ކުޅިވަރު

ގްރީން އަތުން މޮޅުވިޔަސް މާޒިޔާގެ ކޯޗު ހިތްހަމަނުޖެހިފައި

މާޒިޔާ އީ ގްރީން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ގްރީން ސްޓްރީޓްސް އަތުން 1-0 މޮޅުވިޔަސް، މިރޭގެ މެޗަކީ މާޒިޔާ މި ސީޒަންގައި ކުޅުނު އެންމެ ދަށް މެޗު ކަމަށް، އެ ޓީމުގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ސިފަކޮށްފި އެވެ.

ގްރީން ސްޓްރީޓްސް އަތުން މާޒިޔާ މިރޭ މޮޅުވީ މެޗުގެ ދެވަނަ ހާފުގައި ޖަޕާންގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ ޖެހި ލަނޑުންނެވެ. މިއީ މިދިޔަ މަހު މާޒިޔާއާ ގުޅުނު ޓަކާޝީ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ލީގު ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އިން ވަނީ ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފަ އެވެ. އެކަމަކު ލީގުގައި މާދަމާ ރޭ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން ތާވަލްގެ ދެވަނައިގައި އޮތް ކްލަބު ވެލެންސިއާ މޮޅުވެއްޖެނަމަ، މާޒިޔާގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ރިސްޓޯ ބުނީ މެޗުން ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ ތިން ޕޮއިންޓް ކަމަށެވެ. އަދި މި މެޗުގައި މާޒިޔާގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި ޓީމުގެ ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.

""މިގޮތަށް ކުޅެގެން އަހަރެމެންނަށް ޗެމްޕިއަންކަން ހައްގެއް ނުވާނެ،" ރިސްޓޯ ބުންޏެވެ. "ވަރަށް ބައިވަރު ކަންކަން އަހަރެމެން ރަނގަޅު ކުރަން ޖެހޭ. އަހަރެމެންނަށް މެޗު ފަސޭހަ ކޮށްލައިގެން ނުކުޅެވޭނެ. ސަބަބަކީ ފަސޭހަ އެއްވެސް މެޗަކާ ކުރިމަތިލާންނުޖެހޭތީ. ކުޅުންތެރިންނަށްވެސް އެނގޭނެ 100 ޕަސެންޓު ދޭން ޖެހޭނެކަން. މިއީ އެ ކުޅުންތެރިންނަށް އާ މުބާރާތެއް ނޫން. މިގޮތަށް ކުޅެގެނެއް މި ލީގުގެ ޗެމްޕިއަން ނުހޯދޭނެ."

ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަށް މިރޭގެ މެޗުގައި ގްރީންގެ ގޯލު ހުޅުވާލަން އުނދަގޫވި އެވެ. ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ހޯދުނު ނަމަވެސް، ގުރީންގެ ކީޕަރު ސާގިބް ހަނީފް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. މާޒިޔާއިން ކުރި ހުރަސްތަކުން ނުރައްކާ ކުރަމުން ދިޔަ ނަމަވެސް އެ ފުރުސަތުތަކަށް ހުރަސް އެޅުމުގައި ކީޕަރު ސާގިބް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. ފުރަތަމަ ހާފުގައި، މާޒިޔާގެ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އަށްވެސް، ނެގި ހުރަހަކުން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގްރީންގެ ކުޅުންތެރިން ދިފާއުކޮށް ބޭރުކޮށްލީ އެވެ.

މާޒިޔާ އަށް ގްރީންގެ ގޯލު ހުޅުވާލެވުނީ މެޗުގެ 56 ވަނަ މިނިޓުގަ އެވެ. ގްރީންގެ ޕެނަލްޓީ އޭރިޔާ ބޭރުން މާޒިޔާ އަށް ލިބުނު ހިލޭޖެހުމަކުން، ހަމްޒާ މުހައްމަދު (ހަމްޕު) ހުރަސްކޮށްލި ބޯޅަ ޓަކާޝީ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.

ރިސްޓޯ ބުނީ ކިތަންމެ ރަނގަޅު ރޭވުންތަކަކާއެކު މެޗަށް ނުކުތަސް، ކުޅުންތެރިން 100 ޕަސެންޓް ނުދެންޏާ ރޭވުންތައް ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށެވެ.

"މިއަދު ރަނގަޅަށް މިވީ އެންމެ ކަމެއް. އެއީ އަހަރެމެން މެޗުން މޮޅުވުން. އަހަރެމެން އަތުގައި ރަނގަޅު އެޑްވާންޓޭޖެއް އެބައޮތް. ނަމަވެސް މިއީ މެޗުން މޮޅުވާން ޖެހޭ ގޮތެއް ނޫން." ހިތްހަމަނުޖެހިފައި ހުރި ރިސްޓޯ ބުންޏެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޓަކާޝީ ވެސް މެޗަށް ފަހު ބުނީ ޓީމުގެ ކުޅުމާމެދު ކޯޗު ދެއްކި ވާހަކަތައް ގަބޫލްކުރަންޖެހޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ މާޒިޔާ އާ ދެކޮޅަށް ކުޅޭ ހުރިހާ ޓީމަކުންވެސް މާޒިޔާގެ މެޗުގައި 100 ޕަސަންޓް ދޭ ކަމަށާއި މާޒިޔާގެ ކުޅުންތެރިންގެ ކިބައިންވެސް ކާމިޔާބަށް ބޭނުންވާ މިންވަރު ކުޅުމުން ފެންނަން ޖެހޭ ކަމަށެވެ.

ދެ ވަނަ ހާފުގައި ގްރީނުން ކުރިއަށް ޖެހި މާޒިޔާގެ ގޯލަށް ނުރައްކާ ކުރި އެވެ. ލަނޑު ޖަހާނެ ފުރުސަތުތައްވެސް ތަނަވަސް ކުރި އެވެ.

މެޗަށް ފަހު ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މި މެޗުގައި ގްރީންގެ ކުޅުންތެރިން ކުރި މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މިއީ ގްރީނަށް ޕޮއިންޓެއް ހޯދޭ ވަރުގެ މެޗެއް ކަމަށެވެ.

ނިސްތާރު ވަނީ މެޗުގެ ކޮންޓުރޯލް ރެފްރީންނަށް ގެއްލުނު ކަމަށް ބުނެ، މެޗުގެ ރެފްރީންނާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ރެފްރީންގެ ނިންމުންތަކާ ބެހޭގޮތުން މީޑިއާގައި ވާހަކަ ނުދެއްކުމަށް އެފްއޭއެމުން ވަނީ މި ސީޒަންގައި ކޯޗުންނަށް އަންގާފަ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަހްލީލާ

12 December 2024

މިހާރު ކްލަބް ތަކުން ކުޅުމުގެ ބޭނުމެއްނެތް.. ފޯރި އޮތީ 90 ޕްލަސް ގޯލްޑްކަޕްގަ

The name is already taken The name is available. Register?

މޯޑް

22 April 2021

ރެފްރީން ތިބެނި ވަކި ކޮޅަކަށް މާ ބޮނޑަށް ބުރަވެފަ. ދެން އެވާހަކަ ދެށްކުން މަނާކޮށްފަ މި އޮށްނަނި ހާދަ ހުދު މުހުތާރު އެފްއޭއެމްގަ ތިބި ބަޔަކު ވީމަތާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454