ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ޔާމީން އަތްޕުޅުން އިޝާރާތްކުރައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން
17 ނޮވެމްބަރ 2016 - 15:46
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފުރިހަަމަ ކޮށްދީފައިވާ ކަންކަމަށް ވުރެ ގިނަ ކަންކަން، ކުރިއަށް އޮތް ދެ އަހަރު ހާސިލް ކޮށްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަަހަރު ފުރުމާ ގުޅިގެން މުއާޒް "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި މެނިފެސްޓޯގައި ކަނޑައެޅި މުހިއްމު ގިނަ އަމާޒުތަކެއް ތިން އަހަރުގެ ތެރޭގައި ހާސިލްކޮށް ދެއްވާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދެ އަހަރު ރާއްޖެ އަށް އިގްތިސާދީ ހެޔޮ ބަދަލުތަކާ އެކު ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ ވެސް ނިންމައި ރައްޔިތުންނާ ހަވާލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަށް މިވީ ތިން އަހަރުގެ ތެރޭގައި އެކި ދާއިރާތަކަށް ކަނޑައެޅި ގިނަ އަމާޒުތަކެއް ވަނީ ޔަގީން ކުރެވި ހަގީގަތަކަށް ވެފައި،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެނިފެސްޓޯގައިވާ ކަންކަން ހަގީގަތަކަށް ވަމުން އަންނަ ކަން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ކުރިއެރުންތަކުން ވެސް ޔަގީންކުރެވޭނެ އެވެ.
ސިއްހީ ކަންތަކުގައި ރާއްޖެ އިން ބޭރަށް ދާން ނުޖެހި ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނެ މަގު ތަނަވަސް ވެފައިވުމަކީ، މުއާޒް ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާ އަށް ލިބިފައިވާ ކުރިއެރުމެވެ.
ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކުރަން ދެ ހަފުތާގެ މުއްދަތަކަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެހެ
19 November 2016
ވައްކަމާއި ފަސާދަ ބާ.
އާމިނަތު
18 November 2016
ނިކަން މިނިވަންބަޔަކު ލައްވައި ސާރވޭ އެއްކޮށްލަބަލާ ޔާމީން ތިޔަގަންނަ ގަނޑުތައް ގަބޫލުކުރަނީ އާބާދީގެ ކިތަކެއް ޕަސެންޓޭޖުތޯ ޔަގީންވާ ކަމަކީ ވަހީދު އަށް ވީ ވަރު ވެސް ނުވާނެކަން.
ވެއިޓިންގް
17 November 2016
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މިހާރު މާލޭގައި ހުރި ސްކޫލް ތަކުގެ ތެރޭން އެންމެ ގިނަ މީހުން ކުދިން ވައްދަން ބޭނުންވާ ސްކޫލް ކަމުގައިވާ އިސްކަން ދަރު ސްކޫލް އަށް އަދި 100 ކްލާސް ރޫމް އިތުރު ކުރުމަށް ޓަކައި 20 ބުރީގެ ސްކޫލް އިމާރާތެއް އިސްކަންދަރު ސްކޫލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން އެކުލަވާލާ ސަލްޓަން ޕާރކް ތެރޭގައި އިސްކަން ދަރު ސްކޫލް ގެ އެނެކްސް އެއް އެޅުން އެއީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެގޮތަށް އަޅާ ސްކޫލް ގައި ކިޔަވާ ދޭނީ ސްކޫލް ކުދިން އަތުން މަހަކު 1000 ރުފިޔާ ގެ ފީއެެއްވެސް ނެގުމަށް ފަހު ގައެވެ. އެއިރަށް ވެސް ރާއްޖޭގެ ޕްރައިމަރީ އެން ސެކަންޑަރީ ސްކޫލް އެޑިއުކޭޝަން ކޮލިޓީ މިހާރަށް ވުރެން އެތައް ގުނަ އެއް ރަނގަޅު ވެގެން ދާނެއެވެ. މިކަން ވެސް ކުރަންވީ ޕިންކީންގެ ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި ދޯ.
ޢަބްދުﷲނާފިޒު
17 November 2016
މާއެނގޭއަށް ތިހުރެވުނީ ވަރަށް ބޮޑަށް އޮޅިފަ، ރައްޔިތުން ނުކުމެ ވޯޓުލައިގެން ވެރިކަމަށް މީހަކު އައްޔަންކުރަނީ ވަރަށް ގިނަ ކަންކަން އެމީހެއްގެ ބެލުމުގެ ދަށުން ހެޔޮގޮތުގަ ޤައުމަށާ ރައްޔިތުންގެ މަންފާއާ ލާބައަށް ކޮށްދޭނެކަމުގެ ފޮނި އުއްމީދުގަ، ކަން މިހެން އޮތް އިރުވެސް މާއެނގޭ މިދައްކާ ވާހަކަ ތަކުން ހީވަނީ ރ ޔާމީނު ޤައުމަށާ ރައްޔިތުންނަށް ކޮށްދޭ ކަންކަމަކީ ކޮންމެހެން ކޮށްދޭން ޖެހޭ ކަންކަމެއް ނޫނޭ، އެކަމަކު އެމަނިކުފާނުގެ ހެޔޮފުޅުކަމުން ކޮށްދޭ ކަންކަމޭ، އެކަމަކުވެސް ހެޔޮ އަސްލު ފެކްޝަނަށް ވޯޓު ދޭކަށް ނުޖެހޭނެތާ، އެހެންވެ ވޯޓު ނުދޭން ނިންމައިފިން، ވަރަށް ސަލާމް.
