ޝާހްރުކް އަދި ކަންގަނާ.
29 އެޕްރީލް 2021 - 07:32
އަމިއްލަ ކާމިޔާބީ ޝާހްރުކް ޚާންގެ ކާމިޔާބީއާ އެއްވަރުކޮށް ބަތަލާ ކަންގަނާ ރަނާވަތު އޭނާ ފިލްމީ ދާއިރާ އަށް ނުކުތް ދުވަސްވަރުގެ ހަނދާންތަކެއް އާކޮށްފި އެވެ.
ކަންގަނާގެ އަލަތު ފިލްމު 2006 ގެ "ގޭންގްސްޓާ" ރިލީޒްކުރިތާ ބުދަ ދުވަހަށް 15 އަހަރުވެފައިވާތީ އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ކަންގަނާ ބުނީ ބޮލީވުޑްގެ އެންމެ "ސަކްސެސް ސްޓޯރީ އަކީ އޭނާ އާއި ޝާހްރުކްގެ ފިލްމީ ދަތުރު" ކަމަށެވެ.
ކަންގަނާ ބުނި ގޮތުގައި ނިއު ދިއްލީ އަށް އުފަން އަދި ކިޔަވައިގެން ހުރި ޝާހްރުކް އެކްޓިން ކެރިއަރުގައި އޭނާގެ މައިންބަފައިންގެ ބައިވެރިވުން އޮތް ވިޔަސް އަމިއްލަ ކެރިއަރުގެ ތަޖުރިބާ އަކީ ފިލްމީ ދާއިރާ އަށް ނުކުތީ އާއިލާގައި އިސްކޮށް ތިބި ބައްޕާ އާއި ކާފައާ ދެކޮޅަށް ކަމަށް ބުންޏެވެ. އަދި އެކަމާ ހުރެ އެތައް ހުރަސްތަކެއް ކުރިމަތިވި ކަމަށް ކަންގަނާ އެވެ.
"އަހަންނަކީ ހިމާޗަލް ޕްރަދޭޝްގެ ދުރު ހިސާބަކުން [މަނާލީ އިން] އައި ފިލްމެއް. ފިލްމީ ދާއިރާގެ އެއްވެސް ކަމެއް ނޭނގުމުގެ އިތުރަށް އަހަންނަކީ އިނގިރޭސިން އެންމެ ބަހެއް ވެސް ބުނެލަން އެނގޭ މީހެއް ނޫން. ތައުލީމެއް ވެސް ނެތް،" އޭނާ ބުންޏެވެ.
15 years ago Gangster released today, Shahrukh Khan ji and mine are the biggest success stories ever but SRK was from Delhi, convent educated and his parents were involved in films, I did not know a single word of English, no education, came from a remote village of HP and 1/2 pic.twitter.com/CEw72pvtds
— Kangana Ranaut (@KanganaTeam) April 28, 2021
އޭނާ ބުނީ ފިލްމީ ދާއިރާ އަށް ނުކުމެ ހޭދަކުރި ކޮންމެ ދުވަހަކީ ބޮޑު ހަނގުރާމައެއް ކުރި ދުވަހެކެވެ. އަދި 15 އަހަރު ފަހުން އާދެވިފައި ހުރި ހިސާބުން އަދިވެސް އޮތީ ސަލަމާތްވާން މަސައްކަތްކުރުން ކަމަށް ބުންޏެވެ.
ކަންގަނާ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި ބަތަލާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފަންނާނެވެ. އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އަގެއް ލިބޭ އެކަކީ ވެސް އޭނަ އެވެ. މިހާތަނަށް ހަތަރު ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ. ފުރަތަމަ އެވޯޑަކީ 2008 ގެ "ފެޝަން" ކުޅެގެން ލިބުނު އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑެވެ.
އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނީ 2014 ގެ "ކްއީން" ކުޅެގެންނެވެ. އޭގެ ފަހުން 2015 ގެ "ތަނޫ ވެޑްސް މަނޫ ރިޓާންސް" އިން މޮޅު ބަތަލާ" ގެ އެވޯޑް ހޯދުމަށް ފަހު، މި އަހަރު މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނީ "ޕަންގާ" އާއި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.
