04 މެއި 2021 - 15:54
ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު، ޓްވިޓާގެ އުސޫލުތަކާ ހިލާފު ވާހަކަތައް ދައްކާތީ އޭނާގެ އެކައުންޓް "ދާއިމަށް" ސަސްޕެންޑްކޮށްފި އެވެ
އެ ފިޔަވަޅު އަޅަން މަޖުބޫރުވީ ވެސްޓް ބެންގާލްގައި ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހި މަމްތާ ބެނަޖީގެ ޓީއެމްސީން އިންތިހާބު ކާމިޔާބުކުރުމާ ގުޅިގެން ކަންގަނާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ ޓީއެމްސީން އުޅެނީ ވެސްޓް ބެންގާލް އަންދާލައި ހަލާކުކޮށްލަން ކަމަށާއި އެހެންވެ ގަދަބާރުން ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބީޖޭޕީން ވެސްޓް ބެންގާލް ހޯދަންޖެހޭ ކަމަށެވެ.
ކަންގަނާގެ އެކައުންޓް މި ފަހަރު ދާއިމަށް ބްލޮކްކުރުމުގެ ކުރިން ވެސް އޭނާ ފާޅުކުރާ ބައެއް ހިޔާލުތައް ޓްވިޓާގެ މިންގަނޑުތަކަށް ނުފެތޭތި ކަންގަނާގެ ބައެއް ޓްވީޓްތައް ނުފެންނަ ގޮތަށް ހަދާފައިވެ އެވެ. ކަންގަނާ އަކީ އަބަދު ވެސް އޭނާ ހިތަށް އެރި އެއްޗެއް، ހިތަށް އެރި ގޮތަކަށް މީސްމީހުންނަށް ރައްދުކޮށް ބުނާ މީހެކެވެ. މިކަމާ ހެދި އޭނާ އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެ އެވެ.
ޓްވިޓާ އިން ބޭރުކޮށްލުމުން ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ކަންގަނާ ވަނީ ޓްވިޓާގެ ނިންމުމަށް ފާޑުކިޔައި ބަހުގެ ހަމަލާތައް ފޮނުވައިފަ އެވެ. އޭނާ ސިފަކުރި ގޮތުގައި އެ އަމަލަކީ ހިޔާލުފާޅުކުރަން އޮތް މިނިވަންކަމަށް އަރައި ގަނެ، ޑިމޮކްރަސީ ވެސް މަރައިލުމެވެ.
މޯދި އާއި ބީޖޭޕީ އަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ ކަންގަނާގެ މުމްބާއީ އޮފީހުގެ ބައެއް މިދިޔަ އަހަރު ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ތަޅައިލުމުން އެކަން ވެސް އޭނާ ސިފަކުރީ ޑިމޮކްރަސީ މަރައިލުމުގެ އަމަލެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިނބޫ
05 May 2021
ތިޔަ ކަށްގަނޑާ އަށް' މޯދީ ގެ ގޮނޑި ކޮށްކޮ ސަރުކާރު؛ މަމެންގެން ޑީޕީ ސަރުކާރު ހިމާޔަތް ހޯދަ ދޭނަން އަދި ޓުވިޓަރ އުވައިލަން ގަރާރެއް ސުޕަ މެޖޯރިޓިން ފާސްކުރާނަން
0987
04 May 2021
ކަންގާނާ ދެރަނުވޭ. އަވަހައް ރާއްޖެއާދޭ. މިތާ ގިނަމީހުން ގަބޫލުކުރާ ގޮތުގަ ސޯޝަލް މީޑިއާގަ ވެސް އެހެން ތަންތާގަވެސް މީހުންނާ ދިމާލައް ބޭނުންހާ އެއްޗެއް ކިޔާނުލެވެންޔާ އެދެން ވަރައް ނާތަހުޒީބުވީ
ޒަމީން
04 May 2021
ކަންގަނާއާ މެދު ނަފްރަތު އުފައްދަން އައްޑޫ މީހަކު ލިޔެފައޮތް ލޮޔުމެއް
ފޮސްކަލޯ
04 May 2021
ތިޔަ ކައްކަނޑާ އަކީ މުސްލިމުންނާއިވެސް އިދިކޮޅަށް ވަރަށް ޓްވީޓް ކުރާ މީހެއް
މަހްކަމަތުލް އިލޯމާ
05 May 2021
ކަންގަނޑާގެ މައްސަލައަކީ ފަޅުގައި އެފަދަ ކަންކަން ކުުރުމެވެ. ދެން ތިބި މީހުން ފަރުދާގެ ފުރަގަހުގަައެވެ. ކޮއްކޯ ކަންގާ، މި މީހުން ކޮންމެ އެއްޗެއް ކިޔަސް، ދެރަވާނެ ކަމެއް ނެތް