އަހަންމާ
17 November 2016
ކުރިއަށްއޮތް ދެއަހަރު ވަރައްގިނަ ސިޔާސީ މީހުންގެ މުސްތަގުބަލްވެސް އަނދިރިވާނެ ގިނަގުނަ އަނިޔާތައް ތަހައްމަލްކުރަންޖެހޭނެ
ޖެހޭނެދޯ
17 November 2016
ކުރިއަށް އޮތް ދެ އަހަރު ވެސް ރައްޔިތުންނަށް ފާގަތި ދިރިއުޅުން ގެނެސްދޭން މަސައްކަތް ކުރާ އިރު ސަރުކާރުން އެބަ ބަލަން ޖެހޭ ސަރުކާރުގެ ކޮންޓްރެކްޓްސް ތަކަށް ޓެކްސް ނުދައްކާ އިންޑިއާ އަދި ލަންކާ ގެ ކޮންޓްރެކްޓަރުންނަށް އެގޮތަށް އައިސް ސަރުކާރުގެ ބޮޑުންނާއި ގުޅިގެން އެމެންނަށް ކަޓް އަޅާނެ އުސޫލުން އެކަން ނުކުރެވޭނެ ގޮތް ވޭތޯ ބަލަން. ޓެކްްސް ދައްކާ ސަރުކާރުގެ ކުންފުނި ތަކާއި އަދި އަމިއްލަ ކުންފުނި ތަކަށް ސަރުކާރުގެ ކޮންޓްރެކްޓްސް ތައް ދިނުމުގައި އިސް ކަން ދޭން ޖެހޭނެއެވެ. އެއީ ޔަގީނުން ވެސް ކުރަން ޖެހޭނެ ކަމެކެވެ.
ދިސްވޭ
17 November 2016
ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި ހުޅުލެ އެއާރޕޯރޓް ސިންގަޕޯރގެ ޗަންގީ އަށް ވުރެން ރަނގަޅު ފެންވަރުގައި ހެދި އަދި އެއީ ބާލިދީ އެއާރޕޯރޓް އޭ ކިޔާ މަޖްލީހުގެ މެމްބަރުން ކުރި މަލާމާތް ތައް އެމީހުންނަށް ރައްދުވާނެ ކަން އެއިރުން އެމީހުންނަށް އިނގޭނެ ނޫންތޯއެވެ. އިންޑިއާ މީހުންނަށް ހަދަން އިނގޭ އެއާރޕޯރޓް ހުންނަ ކަން މަމެން ނުދަންނަމެވެ. އެމެން ކަޝްމީރު މުޖާހިދުންނަށް ހަމަލާ ދޭން ވެގެން ފޮނުވާލާ މިސައިލް އިރު ކޮޅަކުން ބަލާ އިރު އޮންނަނީ އެމިސައިލް ފޮނުވާލި ވަޅަށް އަނބުރާ އައިސް ފައެވެ. ކީއްކުރާނީ ދޯ.
ތަމް
17 November 2016
ފާއިތުވީ 3 އަހަރު މާބޮޑުކަމެއް ނުކޮށްދެވުނުމީހަކު ތިހެން ބުނީމަ ގަބޫލެއް ނުކުރެވޭނެ.
ކުރަންވީ
17 November 2016
ކުރިއަށް ދެ އަހަރު ތެރޭގައި އެބަޖެހޭ ރާއްޖޭގައި ޑޮލަރު ބޭރު ނުވެ ވާނެ ހުރިހާ ގޮތަކަށް ގާނޫނު ތައް ބައްޓަން ކުރަން. އެގޮތުން ވަރަށް މުހިއްމު ރާއްޖޭގެ ނޭޝަނަލް ޔުނިވަރސިޓީން ޑިގްރީ އެއް ނަހަދާ ރާއްޖޭން ބޭރަށް ދިގު މުއްދަތަކަށް ކިޔަވަން އެއްވެސް ދިވެއްސަކަށް ނުދެވޭނެ ގޮތް ހެދުން. އެއީ މުހިއްމު ކަމެކެވެ.
ސިވިލް ސާވަންޓް
17 November 2016
ވެރިކަމަށް އެރުނީންސުރެއް ސިވިލް ސާވިސް މުއައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ނޫނީ ނޭވާވެސް ނުލާނަމާ ކިޔާފާ ވަރަށް ކޮށްދެވިއްޖޭނުން.
ޢަބްދުﷲނާފިޒު
17 November 2016
ވެރިކަމަށް އެރުނީއްސުރެ ނޭވާވެސް ނުލާ ކުރަން ބޭނުންވި ކަންތައް ވަރަށް ރަނގަޅަށް ކޮށްލާފި، ދޮންކަޅުވެސް އަންގާނުލާ ދެއްތޮ.......