Every step was a battle starting with my own father and grandfather, who made my life miserable, and yet 15 years later after so much success still every day is a fight for survival but totally worth it, thank you everyone 🙏 #15yearsofgangster
— Kangana Ranaut (@KanganaTeam) April 28, 2021
ކަންގަނާ އަކީ މިހާރު ހަމައެކަނި ބަތަލާއެއް ނޫނެވެ. އޭނާ އަކީ މަނިކަރްނިކާގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގާ ޕްރޮޑިއުސަރެކެވެ. އަދި ޑައިރެކްޓަރެކެވެ. މީގެ އިތުރިން ކަންގަނާ އަކީ ސްކްރީން ރައިޓަރެކެވެ. ބޮލީވުޑްގެ މިހާރުގެ އެންމެ މުއްސަނދި އެއް އަދި އެންމެ ޕޮޝް ލައިފްސްޓައިލެއް އޮތް އެއް ބަތަލާ އަކީ އަމިއްލަ ބުރަ މަސައްކަތުން ކުރި ހޯދި ކަންގަނާ އެވެ.
ޝާހްރުކް "ފައުޖީ" ފަދަ ޓީވީ ސިލްސިލާތައް ކުޅުމަށް ފަހު ފިލްމު ކުޅެން ފެށީ 1992 ގަ އެވެ. އޭނާގެ އަލަތު ފިލްމަކީ އެ އަހަރުގެ "ދީވާނާ" އެވެ. ފަހުން ޝާހްރުކްވީ ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އެއް ނަމަށެވެ. އޭނާގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އިރު، ބޮލީވުޑްގެ ތަރިންގެ ތެރެއިން މިހާރު އެންމެ މުއްސަނދި ލައިފްސްޓައިލެއް އޮތް އެއް އެކްޓަރަކީ ޝާހްރުކެވެ.
ނަމަވެސް ޝާހްރުކަކީ މިހާތަނަށް އެކްޓިންގެ ރޮނގުން ނެޝަނަލް އެވޯޑް ލިބިފައިވާ އެކްޓަރެއް ނޫނެވެ. އެކަމަކު އިންޑިއާގައި ދެވޭ ޕޮޕިއުލާ އެތައް އެވޯޑެއް އޭނާ އަށް ލިބިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
29 April 2021
ބޭނުމަކީ މަޝްހޫރު މީހުންނަށް ރީތިގޮތުގަ މަލާމާތް ކޮށްލުމެވެ. ނެޝެނަލް އެވޯޑް ނުލިބި ހުރި ޝާހަށް ކުރި ސަޅިމަލާމާތެކެވެ.
ށަވިޔަނި
29 April 2021
ޝައްކެތްނެތެވެ. ޝާހްރުކަށްވެސް ނުހޯދޭ ކާމިޔާބީ ތިވަނީ ލިބިފައެވެ. ޝާހްރުކަށް ކާމިޔާބީ ލިބުނީ އެކްޓިންގެ ދާއިރާއިންނެވެ. ކަންގަނާއަށް ކާމިޔާބީ ލިބިފައިވަނީ މީސްމީހުނަށް ފާޑުކިޔުމާ މީހުނަށް އެއްޗެހި ގޮވުމާ މިފަދަ ކަންކަމުންނެވެ. ޝާހްރުކަށް މިކަމުގައި މާބޮޑު ކާމިޔާބީ ލިބިފައިނުވެއެވެ.
ހޭވިހަޑި
29 April 2021
އެކްޓްކުރަން މޮޅަސް، ތިމާޔަށް ތިމާ މޮޅުވާ ހިސާބުން އަހަރެމެން އެމީހަކު ދޫކޮށްލައިފިން. މިހާރު ތިދާއިރާގާ ތިމާޔާ މައްސަލަނުޖެހޭމީހެއް ކިޔައިދީބަލަ.