ ކުރާ ކުށެއް.
ވަހުތާން
22 April 2021
ރިސޯޓް ތަކުގެ އިސްވެރިން ބޭރުމީހުން މަގުމަތިން ވަޒީފާ ދޭނޭކަމަށްބުނެ 3000 ޑޮލަރު އަތުލައިގެން ރިސޯޓަށް ގެންގޮސް 6 މަސްވަން ދެން ދެ ޑިޕާޓް މަންޓެއްގައި މަސައްކަތްް ކުރުވާ 3 މަހުގެ މުސާރަދީ ވަޒީފާއަށް ޝަރުޠު ހަމަނުވާކަމަށް ބުނެ ފޮނުވާލާ!އަތުލި ޑޮލަރުކޮޅާ މަސައްކަތް ކުރުވި ދުވަސްތަކުގެ މުސާރަކޮޅުވެސް ނުދޭ! ބިދޭސީން މާލޭގައި ހިންގާ ހޮޓާ ފިހާރަތަކުގައި މަގުމަތިން ބިދޭސީން ނަގާ މަސައްކަތް ކުރުވާ މުސާރަ ނުދީ ވަޒީފާއިން ވަކިކުރޭ.
ޑޮކްޓާރ. ބަނާނާ
22 April 2021
ގައުމުގަ ހުރި މިބާތުގެ ބޮޑެތި މައްސަލަ ތަކަށް އެއްވެސް ހައްލެއް ނުލިބި ސަރުކާރުވަނީ ނީ ފެއިލްވެފަ. އަދިވެސް 100 އަހަރަށް ވިސާ ވިއްކާލާ!