މިނިސްޓަރު ޒަހާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް އޭނާ ހާޒިރުކުރަން މިއަދު ފާހެއް ނުވި.---ފޮޓޯ: މިހާރު
05 މެއި 2021 - 13:02
ފިޝަރީޒް މިނިސްޓަރުގެ މަގާމްގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރީ ނޫން ކަމަށާއި އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން އައްޔަން ކުރައްވައިފަ އެވެ.
ކެބިނެޓަށް މިއަދު ގެނައި ބަދަލުތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފިޝަރީޒް މިނިސްޓަރުގެ މަގާމުން މިއަދު ހެނދުނުގެ ވަގުތެއްގައި ޒަހާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ކުރިން އަޑުތައް ފެތުރިފައިވާ ގޮތަށް، އޭނާ އަށް ރައީސް އޮފީހުގެ މިނިސްޓަރު ކަން ނުވަތަ އެހެން މަގާމެއް ދެއްވާފައިވޭތޯ ދެންނެވުމުން މަބްރޫކް ވިދާޅުވި ގޮތުގައި ހުށަހެޅި ގޮތަށް "ޒަހާ ވަކި ގޮތެއް ނިންމެވިހެނެއް އަދި ހީނުވެ" އެވެ. އެކަމާ ގުޅޭ ތަފްސީލު ފަހުން ދެއްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރުގެ މަގާމްގައި ޒަހާ ހުންނެވިއިރު، މަހުގެ އަގާއި މަސް ނުކުރޭ މައްސަލަ އަދި މިޔަރުގެ މަސްވެރިކަމާ ބެހޭ ގިނަ މައްސަލަތަކާ ގުޅިގެން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އެ މައްސަލަތަކާ ގުޅިގެން އެކި ފަހަރުގެ މަތިން ޒަހާގެ އިތުބާރު ނެތް މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން އުޅޭ ކަމުގެ އަޑު ވެސް ގަދަވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
05 May 2021
ޒަ ހާ އެނިމުނީ. މި ހާރު ސުވާލަކީ ގުޅޭމީި ހަކު ނެތި އެތަކެއް އަ ހަރު ހަމަ ތިިމިނިސްޓްރީގައި ހޭދަކޮއްފައިވާ ޑޮކުޓަރަށް މިފަ ހަރު ހިފަ ހައްޓާލެވޭނެ ބާވައޭ. އަނެއްކާ ޑޮކް ފޭލިކޮއްލަން ގަތް ގަޑެއްބާ
ސަރަނގު
05 May 2021
މަބުރޫކަށްވެސް ތިމަޤާމަށް އާދެވުނީ ދޮގުހެދުން ރަނގަޅުވީމަ.
ބަައިރޯ
05 May 2021
އެކައްޗެން ނޫން ތިވީ ބޭރު ވީނޫން، ކޮބާހޭ ފައްޔާޒް އަދި ބޭރު ނުކުރޭތަ؟؟؟؟
ޖަހަންގީރު
05 May 2021
މަބްރޫކް އެވެ. މަނިކުފާނަކީ އާންމުންގެ އިތުބާރާއި ލޯބި މިހާރު ކޮންމެވެސް ވަރަކަށް )ހަމަ ގައިމު ވެސް ބޮޑު ވަޒީރުމެން ފަދަ ސިޔާސީ ބޭފުޅުންނަށް ވުރެ ބޮޑަށް( ލިބިލައްވާފައިވާ ބޭފުޅެކެވެ. ތިޔަ ފަދަ ސިޔާސީ ކޯޅުންތަކުގެ މެދުގައި ފިތި ދެ އަނގައިން ވާހަކަފުޅު ދައްކަން ވެއްޖެނަމަ، އިސާހިތަކު ބޮޑުވަޒީރާ ދެންވެސް އެފަދަ ސިޔާސީ ބޭފުޅުންގެ ދަރަޖައަށް ވެއްޓޭ ކަށް މާގިނަ ވަގުތެއް ނުނަގާނެއެވެ. ދުނިޔެއަކީ މިކަހަލަ ތަނެއްކަން ދަންނައެވެ. އ.ހ
އަސްތާ
05 May 2021
މާ ލަސްވެސް ވެއްޖެ، ތިޔަކަން ކުރަން.
ބޮޑުމީހާ
05 May 2021
މީކީ ދިވެހި ރައްޔިތުންނަށް ވެރިކަންކުރާ ސަރުކާރެއް ނޫން. މިސަރުކާރުން ކުރާ ކަމަކީ ކޮމިޝަން ހެދުމާއި، ބަދަލު ދިނާއި، ގާތް މީހުންނަށް ނުއުފުލޭވަރު ބޮޑު މަގާމާއި ބޮޑު މުސާރަ ދިނުން
އެދުރުކަލޭގެފާނު
05 May 2021
ފައްޔާޒާއި ކުޅެން ނުކެރިގެން ނުވަތަ ރައީސްއާއި ފައިޔާޒާ ދެބޭފުޅުން ބަދަލޭ ކިޔުއްވައިގެން ގުޅިގެން ދައުލަތުގެ މާލިއްޔާއިން މުށްޖަހާކައިފައި އެކަމުގެ ތާށިކަމުގައި ކަމާ ނުބެހޭ މިނިސްޓްރީތަކާއި ކުޅުނަކަސް މިފަހަރު ތިޔަތުރާލަކުން ސަލަމާތެއް ނުވާނެއެވެ.
ބިރާސް
05 May 2021
ޒަހާ ވަކިކުރީއެއްނޫން އިސްތިއުފާ ދިނީއެއްވެސްނޫން..ގޭގައި ޗުއްޓީ ހަދާލަން ބުނީ..
ނަޔާ
05 May 2021
މިރޯދަ މަހު ދޮގު ހަދަނީ ކާކު ކަމެއްނޭގެ، ދަންވަރު ރައީސް އޮފީހުގެ ބޭފުޅަކު ގުޅުއްވައި ވަކިކުރެއްވި ކަމަށް ހުރިހާ ނޫސްތަކެއްގަ ހަބަރުޖަހާފަހުރީ، އަދި އެކަން މަނިކުފާނު ޔަގީންކޮށްދެއްވާފަހުރީ، މިހާރު ތިޔަ ވިދާޅުވަނީ އިސްތިއުފާ ދެއްވީއޭ،
ސަޑުހަސަނު
05 May 2021
ޕްރޮފައިލް ރީތިވާނެދެއްތޮ؟