ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ޒަހަމްވި ބައެއް މީހުންގެ ފައިވާން: ހަމަލާދިން މީހުން ހޯދަން އެހީވާން ތައްޔާރު ކަމަށް އެމެރިކާއިން ބުނޭ --- ފޮޓޯ/މިހާރު
07 މެއި 2021 - 20:54
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުން ހޯދަން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް އެމެރިކާ އިން މިއަދު ބުނެފި އެވެ.
ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރީގައި ރޭ އެއްޗެއް ގޮއްވާލުމުން އެމަނިކުފާނާއި އިތުރު ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެއްޗެއް ގޮއްވާލާފައިވަނީ ކެނެރީގެ ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގަ އެވެ. ސައިކަލު ގޮއްވާލީ ނަޝީދު އެ ސަރަހައްދުން ހިންގަވާފައި ވަޑައިގެން، ކާރަށް އަރުއްވަނިކޮށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުންގެ ދެކުނު އޭޝިއާއާ ބެހޭ ޑިވިޝަނުން ކުރި ޓްވީޓެއްގައިވަނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމުގައި ދިވެހި ސަރުކާރާ އެކު އެމެރިކާ ދެމި އޮތް ކަމަށެވެ. އެކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް އެ ޓްވީޓްގައިިވެ އެވެ.
We are saddened and concerned by yesterday’s attack targeting Speaker @MohamedNasheed and wish for his speedy recovery. We join President @ibusolih in condemning this attack and all acts of terror, and stand ready to assist in bringing the perpetrators to justice. #Maldives
— State_SCA (@State_SCA) May 7, 2021
އެމެރިކާ ސްޓޭޓް ޑިޕާޓްމެންޓުގެ ޓްވީޓް
އެ ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާ ފުލުހުންގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއާ ގުޅިގެން ޝައްކުވާ ބަޔަކު ތިބި ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކާ ގުޅިގެން އެމަނިކުފާނުގެ ސާޖަރީތަކެއް ވަނީ ކޮށްފަ އެވެ. އެމަނިކުފާނު މިހާރު އޮންނެވީ އައިސީޔޫގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮހުއްތު ބެ
08 May 2021
ޝުކުރުކޮށްބަލަ ރިހޭ ފައިމައްޗަށް ފޮތެއް ވެއްޓުނު ކަން! ޝުކުރުކޮށްބަލަ ރިހޭ ފައިިމައްޗަށް ކުކުޅު ބިހެއް ނުވެއްޓުނުކަމަށްޓަކާ!
އާދަނު2
08 May 2021
އެމެރިކާއާ ހަވާޅުކުރަންވީ ބޮންގޮއްވާ ބައިގަނޑު ހިފާ ހައްޔަރުކުރަން.
ޙަބީބު.
08 May 2021
ފަލަސްތީނައްދޭ ޓެރެރިސްޓް ހަމަލާތަހުގީގު ކުރޭ މިތަނައް ވަރިހަމަނަޔަސް ރިޔާސީލޯންޗު ގޮއްވާލިއިރު ތިޔަ އަނގަކޮބާ
ހަސަނު
08 May 2021
އެމެރިކާ އާ މުޅި ތަހުގީގު ހަވާލު ކުރާން ފެނޭ.. މިމީހުން މިއުޅޭ ގޮތަކުން މިކަމެއް ނުވާނެ ހެން ހީވަނި. މުޅި ގައުމުވެސް އެމެެރިކައާ ހަވާލު..
ކުކުޅު ބިސް
08 May 2021
ތި ދައްކާ ވާހަކަ އަކުން ނޭނގެއޭ ގައުމު ހަވާލު ކުރަނީ ސައުތު އެމެރިކާ އަށް ކަމެއް، ނޯތު އެމެރިކާ އަށް ކަމެއް! ތިދައްކާ ވާހަކަ ހަމައެއް ނުޖެހޭ!
މޫސަބޭ
08 May 2021
ބޭނުމެއް ނޫން
އަލީ1
08 May 2021
އެމެރިކާ ނުލާ މިކަމެއްނުވާނެ.
ސަލީމު އިދުރީސް
07 May 2021
އެމެރިކާގަ ކަމެއް ގޯސްކުރުމަކީ އެކަމުގެ ގާބިލު ކަންނެއް ގައުމަކައް އެހީނުޥެވޭނެ ސަބެއްކަމުގަ ނުދެކެން! އެމެރިކާއާ ޔޫރަފު ނެއްނަމަ އަދިވެސް އުޅުނީހީ ޖަމަލުމަތީގަ ބަކަށި ހުއިއަފާ ކަދުރުއް ދަނޑުގަ ބޮލައް ހިރަފުސްއައިގެން! ސަހަރާތަކު ބިމުއަޑީގަހުރީ ކަޅު ޖަވާއިރައްވެގެން އުޅެނީވެސް ހުޅަނގުގެ އީޖާދާ އިލުމުން! މިހެން ބުނާއިރައް ބޫނާނެ ތިމަންމެއްގެ ފޮތްބޮނޑި އެމިހުން ވަގައްނަގައިގެން މޮޅުވިއްޔޭ
ސައިކޮލޮޖީ
07 May 2021
އެމެރިކާ އިން މާކުރިން ޓްރެވަލް އެޑްވައިޒަރީ ނެރނުނުކަމަށްވޭ ޓެރަރިޒަމްގެ ނުރައްކާ އޮތޭކިޔާފަ. މީ ކިހިނެތްވީކަމެއްކަން ބުނެދިނުންމާރަނަގަޅުވާނެ އެމެރިކާއިން. ތަހުގީގުކުރަން އެހީވެދޭނަމޭ ކިޔައިގެން އުޅޭނެކަމެއްނެތް ކޮންމެހެން.
ބޯކޮލަޖީ
07 May 2021
ދެން ކަލޭ ތަހުގީގުކޮށްދޭންވީނު؟
އާދަނު2
08 May 2021
އެމެރިކާއަށް މާކުރިން އެގޭ މިތާ ޓެރަރިސްޓުން އުޅޭކަން. އެހަމަލާގެ ކުރިންވެސް ކިތަށް ހަމަލަ ހުއްޓުވިކަން ކަލެއަށް އެގޭތަ..؟!
އަހުމަދު66
07 May 2021
ދުނިޔޭގައި ގައި އެންމެ ގިނައިން ލޭ އޮހޮރުވުން ހިނގި ގައުމު މިކަހަލަ ވާހަކަ ދައްކާތީ ހިނިއާދޭ
ހަސަނު
08 May 2021
އެމެރިކައިން ގިނައިން އޮހޮރުވީ ޓެރެރިސްޓުންގެ ލޭ، ބައެއް ފަހަރު އެކްސިޑެންޓަކުން އާންމުން މަރުވިޔަސް..
އެދުރުކަލޭގެފާނު
07 May 2021
މިތާގައި މިއުޅެނީ ބަޔެއްގެ އެހީ ނުލިބިގެން ޖެހިގެން އުޅޭ މައްސަލައެއް ހެނެއް ހީއެއް ނުވެއެވެ. މިއީ ފަރުވާ ކުޑަކަމުން އަދި ފުލުހުންގެ މަސައްކަތް ޚަރުދަނާކަމެއް ނެތުމުން ދިމާވެގެން އުޅޭ މައްސަލައެކެވެ. ޤާނޫނުތައް އެބަހުޓެވެ. ހަތިޔާރާއި އާލާތްތަށް އެބަހުއްޓެވެ. އެކަމަކު ފުލުހުންގެ ވާޖިބަކީ ފުލުހުންނަށް ހީވެފައި އޮންނަނީ ހަމައެކަނި ޓްރެފިކް ކޮންޓްރޯލް ކުރަމާއި މަގުމަތިން ލައިގަންނަ ބަޔަކާއި ޒުވާބުކުރުން ކަމަށެވެ. ހަމީދުއެވެ. ޒިންމާ އަދާ ކުރައްވާށެވެ!
ވެންޓިލޭޓް
07 May 2021
މާ ތާހިރުވާނެ، ކޮވިޑް ގަ އިނޮސެންޓް އާއްމު އެތައްބައެއް މަރުވެދާތީ ފައިޒާ ވެކްސިންކޮޅެއް މިތަނަށް ފޮނުވިއްޔާ. ދެތިން ވެޓިލޭޓަރަކާއެކީ.
ސަޕޯޓް
08 May 2021
ހެޔޮކޮށް ތިބުނީ